ކ. މާލެ
|
1 އޭޕްރިލް 2021 | ބުރާސްފަތި 23:16
ޕްރޮޖެކްޓް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޕްރޮޖެކްޓް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އެމްޓީސީސީ
ހިތަދޫ ބަނދަރު ތަރައްގީކުރުން
އަހަރު ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހިތަދޫ ބަނދަރު ތަރައްގީ ކުރުމަށް އެމްޓީސީސީއާއި ހަވާލު ކޮށްފި
 
1420 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި ހަރުކުރުމާއި ބަނދަރު ބައްތި ހަރުކުރުމަށް ވެސް ނިންމާފައިވޭ
 
މި މަޝްރޫއުއަކީ 52.43 މިލިއަން ރުފިޔާގެ މަޝްރޫއުއެއް

އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހިތަދޫ ބަނދަރު ތަރައްގީ ކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާއި ހަވާލު ކޮށްފިއެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގް އެންޑް އިންފްރާސްޓްރަކްޗަރއިން އެ ކުންފުންޏާއި ހަވާލުކުރި މި މަޝްރޫއުއަކީ 52.43 މިލިއަން ރުފިޔާގެ މަޝްރޫއުއެކެވެ.

މި މަޝްރޫއުގެ ދަށުން، 234،297 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރުފުންކުރުމާއި، 800 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމާއި، 284 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމަށް ވަނީ ނިންމާފައެވެ. އަދި 1420 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި ހަރުކުރުމާއި ބަނދަރު ބައްތި ހަރުކުރުމަށް ވެސް ނިންމާފައިވެއެވެ.

މި މަޝްރޫއު ހަވާލުކުރުމަށް ޕްލޭނިންގ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ.

އެމްޓީސީސީން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ތަފާތު އެކި މަޝްރޫއުތައް ހިންގަމުން އަންނައިރު އާޒިމް ވިދާޅުވީ، އެމްޓީސީސީގެ މަސައްކަތްތައް މިހާރު ބައްޓަން ކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ބޭނުންފުޅުވާނެހެން ވީހާވެސް އަވަހަކަށް ތަރައްގީގެ މަޝްރޫއުތައް ނިންމުމަށް ކަމަށެވެ. އެގޮތުން އެމްޓީސީސީއިން ހަވާލުވާ މަސައްކަތްތަކުގެ އަމަލީ މަސައްކަތް ފަށަނީ މަސައްކަތް ކުރުމަށް ބޭނުންވާ ހުރިހާ ސާމާނަކާއިއެކު ކަމަށް އާޒިމް ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް