Advertisement
ކ. މާލެ
|
8 އޭޕްރިލް 2021 | ބުރާސްފަތި 23:11
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް
ރާއްޖެއެމްވީ
ރަށްވެހި ފަތިސް ކެމްޕޭން ނިންމުމުގެ ރަސްމިއްޔާތު
ކައުންސިލްތަކަށް އެމްޑީޕީ ހޮވައިގެން ގައުމީ ވާޖިބު ފުރިހަމަ ކުރައްވާ - އަސްލަމް
ލާމަރުކަޒީ ނިޒާމު ފުރިހަމަގޮތުގައި ގެނެސްދިނުމަށް އެމްޑީޕީން ކުރަމުންދަނީ ގައުމީ މަސައްކަތެއް
ސަރަހައްދީ ތަރައްގީގެ ނަމުގައި ގިނަ ބިންތަކެއް ވަނީ ވިއްކާފައި
ޔާމީނުގެ ދައުރުގައި ލާމަރުކަޒީ ނިޒާމު ދިޔައީ ފަހަތަށް ފިޔަވަޅު އަޅަމުން

ކައުންސިލަށް އެމްޑީޕީ ހޮވައިގެން ގައުމީ ވާޖިބު ފުރިހަމަ ކުރުމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ގޮވާލައްވައިފިއެވެ.

އެމްޑީޕީގެ ރަށްވެހި ފަތިސް ކެމްޕޭން ނިންމުމަށް އއ. ރަސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ ލާމަރުކަޒީ ނިޒާމު އޭގެ އެންމެ ފުރިހަމަގޮތުގައި ގެނެސްދިނުމަށް އެމްޑީޕީން ކުރަމުންދާ މަސައްކަތަކީ ގައުމީ މަސައްކަތެއްކަމަށް ވިދާޅުވެފައެވެ. އެގޮތުން މި މަސައްކަތުގެ ފޮނި މީރުކަން ލިބިގެންދާނީ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓުންނަށް ވޯޓު ދީގެންކަމަށް ވިދާޅުވިއެވެ. މިއީ ޤައުމީ ވާޖިބެއްކަމުގައި ދެކި މި ވާޖިބު ފުރިހަމަކުރުމަށް މެމްބަރު އަސްލަމް ގޮވާލެއްވިއެވެ.

Advertisement

ސަރަހައްދީ ތަރައްގީއަކީ ވޭތުވެ ދިޔަ އެކި ސަރުކާރުތަކުން އެކި ނަންނަމުގައި ވިއްކަމުންދިޔަ ފަލްސަފާއެއްކަން ފާހަގަކުރައްވާ، މެމްބަރު އަސްލަމް ވަނީ މި ފަލްސަފާގެ ދަށުން ގިނަ ބިންތަކެއް ވިއްކާފައިވީނަމަވެސް، އެކަށޭނަ ތަރައްގީއެއް ގެނެވިފައެއް ނުވާކަމަށް ވިދާޅުވެފައެވެ. ވޭތުވެދިޔަ 7 އަހަރު ލާމަރުކަޒީ ނިޒާމު ދިޔައީ ފަހަތަށް ފިޔަވަޅު އަޅަމުންކަމަށް އަސްލަމް ވިދާޅުވިއެވެ. މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު، މި ނިޒާމު އޮތީ ފޮހެވޭ ހިސާބާއި ހަމައަށް ގޮސްފައިކަމަށް ވެސް ވިދާޅުވިއެވެ.

މެމްބަރު މުހައްމަދު އަސްލަމް ވަނީ ހުރިހާ ރައްޔިތުން ނިކުމުގެ މި އަޑިގަނޑުން އަރައިގަނެ ލާމަރުކަޒީ ނިޒާމުގެ އައު ފަތިހަކަށް ދަތުރުފެށުމަށް ގޮވާލައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
- ކޮމެންޓް