ކ. މާލެ
|
6 އޭޕްރިލް 2021 | އަންގާރަ 06:51
ކޮވިޑް-19 ވެކްސިން ޖެހުން
ކޮވިޑް-19 ވެކްސިން ޖެހުން
ރައީސް އޮފީސް
ކޮވިޑް-19 ވެކްސިނޭޝަން
ވެކްސިންގެ ދެވަނަ ޑޯޒް ޖެހި މީހުންގެ ޖުމްލަ 5،000ން މައްޗަށް
ވެކްސިންގެ ދެ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 5،753ށް އަރާފައި
251،139 މީހުން ވަނީ ފުރަތަމަ ޑޯޒް ޖަހާފައި
މިވަގުތު ރާއްޖޭގައި ކޮވިޑްގެ ތިން ވެކްސިން ދަނީ ޖަހަމުން

ރާއްޖޭގައި ކޮވިޑް-19 ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރި މީހުންގެ ޖުމްލަ 5،000ން މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން ވެކްސިންގެ ދެ ޑޯޒް ޖެހި މީހުންގެ ޖުމްލަ އަދަދު ވަނީ 5،753ށް އަރާފައެވެ. އަދި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ އަދަދަށް ބަލާއިރު، 251،139 މީހުން ވަނީ ފުރަތަމަ ޑޯޒް ޖަހާފައެވެ.

ހޯމަ ދުވަހު ވެކްސިން ޖެހި 6،259 މީހުންގެ ތެރެއިން ފުރަތަމަ ޑޯޒް ޖަހާފައި ވަނީ 4،243 މީހުންނެވެ. އަދި ދެވަނަ ޑޯޒް ޖަހާފައި ވަނީ 2،016 މީހުންނެވެ.

ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ރާއްޖޭގައި ކޮވިޑް-19 ވެކްސިނޭޝަން ޕްރޮގްރާމް ފަށާފައި ވަނީ އިންޑިއާގެ ސެރަމް އިންސްޓިޓިއުޓުން އުފައްދާ ކޮވިޝީލްޑް ވެކްސިނުންނެވެ. އެހެން ނަމަވެސް މިހާރު ރާއްޖޭގައި ކޮވިޑް-19ގެ ތިން ވެކްސިނެއް ދަނީ ޖަހަމުންނެވެ. އެއީ ކޮވިޝީލްޑްގެ އިތުރުން ޗައިނާގެ ސިނޮފަރމްގެ ކޮވިޑް-19 ވެކްސިނާއި ފައިޒަރ އަދި ބައޯއެންޓެކް ގުޅިގެން އުފައްދާފައިވާ ކޮވިޑް-19 ވެކްސިނެވެ. އެގޮތުން އެޗްޕީއޭ އިން ވަނީ ހާއްސަ ބަލިތަކަށް ފަރުވާ ހޯދަމުންދާ އުމުރުން 16 އަދި 17 އަހަރުގެ ކުޑަކުދިންގެ އިތުރުން ބޮޑެތި މީހުންނަށް ފައިޒަރ ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން އޭޕްރިލް 5 ވަނަ ދުވަހު ހުޅުވާލާފައެވެ.

- ކޮމެންޓް