ކ. މާލެ
|
12 އޭޕްރިލް 2021 | ހޯމަ 15:34
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު
ރައީސް އޮފީސް
ކައުންސިލަރުންގެ ގޮތުގައި އަންހެނުން
އެންމެ ބޮޑު ކާމިޔާބީއަކީ އިންތިޚާބުވި ކައުންސިލަރުންގެ ތެރޭގައި އަންހެނުން 35 އިންސައްތައަށް ވުރެ ގިނަވުން - ރައީސް
މިއީ މިޑް-ޓަރމް އިލެކްޝަނެއްގައި ސަރުކާރަކަށް މިވަރުގެ ކާމިޔާބެއް ލިބުނު ފުރަތަމަ ފަހަރު
މާލެސިޓީގެ ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަހުރިކަން ފާހަގަކުރެވިފައިވޭ

މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް ލިބުނު އެންމެ ބޮޑު ކާމިޔާބީ އަކީ މިހާތަނަށް ކައުންސިލްތަކަށް އިންތިހާބުވި ކައުންސިލަރުންގެ ތެރޭގައި އަންހެނުން 35 އިންސައްތައަށް ވުރެ ބޮޑު އަދަދެއް ކާމިޔާބު ކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވަނީ މިއީ ސަރުކާރުގެ އެންމެ މުހިންމު އެއް ސިޔާސަތުކަމަށާއި މިއީ ކަންތައްތައް ނިންމުމުގައި ވީހާވެސް ބޮޑަށް ދެޖިންސުގެ ހަމަހަމަކަން ގެންގުޅުމަށް އެކުލަވާލި ސިޔާސަތެއްކަން ފާހަގަކުރައްވާފައެވެ. އަދި މިސިޔާސަތު ތަންފީޒުވެގެން ދާތަން ފެނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު، އެމްޑީޕީން ވަނީ 43 އިންސައްތަ ގޮނޑި ކާމިޔާބު ކޮށްފައި ކަމަށާއި 92 އިންސައްތަ ވޯޓު ގުނި އިރު، ވޯޓުގެ 49 އިންސައްތަ ވޯޓު އެމްޑީޕީން ކާމިޔާބުކޮށްފިި ކަމަށް ވިދާޅުވެފައެވެ. މިއީ މިޑް-ޓަރމް އިލެކްޝަނެއްގައި ސަރުކާރަކަށް މިވަރުގެ ކާމިޔާބެއް ލިބުނު ފުރަތަމަ ފަހަރުކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ މި އިންތިހާބުގައި އެންމެ ބޮޑަށް ފާހަގަކުރެވުނީ މާލެސިޓީގެ ނަތީޖާ ކަމަށާއި މާލެސިޓީގެ ރައްޔިތުންގެ ކަންބޮޑުވުންތަކެއް އެބަހުރިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މި އިންތިހާބުގައި ލިބުނު ކާމިޔާބީއާ އެކު ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދިނުމަށް އިތުރަށް މަސައްކަތްކުރައްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް