ކ. މާލެ
|
2 އޭޕްރިލް 2021 | ހުކުރު 14:18
އައްޑޫ ރީޖިނަލް ޕޯޓް ތަރައްގީކުރުމަށް ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އައްޑޫ ރީޖިނަލް ޕޯޓް ތަރައްގީކުރުމަށް ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެ އެމްވީ
ސަރަޙައްދީ ބަނދަރު
އައްޑޫސިޓީގެ ސަރަޙައްދީ ބަނދަރު ތަރައްޤީ ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި
 
ސަރަޙައްދީ ބަނދަރުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލު ކޮށްފައިވަނީ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް

އައްޑޫ ސިޓީގެ ސަރަޙައްދީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އައްޑޫ ސަރަޙައްދީ ބަނދަރުގެ މަޝްރޫ އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާއިރު ހުކުރު ދުވަހު މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރީ ސަރަހައްދީ ބަނދަރުގައި ބޭއްވި ރަސްމީއްޔާތެއްގައެވެ. މިރަސްމީއްޔާތުގައި ބަނދަރު މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމާއި އެމްޕީއެލްގެ ސީއީއޯ ޝާހިދު ޢަލީއެވެ.

މި އެއްބަސްވުމާއި ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު ވިދާޅުވީ މިހާރު ބަނދަރުގެ މަގަތު ފާލަމަށް ދޯނިތައް ލަފަން އުނދަގޫވާ ކަމަށެވެ. މި މަގަތު ފާލަން ނެރާ ދިމާލަށް އޮންނާތީވެ ދޯނިތަކަށް މުދާ ބާލަން ދަތިވާ ކަމަށާއި އެހެންވުމުން މާލެއަށް މުދާ ބޭލުމަށްފަހު އައްޑޫސިޓީއަށް އެ މުދާތައް ގެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. މިހެންވުމުގެ ސަބަބުން ޚަރަދު ދެ ގުނަ ބޮޑުވެގެންދާނެ ކަމަށާއި މި ބަނދަރު ތަރައްޤީކޮށް ނިމުމުން މިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެއްބަސްވުން އެމްޓީސީސީއާ ހަވާލުކޮށްފައިވާއިރު އެ ކުންފުނީގެ ސީއީއޯ ވިދާޅުވީ ސަރަހައްދީ ބަނދަރުގެ މަސައްކަތް ކަނޑައެޅިފައިވާ ސުންގަޑިއަށް ނިންމާލެވޭނެ ކަމަށެވެ.

އައްޑޫ ސަރަޙައްދީ ބަނދަރުގެ މަޝްރޫޢު އެމްޓީސީސީއާ ޙަވާލު ކޮށްފައިވަނީ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށެވެ. އެގޮތުން މިމަޝްރޫއުގެ ދަށުން 972،500 އަކަ މީޓަރުގެ ސަރަހައްދެއް ފުން ކުރުމާއި، 8 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކުމާއި، 2360 މީޓަރުގެ ސަރަހައްދެއްގެ ބޭރު ތޮށި ލުން ހިމެނެއެވެ. މީގެ އިތުރުން 500 މީޓަރު ސަރަހައްދެއްގެ ރިވެޓްމެންޓް ޖަހައި، ޕޭވްމެންޓް ހެދުމާއި، ބަންދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
100%
0%
0%
0%
0%
ކޮމެންޓް