ދިރާގުން މި ރަމަޟާންމަހު އާއިލާއާއި ރައްޓެހިނާ ގުޅައިދީ އަދި މި މާތްމަހު ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ފުރިހަމަކޮށް ލުއި ފަސޭހަތައް ގެނައުމުގެ ގޮތުން ޚާއްސަ އޮފަރތަކެއް ތައާރަފުކޮށްފިއެވެ.
އެގޮތުން ރަމަޟާންމަހު ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެންމެ 45 ރުފިޔާއަށް ރޯދަ 10 ޖީބީގެ އެފް.ބީ.ބީ ޑޭޓާ ބޫސްޓަރ އެކްޓިވޭޓް ކުރެވޭނެއެވެ. މި ބޫސްޓަރ އެކްޓިވޭޓް ކުރާ މަސް ނިމެންދެން ބޭނުން ކުރެވޭނެއެވެ. އަދި ހަމައެއާއެކު، ދިރާގު މޮބައިލް ކަސްޓަމަރުންނަށް 200 ރުފިޔާއަށް ރޯދަ 3.5 ޖީބީ ޑޭޓާ ބަންޑަލް އަދި 300 ރުފިޔާއަށް ރޯދަ 7 ޖީބީގެ ބަންޑަލް އެކްޓިވޭޓް ކުރެވޭނެއެވެ. މި ޑޭޓާ ބަންޑަލްތައް 30 ދުވަހުގެ މުއްދަތަށް ބޭނުން ކުރެވޭއިރު ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ނުވަތަ 343އަށް ކީވޯޑް އެސް.އެމް.އެސް ކޮށްގެން ކަސްޓަމަރުންނަށް މި ބަންޑަލްތައް އެކްޓިވޭޓް ކުރެވޭނެއެވެ.
ރަމަޟާންމަހަކީ ދީލަތިކަމާއި، އެކަކު އަނެކަކަށް އެހީވެ، އެކަކު އަނެކެއްގެ އިހުސާސްތަށް ދެނެގަންނަ މަހަކަށްވާތީ މި މާތް މައްސަރުގައި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މި ފަހަރު ކަސްޓަމަރުން ދިރާގުގެ ރޯދަ ޑޭޓާ ބޫސްޓަރސް އަދި ބަންޑަލްތައް ގަތުމަށްކުރާ ހަރަދުގެ %10 މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީއަށް ހަދިޔާ ކުރުމަށް ނިންމާފައިވާކަމަށް ދިރާގުން ބުނެއެވެ.
ވޭތުވެދިޔަ އަހަރުތަކާ އެއްގޮތަށް މިއަހަރުވެސް ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެއެވެ. ދިރާގު ޕޭ މެދުވެރިކޮށް ފިތުރު ޒަކާތް ދިރާގު ޕޭ އެޕް ނުވަތަ ދިރާގު ވެބްސައިޓްގެ މި ލިންކަށް(https://bit.ly/3a1yQDI) ވަނުމުން ދެއްކޭނެއެވެ. ދިރާގު ޕްރީޕެއިޑް ކަސްޓަމަރުން #5454އަށް ގުޅައިގެންވެސް ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމު ދިރާގުންވަނީ ހަމަޖައްސާފައެވެ.
ދިރާގުން ބުނީ އެ ކުންފުނިން މަސައްކަތް ކުރުމުން ދަނީ މި މާތްމަހު ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތައް ފޯރުކޮށްދިނުމަށް ކަމަށެވެ.