ކ. މާލެ
|
1 އޭޕްރިލް 2021 | ބުރާސްފަތި 22:00
ކުރީގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބު ނާއިފު ޝައުކަތު
ކުރީގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބު ނާއިފު ޝައުކަތު
ހައްގުނޫން މީހަކަށް ގޯއްޗެއް ވިއްކި މައްސަލަ
ހައްގުނޫން ފަރާތަކަށް މާލޭގެ ގޯއްޗެއް ވިއްކާފައިވާތީ ނާއިފް ޝައުކަތާއި ހަސަން ވަހީދުގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވައިފި
 
ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނުގެ ދަށުން
 
ދައުވާކުރަން ފޮނުވާފައިވަނީ ކުރީގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބު ނާއިފު ޝައުކަތު އާއި އެގްޒެކެޓިވް ކޯޑިނޭޓަރ ޙަސަން ވަޙީދުގެ މައްޗަށް
 
މައްސަލައިގެ ދައުވާކުރުމަށް ޕީޖީއަށް ފޮނުވާފައިވަނީ، 1 އެޕްރީލް 2021ގައި

ހައްގުނޫން ފަރާތަކަށް މާލޭގެ ގޯއްޗެއް ވިއްކާފައިވާތީ ނާއިފް ޝައުކަތާއި ހަސަން ވަހީދުގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވައިފިއެވެ.

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން މީހަކަށް ނާޖައިޒް ފައިދާއެއް ހޯދައިދިން ކަމަށް ދައުވާކުރަން ފޮނުވާފައިވަނީ ކުރީގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބު ނާއިފު ޝައުކަތު (ހ.އަގޮސްޓާ / މާލެ) އާއި، އެ މިނިސްޓްރީގެ އޭރުގެ އެގްޒެކެޓިވް ކޯޑިނޭޓަރ ޙަސަން ވަޙީދު (ދަފްތަރު 12537 / މާލެ)ގެ މައްޗަށެވެ.

މާލޭގެ ގޯއްޗެއް ބަހައިގެން އެ ގޭގެ މިލްކުވެރިންގެ ތެރެއިން އެއްފަރާތަށް ލިބިފައިވާ ބިންކޮޅު ދޫކޮށްލުމާ ގުޅިގެން އެ ބިން ގަތުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ކުރީގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހުޅުވާލުމުން އެ ބިމާ އިންވެގެން އޮތް ބިން ލިބުނު ފަރާތުން އެ ބިން ގަތުމަށް ހުށަހެޅި ނަމަވެސް ސަރުކާރުން އެ ބިން ވިއްކާފައިވަނީ އެ ބިމާ ދުރުން ބިން ލިބިފައިވާ ފަރާތަކަށް ކަމަށެވެ.

އޭސީސީން ބުނީ މިފަދައިން އެ ބިން ވިއްކުމަށް ނިންމާފައިވަނީ ނާއިފު ޝައުކަތު އާއި ޙަސަން ވަޙީދު މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާއެއް ހޯދާދިނުމުގެ ބޭނުމުގައިކަން ތަހުގީގަށް އެނގެން އޮތް ކަމަށެވެ. މައްސަލައިގެ ދައުވާކުރުމަށް ޕީޖީއަށް ފޮނުވާފައިވަނީ، 1 އެޕްރީލް 2021 ގައެވެ.

ދަޢުވާކުރުމަށްޓަކައި ފޮނުވާފައިވަނީ، ޤާނޫނު ނަންބަރު 2/2000 (ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ޤާނޫނު) ގެ 12 މާއްދާގެ (ހ) އާއި ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 513 ވަނަ މާއްދާގެ (ށ) ގެ ދަށުން ކަމަށް އޭސީސީން ބުންޏެވެ.

މި މައްސަލާގައި ކަން ހިނގާފައިވާގޮތަށް ބަލާއިރު، ވެށިފަހި މާލެ ޕްރޮގުރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުޞޫލުގެ ދަށުން، ދެވަނަ ފިޔަވަހީގެ ގޮތުގައި ވިއްކުމަށް އިޢުލާނުކުރި ބިންތަކުގެ ތެރެއިން މާލޭގެ ގޯއްޗަކުން ދައުލަތަށް މިލްކުވެފައިވާ 260 އަކަފޫޓުގެ ދެ ބިމުގެ ތެރެއިން، ޢާތިފާ ޙަސަން (މ.ގުލްސަންޕާގެ / މާލެ) އަށް ތަރިކައިން ބަހައިގެން ލިބުނު ބިމާއި އިންވެގެން އޮތް ބިން ގަތުމަށް، ޢާތިފާ ޙަސަނާއި އެ ގޭގެ އެހެން ފަރާތަކުން ހުށަހަޅާފައިވާކަން ލިޔެކިޔުންތަކުން އެނގެން އޮންނައިރު، އޭރު ޢަމަލުކުރަމުން ދިޔަ، ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާއި ބެހޭ އުސޫލު” އާއި އެއްގޮތަށް އެބިން ޢާތިފާ ޙަސަނަށް ވިއްކުމަށް ނިންމާ އެކަން އޭނާއަށް އެންގުމަށްފަހު، “ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާއި ބެހޭ އުސޫލު” އިސްލާޙުކުރަމުންދާތީ ކަމަށްބުނެ، އެ ބިން ޢާތިފާ ޙަސަނަށް ވިއްކުމަށް ނިންމި ނިންމުން މަޑުޖައްސާލާފައިވަނީ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އެއްވެސް ނިންމުމެއް ނެތި ހަމައެކަނި އެ މިނިސްޓްރީގެ އޭރުގެ އެގްޒެކެޓިވް ކޯޑިނޭޓަރ، ޙަސަން ވަޙީދު (ދަފްތަރު 12537 / މާލެ)  ސޮއިކޮށް ފޮނުވާފައިވާ ސިޓީއަކުންކަން ލިޔެކިޔުންތަކުންނާއި މައްސަލާގައި ބަޔާން ނަގާފައިވާ ފަރާތްތަކުގެ ބަހުން އެނގެއެވެ.

"ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާއި ބެހޭ އުސޫލު” އިސްލާޙުކުރަމުން ދާތީވެ ޢާތިފާ ޙަސަނަށް ބިން ވިއްކަން ނިންމި ނިންމުން މަޑުޖައްސާލާފައިވާއިރު، އެ ބިން ވިއްކަން އިޢުލާނުކުރި އިޢުލާނުގައި ހުރި އެހެން ހުރިހާ ބިމެއް ވިއްކުން މަޑުޖައްސާލުމެއް ނެތި އެ ބިންތައް ވިއްކުމަށް ޙަސަން ވަޙީދު ސޮއިކޮށް އެކިއެކި ފަރާތްތަކަށް އަންގައި އެ ބިންތައް ވިއްކުމުގެ މުޢާމަލާތުތައް ކޮށްފައިވަނީ ޙަސަން ވަޙީދުގެ ބެލުމުގެ ދަށުން، ޙަސަން ވަޙީދު އިސްވެހުރެކަން ލިޔެކިޔުންތަކުންނާއި މައްސަލާގައި ބަޔާން ދީފައިވާ ފަރާތްތަކުގެ ބަހުން އެނގެން އޮންނާތީވެ، ޢާތިފާ ޙަސަނަށް ވިއްކަން ނިންމާފައިވާ ބިން ވިއްކުން މަޑުޖައްސާލާފައިވަނީ “ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާއި ބެހޭ އުސޫލު” އިސްލާޙުކުރަމުން ދާތީނޫންކަން އޭނާ ޢަމަލުކޮށްފައިވާ ގޮތުން އެނގެއެވެ.

“ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާއި ބެހޭ އުސޫލު” އިސްލާހުކުރުމަށްފަހު، އެ އުޞޫލުގައި ބިން ވިއްކުމަށް ޙައްޤުވެރި ފަރާތެއް ކަނޑައެޅުމުގެ ކުރިން، ވިއްކަން އިޢުނުކޮށްފައިވާ ބިން ހިމެނޭ ގޯތީގެ ބެހެނިވެރިންނާއި، ގޯތީގެ އެންމެހާ ވާރިސުންގެ ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމަށްފަހު، އެންމެ ޙައްޤުވެރި ފަރާތެއް ކަނޑައަޅަންވާނެ ކަމަށް ބަޔާންކޮށްފައި އޮންނައިރު، އެ އުސޫލުގައި ބުނާފަދައިން އިސްވެ ދެންނެވުނު ގޯތިން ބިން ގަތުމަށް ހުށަހެޅި ޢާތިފާ ޙަސަނާއި އެ ބިން ގަތުމަށް ހުށަހަޅާފައިވާ އަނެއްފަރާތުގެ ދިރިއުޅުމުގެ ހާލަތު ވަޒަންކޮށްފައި ނުވާކަން ލިޔެކިޔުންތަކުންނާއި ބަޔާން ދީފައިވާ ފަރާތްތަކުގެ ބަހުން އެނގެއެވެ.

އެ ދެ ފަރާތުގެ ދިރިއުޅުމުގެ ހާލަތު ވަޒަންކުރުމަކާއި ނުލައި، އެ ބިން ވިއްކަން ނިންމައި، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނާއިބު ނާއިފު ޝައުކަތު (ހ.އަގޮސްޓާ / މާލެ) ސޮއިކޮށް ސިޓީއަކުން އެކަން ބިން ވިއްކަން ނިންމި ފަރާތަށް އަންގައި އެ ބިން އެފަރާތަށް ވިއްކާފައިވާކަން މައްސަލާގައި ހޯދާފައިވާ ލިޔެކިޔުންތަކުންނާއި ބަޔާން ދީފައިވާ ފަރާތްތަކުގެ ބަހުން އެނގެން އޮންނާތީއާއި، އަދި އެ ބިން އެފަރާތަށް ވިއްކާފައިވަނީ “ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާއި ބެހޭ އުސޫލު” އާއި ޚިލާފަށްކަން ތަޙުޤީޤުގައި ހޯދާފައިވާ ލިޔެކިޔުންތަކުންނާއި، މި މައްސަލައާ ގުޅިގެން ބަޔާން ދިން ފަރާތްތަކުގެ ބަހުން އެނގެން އޮންނާތީއާއި، އެގޮތަށް އެ ދެ ފަރާތުން ޢަމަލުކޮށްފައިވުމުގެ ސަބަބުން އެ އުޞޫލުގެ ދަށުން އެ ބިން ލިބެން އޮތް ހައްޤުވެރި ފަރާތަށް އެ ބިން ނުލިބި އެހެން ފަރާތަކަށް އެ ބިން ލިބިފައިވާކަން ފާހަގަކުރެއެވެ.

އަދި ޙަސަން ވަޙީދާއި ނާއިފު ޝައުކަތުގެ ޢަމަލުކޮށްފައިވާ ގޮތަށް ބަލާއިރު، އެ ދެ ފަރާތުން އެގޮތަށް ޢަމަލުކޮށްފައިވަނީ، ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ނިޔަތުގައިކަމާއި، އެ ޢަމަލުތަކުގެ ސަބަބުން ވަކިފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދާދީފައިވާކަން ތަޙުޤީޤަށް ލިބިފައިހުރި ހެކިތަކުން އެނގެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
38%
25%
0%
0%
38%
0%
ކޮމެންޓް