Advertisement
ކ. މާލެ
|
6 އޭޕްރިލް 2021 | އަންގާރަ 23:18
ރައީސް މުހައްމަދު ނަޝީދު
ރައީސް މުހައްމަދު ނަޝީދު
ޝުރުފާ މުހައްމަދު
ލޯކަލް ކައުންސިލް އިންތިހާބު
މުއިއްޒުއަށް ކައުންސިލްދިނުމަކީ ޑްރެކިއުލާއަށް ބްލަޑްބޭންކު ދިނުން ކަހަލަ ކަމެއް: ނަޝީދު
މާލޭގެ ހިންގުން ސިޓީ ކައުންސިލާ ހަވާލުކޮށް އެކަން އެމްޑީޕީއަށް ދޭން އެންމެ ބޮޑަށް ބޭނުން ވަނީ މާލޭ ރައްޔިތުން
އިދިކޮޅު ވެރިކަމުގައި ސިޓީ ކައުންސިލްގެ ބާރު ކަނޑުވާލާ ހަދާލިގޮތް އެންމެނަށްވެސް ފެންނާނެ
ލާމަރުކަޒީ ނިޒާމަކީ ހަމައެކަނި އަތޮޅުތެރެއަށް އޮތް ކަމެއްނޫން

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ފަރާތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުއަށް އެ މަގާމު ދިނުމަކީ ޑްރެކިއުލާއަކަށް ބްލަޑް ބޭންކު ދިނުން ކަހަލަކަމެއް ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެ ޕާޓީގެ ފަރާތުން ވާދަ ކުރައްވާ ކެންޑިޑޭޓް އަނަސް އަބްދުއްސަތާރުގެ ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން މައްޗަންގޮޅީ މެދު ދާއިރާގެ ރައްޔިތުންނާއެކު ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މާލޭގެ ހިންގުން ސިޓީ ކައުންސިލްއާ ހަވާލުކޮށް އެކަން އެމްޑީޕީއަށް ދޭން އެންމެ ބޮޑަށް ބޭނުން ވަނީ މާލޭ ރައްޔިތުން ކަމަށެވެ. އިދިކޮޅު ވެރިކަމުގައި ސިޓީ ކައުންސިލްގެ ބާރު ކަނޑުވާލާ ހަދާލިގޮތް އެންމެނަށްވެސް ފެންނާނެކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ އިދިކޮޅުން ކުރިކަމަކީ އެތަނުގައި ތިބި ގޮނޑި މޭޒު ތަންތަނަށް އުކާ ކައުންސިލަރުންނަށް އެތަނަށް ނުވަދެވޭ ގޮތް ހަދާ އެތަން ކަފުން ކުރީ ކަމަށެވެ.

Advertisement

މިއަދު ނިކުމެ މިއުޅެނީ ލާމަރުކަޒީ ނިޒާމެއް ގެންނާށޭ ބުނެ ކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް އެކަން ގަބޫލު ނުކުރެވޭކަމަށް ވިދާޅުވިއެވެ.

މިފަދަ ބާރުތަކާ އެކުގައި ލާމަރުކަޒީ ނިޒާމަށް އިންކާރުކުރަމުން އަންނަ ސިޔާސީ ފަލްސަފާއެއް އޮތް ބަޔަކު ކައުންސިލް އާ ހަވާލުވުމަކީ، އަޅުގަނޑަށް ދެންނެވޭނީ ޑްރެކިއުލާއެއް ބްލަޑް ބެންކު ހަވާލުކުރުން ފަދަ ކަމެކޭ. އެކަން ނަމަ ނަމަ ނުކުރައްޗޭ
ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ މި ކެމްޕޭން ތެރޭގައި އެންޓި ކެމްޕޭންގެ ގޮތުގައި ސަރުކާރަށް ކަމެއްނުވާ ކަމަށްބުނެ ބައެއް މީހުން ވާހަކަދައްކަމުން އަންނަ ކަމަށެވެ. އެކަމަކު މި ސަރުކާރު ހޮވުނީ މާލެ ރައްޔިތުންނަށް ދެން އެއްވެސް އިތުރު ގޮތެއް ނެތި ކުރީގެ ރައީސް ޔާމީން ބޭރުކުރަން ބޭނުންވެފައި ތިބި ވަރުން ކަމަށާއި، އެކަމަށްޓަކާ ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ. އަދި މަޖިލިސް އިންތިހާބުގައިވެސް މާލެ ހުސްކޮށް އެމްޑީޕީއަށް ވޯޓުދީ އެމްޑީޕީގެ މެމްބަރުން ހޮވި ހޮވުމަށްވުރެ ބޮޑަށް ވަކި ޝުކުރުވެރިވެވޭނެ ކަމެއްވެސް ނެތްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެކަމަކު އަމާޒަކީ މާލެ ސިޓީގެ ކަންކަން އެންމެ ފުރިހަމައަށް ރަނގަޅުކުރުން ކަމަށާއި، އެކަމަށް ސިޓީ ކައުންސިލަކީވެސް އެމްޑީޕީގެ ތަނަކަށް ހަދަން ޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ހަމައެކަނި އަތޮޅުތެރެއަށް އޮތް ކަމެއް ނޫން ކަމަށެވެ. އެ ނިޒާމުގެ އެންމެ ފޮނި މީރުކަން މާލެއިންވެސް ފެންނާނެ ކަމަށާއި އެކަން ލިބޭނެކަމަށް ވިދާޅުވިއެވެ. އެގޮތުން މާލެ ވަރުގެ އަގުބޮޑު ރައުސުލްމާލެއް އޮތް ތަނެއް މުޅި ރާއްޖޭގައިވެސް ނެތްކަމަށާއި އެ ބޭނުންކޮށްގެން މުޅި ގައުމުވެސް ތަރައްގީ ކުރެވޭނެކަމަށް ވިދާޅުވިއެވެ.

އެ ހުރިހާ ވިސްނުމެއްވެސް ހުރީ އެމްޑީޕީގައި ކަމަށާއި އިދިކޮޅު ކޯލިޝަނަކީ ކަންކަން މަރުކަޒު ކުރުމުގައި މާހިރުން ކަމަށް ވިދާޅުވެ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް ވޯޓު ދިނުމަށް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
- ކޮމެންޓް
9 އޭޕްރިލް 2021 | ހުކުރު 10:15
ޛަޖސހ
ދެއަހަރު ބައި މިވީ ކޮންކަމެއްވީ ބަލަ މިއޮށް ހުރިހާ ދުވަހު މޭޔަކަށްވެސް ތިހުރީ ކަލޭމެންގެ މޭޔަރެއް. ޙޮޅި ވާހަކަ ޏުދައްކާ
7 އޭޕްރިލް 2021 | ބުދަ 00:35
އަހަންމާ
ކޮވިޑަށް ބޭރު ގައުމުތަކުން ދިން ފައިސާ ކާލައިފި...ސައުދީ ސަރުކާރުން މިފަހަރުވެސް ދިން ކަދުރުތަށް ވަގަށް ކާލައިފި. 2012 ގައި މުޅި ގައުމު ހުޅުދާންކުރި ބަޔަކަށް ވެސް ވޯޓު ދޭން ހެޔޮނުވާނެ.
7 އޭޕްރިލް 2021 | ބުދަ 00:30
ކިނބޫ
މުއިއްޒުއާ ވާދަކުރެވޭވަރު މީހަކު ނުލިބުނީމަ މަޑުމަޑުން ތިބިނަމަ މާތާހިރުވީހެއްނު. އަނަސެކޯ! ބޯހަލާކު. އެދެން ކާކުތަ!