ކ. މާލެ
|
1 އޭޕްރިލް 2021 | ބުރާސްފަތި 11:14
ް ނޭޝަނަލް ޕްލޭނިން, ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު މުޙައްމަދު އަސްލަމް
ް ނޭޝަނަލް ޕްލޭނިން, ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު މުޙައްމަދު އަސްލަމް
މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލަ
މާލޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް އޮތް ހައްލަކީ ރާއްޖޭގެ އެކި ހިސާބުތަކުން ގޯތި ދޫކުރުން: އަސްލަމް
 
ގުޅީ ފަޅުގައި މާލޭގެ އެންމެންނަށް ބޭނުންވާ މިންވަރަށް ބިމެއް ނެތް
 
ރަށްރަށުން ގޯތި ދިނުމަށް އޮތް ހުރަހަކީ ކައުންސިލްތަކުން އެކަމަށް އެއްބާރުލުން ދޭން ބޭނުން ނުވުން ކަމަށް އަސްލަމް ވިދާޅުވި
 
ރަށްރަށަށް ބަދަލުވާން އެދޭ މީހުންނަށް މަރުހަބާ ކިޔުމުގެ ވިސްނުން ގެންގުޅެން އެބަޖެހޭ

މާލޭ ރައްޔިތުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް އޮތް ހައްލަކީ، ރާއްޖޭގެ ހުރިހާ ހިސާބަކުން ހުޅުވާލެވިގެން ގޯތި ދޫކުރެވޭނެ އިންތިޒާމެއް ހަމަޖެއްސުންކަމަށް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

މަލޭ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނެސް ދިނުމަށް، ސަރުކާރުން ވިސްނާފައިވަނީ، ގުޅީ ފަޅުން ގޯތި ދޫކުރުމަށެވެ. އެހެންނަމަވެސް، ހައުސިން މިނިސްޓަރު ވިދާޅުވީ، މިއީ ދާއިމީ ހައްލެއް ނޫން ކަމަށާއި، ގުޅީ ފަޅުގައި މާލޭގެ އެންމެންނަށް ބޭނުންވާ މިންވަރަށް ބިން ނެތް ކަމަށެވެ.

އަޅުގަނޑު ނެތިން އެއްވެސް ގޮތަކަށް ރައްޔިތުންނަށް އޮޅުވާލާކަށެއް، ނެތް ބިންތަކެއްގެ ވާހަކަ ދައްކާކަށެއް. ދެން ހަމަ ގައިމުވެސް އަޅުގަނޑު ނެތިން އެކަން ކުރާކަށް. ކޮންމެވެސް ވަރަކަށް އެކަން ކުރެވޭނެ. އެކަމަކު، އެންމެން ބޭނުންވާ މިންވަރަކަށް ބިމެއް ނެތް ހަމަ ޔަގީނުންވެސް. ދެން އެޑިމާންޑު އެވަރަށް އޮތީ މާލޭގަ. ބިމުގެ ޑިމާންޑު
ް ނޭޝަނަލް ޕްލޭނިން, ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު މުޙައްމަދު އަސްލަމް

ރާއްޖެޓީވީގެ 'ފަށާއިރު' ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އަސްލަމް ވިދާޅުވީ، މާލޭ ރައްޔިތުންނަށް ގޯތި ދޫކުރުމުގެ މައްސަލަ ދިމާވެފައިވަނީ، ގިނަ ބަޔަކު އެއްތަނަކަށް ފުނިޖެހުމުން ކަމަށެވެ. އެމީހަކު ބޭނުން ހިސާބަކުން ގޯތިދެވޭނެ އުސޫލެއް ހަމަޖެހިއްޖެނަމަ އެ މައްސަލައަށް ހައްލެއް ލިބިގެންދާނެކަމަށެވެ.

އަޅުގަނޑު ގަބޫލު ކުރަނީ މުޅި ރާއްޖޭން، އޭގަ އެމީހަކަށް، އެމީހަކު ބޭނުންވާ ތާކުން، ދިރިއުޅުމަށް ގޯއްޗެއް ލިބެން އޮތް ތާކުން، ކޮންމެ ތަނަކުން، ދިނުމުގެ ފުރުސަތު މިހާރު އޮންނަ ވަރަށް ވުރެ ބޮޑަށް ހުޅުވާލައިގެން އެކަން ކުރީމަ ބައެއް މީހުން އިޚްތިޔާރު ކޮށްފާނޭ މާލެނޫން ތަނެއްގަ ދިރިއުޅެން ވެސް
ް ނޭޝަނަލް ޕްލޭނިން, ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު މުޙައްމަދު އަސްލަމް

އެކަމަކު މިގޮތަށް މިކަން ކުރިއަށްގެން ދިއުމަށް ދިމާވެފައިވާ، ދަތިކަމަކީ، ރަށްރަށުގެ ކައުންސިލްތަކުން އެކަމަށް އެއްބާރުލުން ދޭން ބޭނުން ނުވުން ކަމަށް އަސްލަމް ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ، ރަށު މީހަކަށް ނޫނީ، ރަށުން ގޯތި ދޭން އެއްވެސް ރަށެއްގެ ކައުންސިލުން ބޭނުން ނުވާކަމަށެވެ. އެހެންނަމަވެސް މިއަށްވުރެ ހުޅުވާލައިގެން، ގޯތި ދޫކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިއްޖެނަމަ، ގޯތި ގެދޮރުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެން ދާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

މިހާރު އެއްވެސް ރަށަކުން ބޭނުމެއް ނުވޭ ސީދާ އެރަށު މީހާއަށް ނޫނިއްޔާ އެރަށުން ބިންކޮޅެއް ދޭކަށެއް. ދެން ނޭނގެ އަޅުގަނޑަށް ކީއްވެގެން ކަމެއް، ބައެއް ރަށްރަށުގަ ޖާގަ ހުންނަ އިރުވެސް ނުދެނީ. ބައެއް ރަށްރަށުގަ ބިންފުރިގެން ގޮސް ނުދެނީ، ދެން އެރަށުގެ މީހުންނަށް އިސްކަން ދެނީ. އަނެއްބައި ރަށްރަށުގަ ޖާގަ ހުރޭ
ް ނޭޝަނަލް ޕްލޭނިން, ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓަރު މުޙައްމަދު އަސްލަމް

އަސްލަމް ވިދާޅުވީ، އެހެން ރަށްރަށުން ބަދަލުވާން އެދޭ މީހުންނަށް މަރުހަބާ ކިޔުމުގެ ވިސްނުމެއް ރަށްރަށުގެ މީހުންވެސް ގެންގުޅެން ޖެހިފައިވާކަމަށެވެ. އެކަން އެހެން ކުރުމުން ރަށުގެ ތަރައްގީއަށް ވެސް ބޮޑެތި ފައިދާތަކެއް ލިބިގެން ދާނެކަމަށެވެ. މާފުށީގެ ތަރައްގީއަށް މިސާލު ޖައްސަވަމުން، އަސްލަމް ވިދާޅުވީ، އެރަށަށް މިހާރު ލިބިފައިވާ ކުރިއެރުމުގައި ރަށުން ބޭރު މީހުންގެ ހިއްސާ ބޮޑުކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
13%
13%
0%
50%
0%
25%
ކޮމެންޓް
1 އޭޕްރިލް 2021 | ބުރާސްފަތި 17:03
ޙީލަތްތެރި ރޭވުން
ޒަމާނުއްސުރެ މާލެއަށް އެއްކޮށްފައި އޮތް ބާރުތައް (މިސާލު: ފެންވަރު ރަނގަޅު ސިއްޙީ ނިޒާމް، ތަޢުލީމީ ނިޒާމް، އެހެނިހެން ޚިދުމަތްތައް ކަމުގައިވާ އައި.ޑީ ކާޑު އަދި ޕާސްޕޯރޓް ހެއްދުން، އެއްގަމު އަދި ކަނޑުގެ ލައިސަންސް ނެގުން، ވަޒީފާގެ ފުރުޞަތުތައް) ރާއްޖޭގެ އެހެން ރަށްތަކުގައި ޤާޢިމްކޮށްދެނިކޮށް މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމަށް ހައްލު ލިބޭނެކަން ކަށަވަރެވެ. އޭރުން އަތޮޅު ތެރެއަށް ނިޞްބަތްވާ އެއްވެސް މީހަކު ލިބޭހާ ލާރި މާލޭ މީހުންގެ ޖީބަށް ލައިގެން ނުތިބޭނެކަން ޔަޤީނެވެ. ޢެކަމަކު އަދިވެސް އެކަންކަން ބަދަލުކުރުމަށް އެކަށީގެންވާ މަސައްކަތެއް ކުރައްވާތަނެއް ނުފެނޭ. މިހާރު ރައްޔިތު މީހާ އަށް ތިޔަ ވިދާޅުވާ އެއްޗެއްގެ ފޮރުވިފައިވާ ސިއްރު އެނގޭ.
1 އޭޕްރިލް 2021 | ބުރާސްފަތި 12:55
މާލެ ރައްވެހި ރެފިއުޖީ
އަތޮޅުތަކުން ގޯތި ނުލިބިގެންތަ އަތޮޅުތަކުގެ ވެރިން މާލެ ތޮތް ޖެހެނީ؟ މާލެ ރައްޔިތުންނަށް އަތޮޅުތެރެއިން ގޯތި ދޫކުރަން ގޮވާލަން
1 އޭޕްރިލް 2021 | ބުރާސްފަތި 11:20
ހުސައިން އިބްރާހީމް
ޚޮށްމެގޮތަކުންވެސް ހައްލިކުރަންވެއްޖެއްނު