ކ. މާލެ
|
12 އޭޕްރިލް 2021 | ހޯމަ 15:46
ހަސަން ލަތީފް- އެމްޑީޕީގެ ޗެއަރޕާސަން
ހަސަން ލަތީފް- އެމްޑީޕީގެ ޗެއަރޕާސަން
ރާއްޖެ އެމްވީ
ނާކާމިޔާބުވި ދާއިރާތަކަށް މަސައްކަތް ކުރުން
ނާކާމިޔާބުވި ދާއިރާތަކުގެ މައްސަލަ ދެނެގަނެ އިތުރަށް މަސައްކަތް ކުރާނަން - ހަސަން ލަތީފް
 
މައްސަލަތައް ދެނެގަނެ އިތުރަށް މަސައްކަތް ކުރާނެ
 
މިއީ އެމްޑީޕީއަށް މާލެ ސިޓީ މޭޔަރުގެ ގޮނޑި ގެއްލުނު ފުރަތަމަ ފަހަރު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީއަށް ނާކާމިޔާބުވި ދައިރާތަކުގައި އިތުރަށް ކުރަންޖެހޭ މަސައްކަތް ދެނެގަނެ އެ މަސައްކަތް ކުރައްވާނެކަމަށް އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް މިހެން ވިދާޅުވީ، ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މާލެ ސިޓީގެ މޭޔަރުގެ ގޮނޑިއާއި، މެޖޯރިޓީވެސް އެމްޑީޕީއަށް ގެއްލިފައިވަނިކޮށެވެ. މާލެ ސިޓީއަކީ މަލްޓިޕާޓީ ޑިމޮކްރަސީގެ ތެރެއިން ބޭއްވި ކޮންމެ އިންތިޚާބެއްވެސް ބޮޑު ތަފާތަކުން އެމްޑީޕީން ކާމިޔާބު ކުރާ ސިޓީއެކެވެ. މާލެ ސިޓީފިޔަވައި އެހެން ހުރިހާ ސިޓީއެއްގެ މޭޔަރުގެ ގޮނޑި އެމްޑީޕީންވަނީ ކާމިޔާބުކޮށްފައެވެ.

ޙަސަން ލަޠީފް ކުރެއްވި ޓްވީޓެއްގައި ވަނީ އެމްޑީޕީއަށް ގޮނޑި ކާމިޔާބުވި ދާއިރާތަކަށް މަރުހަބާ ވިދފައެވެ. އަދި އެޕާޓީއަށް މި އިންތިޚާބުގައި ކާމިޔާބުނިވި ދާއިރާތަކުގައި ކުރަންޖެހޭ މަސައްކަތް ދެނެގަނެ އެ މަސައްކަތްކުރައްވާނެކަމަށް ޙަސަން ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 މަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް
12 އޭޕްރިލް 2021 | ހޯމަ 23:25
ސަންތި
ނިޒާރައް ވީތީ ވޯޓދިނީ އެހެން މީހަކު ލިނަމަ ނުލިބޭނެ
12 އޭޕްރިލް 2021 | ހޯމަ 23:07
ގޮހޮރޭ
ކަލޭކަހަލަ އަހުލާގެއްނެއް މީހުން އެމްޑީޕީ އިސްސަފުގަ ހުރީމަ ވާނެ ހަޔެތިވެފަ އެއޮތީ
12 އޭޕްރިލް 2021 | ހޯމަ 22:29
އރ
ޙަސަން ލަތީފް އިސްތިުފާދޭން ފެނޭ.