ކ. މާލެ
|
5 އޭޕްރިލް 2021 | ހޯމަ 15:53
ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު - ފުރާވަޑައިގެންފައިވަނީ ޕާސްޕޯޓް ދޫކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުމުގެ އެއް ދުވަސް ކުރިން
ކުރީގެ ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު - ފުރާވަޑައިގެންފައިވަނީ ޕާސްޕޯޓް ދޫކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުމުގެ އެއް ދުވަސް ކުރިން
ރާއްޖެއެމްވީ
އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލި މައްސަލަ
އަޑުއެހުމުގައި އަލީ ވަހީދު ބައިވެރިއެއް ނުވޭ، މިހާރުގެ އެޑްރެސް ހޯދުމަށް ދައުލަތަށް އިތުރު ފުރުސަތެއް!
 
އަލީ ވަހީދު ފުރާފައިވާއިރު، ފުރަތަމަ ވަޑައިގެންނެވީވެސް ތުރުކީގެ ވެރިރަށް އިސްތަންބޫލަށް
 
ފުރާވަޑައިގެންފައިވަނީ ޕާސްޕޯޓް ދޫކުރުމަށް ކްރިމިނަލް ކޯޓުން އަމުރުނެރުމުގެ އެއް ދުވަސް ކުރިން
 
ޕާސްޕޯޓް ހިފެހެއްޓުމަށް ނެރުނު އަމުރު ރަނގަޅުކަމަށް ހައިކޯޓުން ނިންމައިފިނަމަ، ޕާސްޕޯޓް ކެންސަލް ކުރާނެ

ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދުގެ ޕާސްޕޯޓް ދޫކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުމާއި ގުޅިގެން، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން އިސްތިއުނާފު ކުރަން ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް ހޯމަ ދުވަހު ހައިކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

ހޯމަ ދުވަހު ހައިކޯޓުގައި ކުރިއަށްގެންދިޔަ އަޑުއެހުމުގައި އަލީ ވަހީދު ބައިވެރިވެވަޑައިގެންފައިނުވާއިރު، މައްސަލަ ކުރިއަށް ގެންދެވިދާނެތޯ ވަނީ މަޝްވަރާކޮށްފައެވެ. އަދި ދައުލަތުން ވަނީ އަލީ ވަހީދުގެ ޢައިރު ހާޒިރުގައި މައްސަލަ ކުރިއަށްގެންދެވިދާނެ ކަމަށް ބުނެފައެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ހިފެހެއްޓުމަށް ނެރުނު އަމުރު ރަނގަޅުކަމަށް ހައިކޯޓުން ނިންމައިފިނަމަ، އޭނާގެ ޕާސްޕޯޓް ކެންސަލްކުރާނެ ކަމަށް ޕީޖީ އޮފީހުގެ އޮފިޝަލަކު ވަނީ "ރާއްޖެ.އެމްވީ" އަށް މައުލޫމާތުދީފައެވެ. އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައިވަނީ ޕާސްޕޯޓް ދޫކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ނެރުމުގެ އެއް ދުވަސް ކުރިންނެވެ. އެގޮތުން ފެބްރުއަރީ މަހުގެ ނުވަވަނަ ދުވަހުގެ ރޭ 11:30 ހާއިރު އަލީ ވަހީދު ފުރާވަޑައިގެންނެވިއިރު، ފުރަތަމަ ވަޑައިގެންނެވީވެސް ތުރުކީގެ ވެރިރަށް އިސްތަންބޫލަށެވެ.

ޖިނާޢީ ބޮޑުކުށެއްގެ ދަޢުވާ އުފުލާފައިވާ މީހެއްނަމަ ނުވަތަ އެފަދަ ކުށެއްގެ ތަޙުޤީޤެއް ހިނގަމުންދާ މީހެއްނަމަ، އެމީހެއްގެ ޕާސްޕޯޓް ހިފަހައްޓާ ހާލަތުގައި ދަތުރުކުރުމުގެ ވަގުތީ ލިޔުމެއްގައި ނުވަތަ ބޭރަށް ދަތުރު ނުކުރެވޭނެ ގޮތަށް އުސޫލު ބަދަލުކުުރުމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީންވެސް ވަނީ ހުށަހަޅާފައެވެ.

ކުރީގެ މިނިސްޓަރ އޮފް ޓުއަރިޒަމް އަލީ ވަހީދުގެ މައްޗަށް ކްރިމިނަލް ކޯޓުން ނެރުނު ފުރުން މަނާކުރުމުގެ އަމުރު ބާތިލްކޮށްފައިވާ މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖްލީހުގެ 4 މެންބަރުން ސޮއިކުރައްވައި ހުށަހަޅުއްވާފައިވާ މައްސަލަ ޖުޑިޝަރީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓްގައި ބުނަނީ ޖިނާއީ ބޮޑު ކުށެއްގެ ދަޢުވާއެއް އުފުލިފައިވާ މީހެއްނަމަ ނުވަތަ އެފަދަ ކުށެއްގެ ތަޙުޤީޤު ހިނގަމުންދާ މީހެއްނަމަ އެމީހެއްގެ ޕާސްޕޯޓް ހިފަހައްޓާ ހާލަތުގައި ރާއްޖެއިން ބޭރަށް ފުރުމަށް ހުއްދަ ދޭންޖެހޭ ސަބަބުގެ އިތުރަށް މައްސަލައިގެ ބާވަތަށާއި އަދި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށް އެންމެ ފުޅާމިނެއްގައި ރިޢާޔަތްކުރުމަށް ހުށަހަޅާކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
0%
0%
0%
0%
ކޮމެންޓް