ކ. މާލެ
|
5 އޭޕްރިލް 2021 | ހޯމަ 21:15
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެކްސިންގެ ދެވަނަ ޑޯޒު ޖެއްސެވުން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެކްސިންގެ ދެވަނަ ޑޯޒު ޖެއްސެވުން
ރައީސް އޮފީސް
ވެކްސިން
ރައީސް ސޯލިހު ވެކްސިންގެ ދެވަނަ ޑޯޒު ޖައްސަވައިފި
 
މިހާތަނަށް 3،700ށް ވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒު ޖަހާފައި
 
ރައީސް ވިދާޅުވީ ކޮވިޑް-19 ބަލިކުރެވޭނީ އެންމެން އެކުގައިކުރާ މަސައްކަތުންކަމަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒު ޖައްސަވައިފިއެވެ.

އެމަނިކުފާނު ވެކްސިންގެ ފުރަތަމަ ޑޯޒު ޖެއްސެވީ ރާއްޖޭގައި ވެކްސިން ޖަހަން ފެށި ފުރަތަމަ ދުވަސް ކަމަށްވާ މިދިޔަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ. ރާއްޖޭގައި ވެކްސިންގެ ދެވަނަ ޑޯޒު ޖަހަން ފަށާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުއެވެ.

ރައީސް ސޯލިހު ވެކްސިންގެ ދެވަނަ ޑޯޒު ޖެއްސެވުމަށްފަހު އެކަން ހާމަކުރައްވާ ކުރެއްވި ޓުވީޓުގައި ވިދާޅުވީ ކޮވިޑް-19 ބަލިކުރެވޭނީ އެންމެން އެކުގައި ކުރާ މަސައްކަތުން ކަމަށެވެ. ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހިތާ އަށް ހަފްތާ ހަމަވެފައިވާނަމަ ދެވަނަ ޑޯޒު ޖަހަން ދިއުމަށާއި ފުރަތަމަ ޑޯޒު ނުޖަހާ މީހެއްނަމަ ވީ އެންމެ އަވަހަކަށް ފުރަތަމަ ޑޯޒު ޖެހުމަށް ވެސް އެމަނިކުފާނު ގޮވާލައްވާފައިވެއެވެ.

މިދިޔަ ފެބްރުއަރީ މަހުގެ އެއް ވަނަ ދުވަހު ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައިވާއިރު މުޅި ރާއްޖެއިން މިހާތަނަށް 246,896 މީހުން ވަނީ ވެކްސިން ޖަހާފައެވެ. އޭގެ ތެރެއިން މިހާތަނަށް 3،700ށް ވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ދެވަނަ ޑޯޒު ޖަހާފައެވެ.

ރާއްޖޭގައި މިހާރު ބޭނުންކުރަމުން އަންނަނީ ތިން ވެކްސިންއެކެވެ. އެއީ އިންޑިއާގެ ކޮވިޝީލްޑް ވެކްސިންއާއި، ޗައިނާގެ ސިނޮފާމް ވެކްސިންގެ އިތުރަށް ފައިޒާ ވެކްސިންއެވެ. އާންމު ހާލަތްތަކުގައި ބޭނުންކުރަމުން އަންނަނީ ކޮވިޝީލްޑްއާއި ސިނޮފާމް އެވެ. އެގޮތުން ދެ ލައްކައަށްވުރެ ގިނަ މީހުން މިހާތަނަށް ކޮވިޝީލްޑް ޖަހާފައިވާއިރު މިހާރު ބޭނުންކުރަމުން އަންނަނީ ސިނޮފާމް ވެކްސިންއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
100%
0%
0%
0%
0%
ކޮމެންޓް