ކ. މާލެ
|
12 އޭޕްރިލް 2021 | ހޯމަ 12:22
ސަޓާ އެވޯޑް 2019 - ސަޓާ އެވޯޑް 2021ށް ނަން ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްފި
ސަޓާ އެވޯޑް 2019 - ސަޓާ އެވޯޑް 2021ށް ނަން ހުށަހެޅުމުގެ ފުރުސަތު އިތުރުކޮށްފި
ހައިރައިޒް ޕްރައިވެޓް ލިމިޓަޑް
ސަޓާ އެވޯޑަށް ނަން ހުށަހެޅުން
ސަޓާ އެވޯޑަށް ނަން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި
 
52 ކެޓެގަރީއަށް ނަން ހުށަހެޅޭނެ
 
މުއްދަތު އިތުރުކޮށްފައިވަނީ މެއި މަހު 10 ވަނަ ދުވަހަށް

ސައުތް އޭޝިއަން ޓްރެވަލް އެވޯޑްސް، ސަޓާ އެވޯޑްސް 2021 އަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މުއްދަތު އިތުރުކޮށްފައިވަނީ މެއި މަހު 10 ވަނަ ދުވަހާއި ހަމައަށެވެ. އެވޯޑަށް ކުރިމަތިލުމަށް ކުރިން އޮތީ މިމަހު 10 ވަނަ ދުވަހާ ހަމައަށެވެ. މި އެވޯޑަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކޮށްފައިވަނީ، ކޮވިޑް 19 އާއި ގުޅިގެން ދިމާވި އެކި ދަތިތަކާއި ގުޅިގެން، ގިނަ ބަޔަކު މުއްދަތު އިތުރުކުރުމަށް އެދުމުން ކަމަށް ސަޓާއިން ބުނެފައިވެއެވެ.

ފޯމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ވެބްސައިޓް މެދުވެރިކޮށެވެ. 52 ކެޓަގަރީއަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ މި އެވޮޑަކީ ފަތުރުވެރިކަމުގެ ދާއިރާގެ ބްރޭޑްތަކަށް އޭޝިއާ ސަރަހައްދުގައި ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ.

އެގޮތުން މި އެވޯޑަށް 52 ކެޓަގަރީއަށް ނަން ހުށަހެޅުމަށް ހުޅުވާލާފައިވަނީ، ވިޒިޓާރސް ޗޮއިސް އަދި ސްޕެޝަލް ރިކޮގްނިޝަން ހިމެނޭ ގޮތަށް ކަމަށް ސަޓާ އިން ބުނެފައިވެއެވެ. ސަޓާ އެވޯޑަކީ 2016 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ދެމުން އަންނަ އެވޯޑެކެވެ. 2017ވަނަ އަހަރު މި އެވޮޑް ހަފްލާ ބާއްވާފައިވަނި ރާއްޖޭގައެވެ. މިއަހަރުގެ ސަޓާ އެވޯޑު ހަފްލާ ބޭއްވުމަށް ނިންމާފައިވަނީ ވާޗުއަލް ކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް