Advertisement
ކ. މާލެ
|
12 ސެޕްޓެންބަރ 2025 | ހުކުރު 20:27
ދޮންފަނު ރައްޔިތުން ކަނޑުމަތީގައި އިހުތިޖާޖު ކުރަނީ
ދޮންފަނު ރައްޔިތުން ކަނޑުމަތީގައި އިހުތިޖާޖު ކުރަނީ
އެކްސް
މަޓާޓޯ
ދޮންފަނު ފަރު ފަތުރުވެރިންނަށް ބަންދު ކުރުމުން މަޓާޓޯ އިން ކަންބޮޑުވެއްޖެ
މަޓޯޓާ އިން ބުނެފައިވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބަރޯސާ ވެފައިވަނީ ގުދުރަތީ ވަސީލަތްތަކުގެ މައްޗަށް ކަމަށް
ހަނިފަރު ސަރަހައްދަކީ ދުނިޔޭގައި މަޝްހޫރު އަދި ޔުނެސްކޯގެ ބަޔޯސްފިއަރ ރިޒާވެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ސަރަހައްދެއް
ފަރު ބަންދުކުރުމުގެ ސަބަބުން ހާހުން ގުނާލެވޭ ވަޒީފާތަކަށާއި ފަތުރުވެރިކަމުގެ ވިޔަފާރިތަކަށް ނޭދެވޭ އަސަރުކުރާނެ

ބ. ދޮންފަނު ފަރު ފަތުރުވެރިންނަށް ބަންދު ކުރަން އެ ރަށު ކައުންސިލުން ނިންމުމުން ދިވެހިރާއްޖޭގެ ޓްރެވަލް އޭޖެންޓުންނާއި ޓުއަރ އޮޕަރޭޓަރުންގެ އެސޯސިއޭޝަން (މަޓާޓޯ) އިން ވަރަށް ބޮޑު ކަންބޮޑުވުން ފާޅު ކޮށްފިއެވެ.

މަޓޯޓާ އިން ނެރުނު ބަޔާނެއް ގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބަރޯސާ ވެފައިވަނީ ހަނިފަރު ބޭ އަދި އެތަނުގެ ވަށައިގެންވާ ފަރުތައް ފަދަ ގުދުރަތީ ވަސީލަތްތަކުގެ މައްޗަށް ކަމުގައެވެ.

ހަނިފަރު ސަރަހައްދަަކީ ދުނިޔޭގައި މަޝްހޫރު އަދި ޔުނެސްކޯގެ ބަޔޯސްފިއަރ ރިޒާވެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ސަރަހައްދެއް ކަން މަޓާޓޯގެ ބަޔާނުގައި ފާހަގަ ކޮށްފައިވެއެވެ.

"މި ސަރަހައްދަށް ވަނުމަށް އެއްވެސް ހުރަހެއް ނުވަތަ ދައްޗެއް ކުރިމަތި ކުރުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ އެތައް ދިވެހިންނެއްގެ ދިރިއުޅުމަށް ނުރައްކާވުމުގެ އިތުރުން، ދުނިޔޭގެ ފެންވަރުގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ އަށް ލިބިފައިވާ ނަން ގެއްލިގެން ދިއުމަށް މަގުފަހިވާނެ ކަމެކެވެ." ބަޔާނުގައި ވެއެވެ.

މަޓޯޓާ އިން ބުނަނީ މަނާ ކުރެވުނު ސަރަހައްދަކީ ހަމަ އެކަނި އެންމެ ފަރެއްގެ ސަރަހައްދު ނޫން ކަމަށާއި، އޭގެ އިތުރުން އެ ފަރުން ފެށިގެން 700 މީޓަރުގެ ރޭޑިއަސްއެއް ހިމެނޭ ގޮތަށް، ލައިވްއަބޯޑުތަކާއި، ސަފާރީ އުޅަނދުތަކާއި، ގެސްޓްހައުސް އޮޕަރޭޓަރުން ފުޅާ ދާއިރާއެއްގައި ބޭނުންކުރާ ފަޅުތައްވެސް އޭގެ ތެރޭގައި ހިމެނޭ ކަމަށެވެ.

މީގެ ނޭދެވޭ އަސަރު ކުރާނީ ހަމައެކަނި އެންމެ ރަށެއްގެ ރައްޔިތުންނަށް އެކަނި ނޫން ކަމަށާއި، ހާހުން ގުނާލެވޭ ވަޒީފާތަކާއި، ގެސްޓް ހައުސްތަކާއި، ސަފާރީ އޮޕަރޭޓަރުންނާއި، ރިސޯޓުތައް ބަރޯސާވެފައި ވަނީ މިސަރަހައްދުތަކުގެ ދެމެހެއްޓެނިވިކަމާއި ހުރަހެއް ނެތި ވަދެ ނިކުމެވޭ ގޮތަށް ހުޅުވިފައި އޮތުމުގެ މައްޗަށް ކަމަށް ބަޔާނުގައި ވެއެވެ.

މިފަދަ ސަރަހައްދުތައް ބަންދު ކުރުމާއި ހިއްކުމުގެ ހަރަކާތްތަކުން އިއާދަ ނުކުރެވޭ ފަދަ ގެއްލުންތައް އެތަންތަނުގައި ދިރިއުޅޭ ދިރޭތަކެތީގެ ނަސްލުތަކަށް އޮތް ކަމަށް މަޓޯޓާ އިން ބުނެފައިވެއެވެ.

"އަޅުގަނޑުމެން އެންމެހާ ފަރާތްތަކަށް ގޮވާލަނީ ހަނިފަރު ބޭ ފަދަ ސަރަހައްދުތަކަކީ ހަމައެކަނި ދޮންފަނަށް ނިސްބަތްވާ މުއްސަނދިކަމެއް ނޫން ކަމާއި، މިއީ ކޮންމެ ދިވެއްސަކަށާއި އަންނަން އޮތް ޖީލުތަކަށް ނިސްބަތްވާ ޤައުމީ ތަރިކަ އެއްކަން ގަބޫލު ކުރުމަށެވެ."

މިފަދަ ތިމާވެށީގެ މާހައުލުތައް ރައްކާތެރި ކުރުމަކީ ދުނިޔޭގެ އެންމެ އިސް ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖޭގެ މަޤާމު ދެމެހެއްޓުމަށް ކޮންމެހެން މުހިންމު ކަމުގައި މަޓޯޓާ އިން ބުނެފައިވެއެވެ.

މަޓާޓޯ އިން ކަމާބެހޭ އިދާރާތަކަށް ގޮވާލާފައި ވަނީ މި ނާޒުކު ވެށި ރައްކާތެރިކޮށް، ފަތުރުވެރިންނަށް ހުރަހެއް ނެތި ވަދެނިކުމެވޭ ގޮތަށް ބޭއްވުމަށާއި، ކުރުމުއްދަތުގެ ބޭނުންތަކަށް ވުރެ ދިގުމުއްދަތުގެ ޤައުމީ މަސްލަހަތަށް އިސްކަން ދިނުމަށެވެ.

ދޮންފަނު ފަރުގެ ސަރަހައްދު ފަތުރުވެރިންނަށް އެ ރަށު ކައުންސިލުން ބަންދު ކުރީ، ސަރުކާރުން އެ ރަށުގެ ބިން ހިއްކުން އެމްޓީސީސީ އަށް ހަވާލު ކުރުމަށް ފަހު، ރައްޔިތުން އެދިގެން ކަމަށް ބުނެ އެ މަޝްރޫއު ހުއްޓާލުމާ ގުޅިގެން އެކަމަށް އިހުތިޖާޖު ކުރުމުގެ ގޮތުން ކަމަށް ދޮންފަނު ކައުންސިލުން ބުނެއެވެ. ދޮންފަނު ކައުންސިލުން ބުނެފައި ވަނީ ރައީސް މުއިއްޒު ދޮންފަނު ރައްޔިތުން އެދިގެން ބިންހިއްކުމުގެ މަޝްރޫއު ކުރިއަށް ނުގެންދަން ނިންމެވި ކަމަށް ވިދާޅުވުމަކީ ކަނޑައެޅިގެން އެމަނިކުފާނު ހެއްދެވި އިތުރުފުޅެއް ކަމުގައެވެ.

ދޮންފަނު ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީސީ އާ ހަވާލު ކުރީ ރައީސް މުއިއްޒުގެ ހާޒިރުގައި ހުސްވި އޮގަސްޓު މަހު ދޮންފަނުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

- ކޮމެންޓް