ކ. މާލެ
|
1 އޭޕްރިލް 2021 | ބުރާސްފަތި 07:38
ޕިކްޕޯސްޓްގެ ދިއްދޫ ބްރާންޗް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޕިކްޕޯސްޓްގެ ދިއްދޫ ބްރާންޗް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ސޯޝަލް މީޑިއާ
ދިއްދޫގައި ޕޯސްޓް އޮފީހެއް ހުޅުވުން
މޯލްޑިވްސް ޕޯސްޓްގެ ގޮތްޕެއް ދިއްދޫގައި ހުޅުވައިފި
 
24 ގަޑިއިރު ޚިދުމަތް ދިނުމަށް ގްރޭޓަރ މާލެ ސަރަޙައްދުގައި 4 ޕިކް ޕޯސްޓް ސްޓޭޝަނެއް ވަނީ ގާއިމުކޮށްފައި
 
މޯލްޑިވްސް ޕޯސްޓުގެ ޚިދުމަށް ދިނުމަށް ރާއްޖޭގެ 14 އަތޮޅެއްގައި ވަނީ ޕޯސްޓު އޮފީސް ޤާއިމުކޮށްފައި
 
ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ޕޯސްޓް އޮފީހެއް ހުޅުވުނީ 9 ސެޕްޓެމްބަރު 1906ގައި

މޯލްޑިވްސް ޕޯސްޓްގެ ގޮތްޕެއް ދިއްދޫގައި ހުޅުވައިފިއެވެ.

މިޕޯސްޓް އޮފީސް ރަސްމީކޮށް ހުޅުވައި ދެއްވާފައިވަނީ، ދިއްދޫގައި ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު ޢަބުދުﷲ ވަޙީދެވެ. މި ރަސްމިއްޔާތުގައި މޯލްޑިވްސް ޕޯސްޓްގެ މެނޭޖިން ޑިރެކްޓަރ އަޙްމަދު ޝަފީޤް މުޙައްމަދާއި އެކުންފުނީގެ ޗެއާމަން މުޙައްމަދު ޢަބްދުﷲ ވެސް ބައިވެރިވެ ވަޑައިގަތެވެ. އައު ޕޯސްޓް އޮފީސް ހުޅުވުމަށްފަހު މޯލްޑިވްސް ޕޯސްޓުންވަނީ މިކަން ހާމަކޮށް ޓުވީޓްކޮށްފައެވެ. މި ޓުވީޓްގައި މޯލްޑިވްސް ޕޯސްޓުންވަނީ ޕޯސްޓްގެ އައު އޮފީހެއް ދިއްދޫގައި ހުޅުވީ، މޯލްޑިވްސް ޕޯސްޓުގެ ވިއުގަ ފުޅާކޮށް ޚިދުމަތްތައް ތަރައްޤީ ކުރުމަށް ކުރެވޭ މަސައްކަތުގެ ދަށުންކަމަށެވެ.

މޯލްޑިވްސް ޕޯސްޓުގެ ޚިދުމަށް ދިނުމަށް ރާއްޖޭގެ 14 އަތޮޅެއްގައި ވަނީ ޕޯސްޓު އޮފީސް ޤާއިމުކޮށްފައެވެ. މީގެ އިތުރުން މޯލްޑިވްސް ޕޯސްޓްގެ 172 އޭޖެންސީ އޮފީސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ޤާއިމުކޮށްފައެވެ. ދި ޑެލިވަރީ ނިޒާމް ޒަމާނީކޮށް 24 ގަޑިއިރު ޚިދުމަތް ދެވޭފަދަ ނިޒާމެއް ޤާއިމްކުރުމުގެ ގޮތުން ޕިކްޕޯސްޓްގެ ނަމުގައި ޑެލިވަރީ ސްޓޭޝަންތަކެއް މާލެއާ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައިވެސް ވަނީ ޤާއިމްކޮށް ޚިދުމަތްދޭން ފަށާފައެވެ. ޕިކް ޕޯސްޓް ނިޒާމަކީ ސެލްފް ސަރވިސް ޑެލިވަރީ ސްޓޭޝަންތަކެއްގެ ގޮތުގައި ގާއިމުކޮށްފައިވާ ޑެލިވަރީ ނިޒާމެކެވެ. މިހާރު ގްރޭޓަރ މާލެ ސަރަޙައްދުގައި 4 ޕިކް ޕޯސްޓް ސްޓޭޝަނެއް ވަނީ ގާއިމުކުރެވިފައެވެ.

ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ޕޯސްޓް އޮފީހެއް ހުޅުވުނީ 9 ސެޕްޓެމްބަރު 1906 ވަނަ އަހަރުގައެވެ. މި ޚިދުމަތް ފެށުނީ، ރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޓީބިޓީ ބަދަލުކުރެވޭނެ ނިޒާމެއް ޤާއިމްކުރުމަކީ މުހިންމު ކަމެއްކަމަށް ދިވެހި ސަރުކާރަށް ފެނިގެންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް