ކ. މާލެ
|
5 މެއި 2017 | ހުކުރު 07:26
ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަން އައްޑޫއަށް އެމްޑީޕީގެ ވަފުދު ދިއުމުން ހޫނު މަރުޙަބާއެއް ކިޔަނީ
ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭނަން އައްޑޫއަށް އެމްޑީޕީގެ ވަފުދު ދިއުމުން ހޫނު މަރުޙަބާއެއް ކިޔަނީ
ރާއްޖެ އެމްވީ
ކައުންސިލް އިންތިހާބް
އައްޑޫ އިންތިހާބް ގަދަ ހިފުމަކަށް، ކާމިޔާބްކެރާނެއި ކޮންބާކިން؟
ޖުމްލަ 19 ކެނޑިޑޭޓުން އައްޑޫ ސިޓީ ކައުންސިލަށް ވަނީ ކުރިމަތިލާފައި
ހިތަދޫގެ ގޮނޑިތަށް އެމްޑީޕީން ކާމިޔާބް ކުރާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން ވަނީ ދީފަ
އެންމެ ވާދަވެރި ގޮނޑި އަކީ ފޭދޫ އާއި ހުޅުދޫ ގޮނޑި

އަންނަ ހިނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބްގެ މެޖޯރިޓީ ނެގުމަށް ރާއްޖޭގެ އެންމެ ބޮޑު ދެ ޕާޓީން ދަނީ ކެމްޕޭން ކުރަމުނެވެ. ކެމްޕޭން ޖަލްސާތަކާއި ކުރިމަތިލާފައިވާ ކެނޑިޑޭޓުން ރައްޔިތުންގެ ތާއިދު ހޯދުމަށް ދޮރުން ދޮރަށް ދަނީ ހިނގަމުނެވެ. ރާއްޖޭގެ ދެވަނައަށް އެންމެ ބޮޑު އާބާދީއެއް ދިރިއުޅެމުން އަންނަ އައްޑޫ ސިޓީގެ ކައުންސިލްގެ ގޮނޑިތަކަށް ކާމިޔާބްކުރުމަށް އެމްޑީޕީ އަދި ޕީޕީއެމުން ވަނީ ގަދަ ހިފުމަކަށް ގޮސްފައެވެ. ޖުމްލަ 19 ކެނޑިޑޭޓުން ވާދާކުރާއިރު، އިންތިހާބް ވަނީ 7 ކެނޑިޑޭޓުނެވެ. އައްޑޫ ރައްޔިތުންގެ ހިތުގައި އުފެދޭ ސުވާލަކީ މި އިންތިހާބް ކާމިޔާބްކެރާނެއި ކޮންބާކިން؟

 

އައްޑޫ ސިޓީ ކައުންސިލް އިންތިހާބުގައި އެމްޑީޕީ 7 ކެނޑިޑޭޓުން ވާދަކުރާއިރު ޕީޕީއެމުންވެސް 7 ކެނޑިޑޭޓުން ވާދަކުރެއެވެ. އަމިއްލަ ގޮތުން ފަސް ކެނޑިޑޭޓުން ވާދަކުރާއިރު ކެމްޕޭން ހަރަކާތަށް ވަރުގަދަކޮށް ފެންނީ އެމްޑީޕީ އަދި ޕީޕީއެމްގެއެވެ. އަމިއްލަ ގޮތުން ވާދަކުރާ ކެނޑިޑޭޓުން އެހެން ކެނޑިޑޭޓުންނަން ރަސްމީކޮށް ވަނީ ތާއިދުކޮށްފައެވެ.

 

އިދިކޮޅު ފަރާތަކުން ކެމްޕޭންގައި އެންމެ ބޮޑަށް ދައްކާ އެއް ވާހަކަ އަކީ ރައީސް ޔާމީންގެ ސަރުކާރުން އައްޑޫ ސިޓީގެ ތަޜައްޤީއަށް އިހްމާލް ވެފައިވާ ވާހަކައެވެ. ހޮސްޕިޓަލެއް ގާއިމްކޮށްދޭން 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ވި ވައުދު ނުފައްދާތީ އެކަމުގެ އަސަރު އިންތިހާބަށް ކުރާނެ ކަމަށް އައްޑޫގެ ބައެއް ރައްޔިތުން ބުނެއެވެ. ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގާއިމްކުރި ކޮންވެންޝަން ޝެންޓަރު ހޮސްޕިޓަލަކަށް ބަދަލުކުރުމަކީ އައްޑޫގެ ބައެއް ރައްޔިތުންނަން ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ބުނެއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުން ބައްދަލުވުމެއްގައި

"ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫ ތަރައްޤީ ކުރީ، އޭރު ސިޓީ ކައުންސަލަށް ބާރުވެރިކަން ދީފަ އޮތް އިރު އައްޑޫގައި ވަނީ ޕާކްތަށް އަޅާފައި. ބަލާލި ކޮންމެ ދިމާލަކުން އެފެންނަނީ ސިޓީ ކައުންސިލްގެ މަސައްކަތް. މައްސަލައަކީ އެންމެ މައްސަލައެއް، ރައީސް ޔާމީން ލާމަރުކަޒީ ނިޒާމް ފުނޑާލުން، މާލޭގެ ކައުންސިލްގެ ގޮނޑިތަކުގައި ތިބެނީ އެމްޑީޕީގެ މެމްބަރުން. އެކަމު މާލެ އެ ތަރައްޤީ ކުރަނީ، ސަރުކާރުން ބޭނުން ނުވަނީ އައްޑު ތައްޤީ ކުރަން" އެމްޑީޕީއަށް ތާއިދު ކުރާ މެމްބަރަކު ބުންޏެއެވެ.

 

ސަރުކާރު ހިންގާ ޕާޓީއަށް ތާއިދު ކުރާ ރައްޔިތުން ބުނާގޮތުން އައްޑޫ ސިޓީގެ ތަރައްޤީއަށް ހުރަސް އަޅަނީ މިހާރު އެމްޑީޕީއަށް މެޖޯރިޓީ އޮންނަ ސިޓީ ކައުންސިލުން ކަމަށެވެ. ސިޓީ ކައުންސިލުން ރައީސް ޔާމީންގެ ސަރުކާރަށް އެއްބާރުލުން ނުދޭތީ އައްޑޫގެ ތަރައްޤީގެ ގިނަ މަސެއްކަތްތަކެއް ހުއްޓުފިވާ ކަމަށް އެމީހުން ބުނެއެވެ. އެހެންކަމުން ސަރުކާރު ހިންގާ ޕާޓީ ޕީޕީއެމަށް އައްޑޫސިޓީގެ މެޖޯރިޓީ ދޭން ޖެހޭ ކަމަށް އެޕާޓީއަށް ތާއިދު ކުރާ މެމްބަރުން ބުންޏެއެވެ.

 

"ނަރުދަމާގެ ހިދުމަތް ރައްޔިތުންނަން ނުލިބެނީ ވެސް ސިޓީ ކައުންސިލުން އެއްބާރުލުން ސަރުކަރަށް ނުދޭތީ. އަހަރުމެންގެ ޕާޓީ އަށް މެޖޯރިޓީ ލިބިއްޖެނަމަ އައްޑޫ ތަރައްޤީ ކުރަން ވަރަށް ފަސޭހަވާނެ، ސީޓި ކައުންސިލް އޭރުން ވެގެންދާނީ ސަރުކާރާއި ގުޅާލެވެނޭ ފާލަމަކަށް" ޕީޕީއެމަށް ތާއިދު ކުރާ މީހަކު ބުންޏެއެވެ.

 

އެންމެ ވާދަވެރި ގޮނޑި އަކީ ފޭދޫ އަދި މީދޫގެ ގޮނޑި

 

މި އިންތިހާބުގައި އެންމެ ވާދަވެރި ގޮޑިތަކަކީ އައްޑޫ ސިޓީ ކައުންސިލްގެ ހުޅުމީދޫ ދާއިރާގެ ގޮނޑިއާއި ފޭދޫ ދާއިރާގެ ގޮނޑިއެވެ. ހުޅުމީދޫއާއި ފޭދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގައި ތަމްސީލް ކުރާ މެމްބަރުންނަކީ ސަރުކާރު ހިންގާ ޕާޓީގެ މެމްބަރުންނެވެ. އެދާއިރާގެ ކައުންސިލްގެ ގޮނޑި ކާމިޔާބް ކުރުމަށް ސަރުކާރު ހިންގާ ޕާޓީން މަސައްކަތް ކުރާއިރު، އެދާރާއިގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަން ތާއިދު ނެތްކަން ސަރުކާރަށް އަންގާލުމުގެ ގޮތުން ކައުންސިލްގެ ގޮޑިތަކަށް ކާމިޔާބް ކުރަން އެމްޑީޕީން ދަނީ ގަދަ އަޅާ މަސައްކަތް ކުރަމުނެވެ.

 

 

އެހެން ދާއިރާ ތަކާއި ހިލާފަށް ފޭދޫ އާއި ހުޅުދޫގެ ކެމްޕޭން ހަރަކާތަކުގައި ޕާޓީތަކުގެ ފޯރި ގަދަކަން ފާހަގަކޮށްލެވެ. ކަންމަތީ ޖަލްސާތަކާއި، ރައްޔިތުންގެ ތާއީދު ހޯދުމަށް ދޮރޮން ދޮރަން ދެ ޕޮޓީން އަންނަނީ ހިނގަމުނެވެ. ފޭދޫ ދާއިރަށް ކުރިމަތިލާފައި ވަނީ ޖުމްލަ 3 ކެނޑިޑޭޓުންނެވެ. ޕީޕީއެމްގެ ކެނޑިޑޭޓަކާއި އެމްޑީޕީގެ ކެނޑިޑޭޓެއްގެ އިތުރުން އަމިއްލަ ގޮތުންވާދަ ކުރާ ކެނޑިޑޭޓަކެވެ. އެހެންނަމެވެސް އަމިއްލަ ގޮތުން ވާދަކުރާ އަބްދުﷲ ސައީދު ޕީޕީއެމްގެ ކެނޑިޑޭޓް އަލީ ހަނީޒުއަށް ތާއިދު ކުރަން ވަނީ ނިންމާފައެވެ. ހާނިޒްއާއި ވަރުގަދަ ކެމްޕޭންއެއްކޮށް އެމްޑީޕީން ވާދަ ކުރަނީ މިހާރު ވެސް ސިޓީ ކައުންސިލްގެ މެމްބަރެއް ކަމަށްވާ އަލީ ފަޙްމީ އަޙްމަދެއެވެ.

 

"މި އިންތިހާބަކީ މެމްބަރު އިބްރާހިމް ދީދީ (އަބީގެ) ސަޕޯޓް ފޭދޫގައި އޮތްވަރު ހާމަކޮށްދޭނެ އިންތިހާބަކަށް ވެގެންދާނެ، އައިބީގެ ސަޕޯޓް ވަރަށް ބޮޑުވާނެ ކަމަށް އަޅުގަނޑު ހީކުރީ. އެހެންން ނޫން ފެންނަނީ، ސަޕޯޓް ވަރަށް ކުޑަ، ތަފާތު ބޮޑު ނަތީޖާއަކުން އެމްޑިޕީ ކާމިޔާބް ކުރާނެ. ކެމްޕޭނަން މި ނުކުރީ ކާޑުގެ އަގު ބޮޑުވެގެން، ކަރަންޓްގެ އަގު ބޮޑު، ބާނާ މަސްކޮޅު ކިރޭނެ ގޮތެއް ނެތް، ކެމްޕޭނަން ނުކުތްއިރު އާއިލާގެ ކުއްޖެއް (ޔާމީން ރަޝީދު) އެ ވަނީ މަރާލާފައި، ޔާމީންގެ ބައްޕަ އަކީ ކެމްޕޭން ޓީމްގެ އިސް މީހެއް، މި ކަމުގެ އަސަރު ކެމްޕޭންނަން ކުރާނެ، އިދިކޮޅު ފަރާތަކުގެ ހަމްދަރުދީ ޔާމީންގެ އާއިލާއަކަށް ނުލިބޭ" ފޭދޫ ދާއިރާގެ އެމްޑީޕީގެ ކެނޑިޑޭޓް ފަހްމީ ވިދާޅުވިއެވެ.

 

ހުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) އިސްކޮށް ހުންނަވާ އެދާއިރާގައި ކެމްޕޭން ހަރަކާތަށް ކުރިއަށް ގެންދާއިރު އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް ޝުކުރީ ވިދާޅުވަނީ ވޯޓުން ތަފާތު ދައްކާ ގޮނޑި ކަމިޔާބް ކުރާނެ ކަމަށެވެ. ޝުކުރީގެ ކެމްޕޭން ޓީމްގައި އިސްކޮށް ހަރަކާތެރި ވަނީ އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް ދީދީއެވެ.

 

ހުޅުމީދޫގައި ޝުކުރީގެ ކެމްޕޭން ހަރަކާތަކުގެ ތެރެއިން 

 

 

"ސަރުކާރުން ބިރުދައްކާތީ ހުޅުދޫ ދާއިރާގެ ރައްޔިތުންނަން ފާޅުގައި އެމްޑީޕީގެ ކެމްޕޭން ހަރަކާތަކުގައި އެޅެން ޖެހިލުން ވަނީ، އެހެންނަމަވެސް ހުޅުމީދޫ ރައްޔިތުންގެ ވޯޓް މިފަހަރު އަޅާނީ ތިލަފަތަށް" ޝުކުރީ ވިދާޅުވިއެވެ.

 

އައްޑޫގެ ގިނަ ރައްޔިތުން ބުނާ ގޮތުގައި މި ދެ ދާއިރާގެ ގޮނޑި ވަރަށް ވާދަވެރިކަމަށެވެ. ކެމްޕޭން ހަރަކާތަކުން އެކަން ހަމަކޮށްދެއެވެ.

 

ހިތަދޫގެ ގޮނޑިތަށް އެމްޑީޕީން ވަނީ ޔާގީންކޮށްފައި

 

އައްޑޫ ސިޓީ ކައުންސިލްގެ ހިތަދޫގެ ކައުންސިލްގެ ގޮނޑިތަށް އެމްޑީޕީން ކާމިޔާބް ކުރާނެ ކަމަށް އެ ސިޓީގެ ގިނަ ރައްޔިތުން ބުނެއެވެ. ހިތަދޫ އަކީ އެމްޑީޕީގެ ރޫހް އެންމެ ރަނގަޅު އަވަށް ކަމަށް އެޕާޓީގެ މެމްބަރުން ސިފަ ކުރެއެވެ. އެއީ ހިތަދޫގެ މެދު ދާއިރާއި، ހިތަދޫ އުތުރު ދާއިރާއި، އަދި ހިދަތޫ ދެކުނު ދާއިރާ ރައްޔިތުންގެ މަޖިލީހުގައި ތަމްޝިލް ކުރާނީ އެމްޑީޕީގެ މެމްބަރުން ކަމަށް ވާތީއެވެ.

 

އައްޑޫ ސިޓީގެ ކައުންސިލްގެ މިހާރުގެ މޭޔަރު އަބްދުﷲ ސޯދިގް ސޯބެ މިފަހަރު ވެސް ކުރިމަތިލާފައި ވަނީ ހިތަދޫ އުތުރު ދާއިރާއަށެވެ. ސޯބެ އާއި ވާދަކުރާ ހަމަ އެކަނި ކެނޑިޑޭޓަކީ ޝަފާއަތު މުހައްމަދުއެވެ. އެހެންކަމުން ސޯބެ ހޮވުމުގެ ޔާގީންކަން ބޮޑުކަމަށް އައްޑޫގެ ރައްޔިތުން ގިނަ ރައްޔިތުން ބުނެވެ. އަދި މިހާރު ސިޓީ ކައުންސިލްގެ އެމްޑީޕީ މެމްބަރު މުހައްމަދު ޔަސްރިފް ވެސް ޕީޕީއެމްގެ ކެނޑިޑޭޓް ހަސަން ނައީމާއި ވާދަކޮށް އައްޑޫ މީދޫ ދާއިރާގެ ގޮނޑި ކާމިޔާބް ކުރާނެ ކަމަށް ޔަސްރިފްގެ ކެމްޕޭން ޓީމުން ބުންޏެއެވެ.

 

ރައްޔިތުންގެ ތާއިދު ހޯދުމަށް ރަސްރިފް ދޮރުން ދޮރަން ހިނގަނީ

 

"ވަރަށް ބޮޑު ޔަގީންކަން އެބަ އޮޔް ސޯބެ ހޮވޭނެ ކަން، ދާއިރާގެ ހުރިހާ ރައްޔިތުން ބުނަނީ ސޯބެއަށް ވޯޓްދޭނެކަމަށް، ސޯބެ އަކީ ސިޓީ ކައުންސިލަށް ވަރަށް މުހިންމު މީހެއް" ހިތަދޫ އުތުރު ދާއިރާއަށް ނިސްބަތްވަ ރައްޔިތަކު ބުންޏެއެވެ.

 

ހިތަދޫ މެދު ދާއިރާއަށް ކުރިމަތިލާފައި ވަނީ އެންމެ ދެ ކެނޑިޑޭޓުންނެވެ. އެއީ އެމްޑީޕީގެ އަންހެނުންގެ ހޫރުގައި އިސްކޮށް ހަރަކާތްތެރިވާ ޖަމްޝީދާ މުހައްމަދާއި ޕީޕީއެމްގެ ކެނޑިޑޭޓް ހުސެއިން ރަޝީދެއެވެ. ޖަލްޝިދާ ހޮވުމަކީ އަންހެނުން ބާރުވެރިކުރުމަށް ދެވޭ ވޯޓެއް ކަމަށް ހިތަދޫގެ އަންހެންވެރިން ސިފަކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
5 މެއި 2017 | ހުކުރު 09:43
ނަސީމް
ވަރަށް ބައިކޮޅަށް! ޝަފާ ހޮވުމަކީ އަންހެނުން ބާރު ކެޑުވުންތޯ؟