ކ. މާލެ
|
3 އޭޕްރިލް 2021 | ހޮނިހިރު 15:56
ޖިންސީ ގޯނާއާ ދެކޮޅަށް ހަދާފައިވާ ޕޯސްޓަރެއް
ޖިންސީ ގޯނާއާ ދެކޮޅަށް ހަދާފައިވާ ޕޯސްޓަރެއް
މުހައްމަދު ޝަރުހާން
ޖިންސީ ގޯނާގެ މައްސަލަ
15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
މިމައްސަލަ ހުށަހަޅާފައިވަނީ މާޗްމަހުގެ 30 ވަނަ ދުވަހު
ހައްޔަރު ކުރި މީހާ ބަންދަށް ހަތް ދުވަަސް ވަނީ ޖަހާފައި
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން

ދެކުނުގެ ރަށެއްގައި އުމުރުން 15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ގއ. ގދ ގައި ހިމެނޭ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް މާޗްމަހުގެ 30 ވަނަ ދުވަހުގެ ހެނދުނު 9:30 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން 38 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް ހަތް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިހާރަކަށް އައިސް ކުޑަ ކުދިންނަށް ކުރާ ޖިންސީ ހާނިކައިގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު ވަނީ އިތުރުވެފައެވެ. ޖެންޑަރ މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 92 މައްސަލަ ފެބުރުވަރީ މަހު ވަނީ ރިޕޯޓުކޮށްފައިވެއެވެ. އަދި މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެ ގޮތުން މި ބާވަތުގެ 25 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

- ކޮމެންޓް