ކ. މާލެ
|
1 އޭޕްރިލް 2021 | ބުރާސްފަތި 01:05
މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓު އަނަސް އަބްދުއްސައްތާރު
މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓު އަނަސް އަބްދުއްސައްތާރު
ޓްވިޓަރ
މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ މައްސަލަތައް
އެމްޑީޕީން ކައުންސިލް އިންތިހާބަށްވާ އެންމެ ބޮޑު ވައުދަކީ ކައުންސިލް ހައުސިންގ ޔުނިޓް – އަނަސް
 
ވަޒީފާގެ ފުރުސަތު ނެތް މާލޭ ރައްޔިތުންގެ ދަފްތަރެއް އެކުލަވާލާނެ ކަމަށް އަނަސް ވިދާޅުވި
 
އެމްޑީޕީން މި ކައުންސިލް އިންތިހާބަށްވާ އެންމެ ބޮޑު ވައުދަކީ ކައުންސިލް ހައުސިންގ ފްލެޓް

މާލޭ ސިޓީއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރެވޭނީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ކަމަށާއި، އެމްޑީޕީން ކައުންސިލް އިންތިހާބަށްވާ އެންމެ ބޮޑު ވައުދަކީ ކައުންސިލް ހައުސިންގ ޔުނިޓްތަކެއް ކަމަށް މާލޭ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އެމްޑީޕީގެ ކެނޑިޑޭޓު އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެއެވެ.

ރާއްޖޭޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަނަސް ވިދާޅުވީ އެމްޑީޕީއިން ގުޅިފަޅު ތަރައްގީ ކުރުމަށް އެތަނުން ބިން ހިއްކާ ހައުސިންގ ޔުނިޓް އެޅުމަށް ނިންމާފައިވީ ނަމަވެސް އެމްޑީޕީގެ ސަރުކާރުގެ ފަހުން އައި ސަރުކާރުން އެކަމާއި ހަވާލުވެ ހުންނެވި ވަޒީރު ވިދާޅުވީ އެއީ މީހުން ދިރިއުޅެން ކަމުނުދާ ތަނެއް ކަމަށެވެ.

އެހެންނަމަވެސް މިހާރު މި ފެންނަނީ ރައީސް ޔާމީން ސަރުކާރާއި ރައީސް ވަހީދު ސަރުކާރުގެ ހައުސިންގ މިނިސްޓަރ ކަމުގައި ހުންނަވާ ގުޅީ ފަޅު ގޯސް ކުރި މިނިސްޓަރަށް އެ ފަޅު ރަނގަޅުވެގެން އުޅޭތަން ކަމަށް އަނަސް ވިދާޅުވިއެވެ.

އަނަސް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި، އެހެންނަމަވެސް އެމްޑީޕީގެ ކައުންސިލެއް ލިބިއްޖެ ނަމަ އެކަން ހައްލު ކޮށްދެއްވާނެ ކަމަށެވެ. އެގޮތުން އެމްޑީޕީން މި ކައުންސިލް އިންތިހާބަށްވާ އެންމެ ބޮޑު ވައުދަކީ ކައުންސިލް ހައުސިންގ ޔުނިޓް ކަމަށް އަނަސް ވިދާޅުވިއެވެ.

އެމްޑީޕީއަކީ ރައްޔިތުންގެ ބޭނުންތައް ފުއްދައިދޭނެ ޕާޓީ. މި އިންތިހާބަށް އެމްޑީޕީން މި ނުކުންނަނީ މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަ ކަމަށްވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދޭން. އެގޮތުން މި އިންތިހާބަށް އެމްޑީޕީންވާ އެންމެ ބޮޑު ވައުދަކީ ކައުންސިލް ހައުސިންގ ފްލެޓް އެޅުން.
އަނަސް އަބްދުއް ސައްތާރު، މާލޭ ސިޓީ ކައުންސިލުގެ މޭޔަރު ކަމަށް ވާދަކުރައްވާ ކެނޑިޑޭޓު

މީގެ އިތުރުން އަނަސް ވިދާޅުވީ ވަޒީފާގެ ފުރުސަތު ނެތް މާލޭ ރައްޔިތުންގެ ދަފްތަރެއް އެކުލަވާލާނެ ކަމަށާއި، އޭރުން ވަޒީފާގެ ވިއުގައި ގާއިމްކުރުމަށް ފަސޭހަވާނެ ކަމަށެވެ. އަދި މާލޭގައި ދިރިއުޅޭ ބިދޭސީންގެ ދަފްތަރެއްވެސް އެކުލަވާލާނެ ކަމަށާއި، އެއަށްފަހު ދިވެހީންނަށް ވަޒީފާއަށް އިސްކަން ދޭންވީ ގޮތްތަކެއް އެކުލަވާލާނެ ކަމަށް އަނަސް ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަނަސް ވަނީ އޭނާއާ ވާދަކުރައްވާ ޕީޕީއެމްގެ ކެނޑިޑޭޓު ޑރ. މުހައްމަދު މުއިޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އަނަސް ފާހަގަކުރެއްވީ ޕީޕީއެމްގެ ކެނޑިޑޭޓުންނަކީ ލާމަރުކަޒީ ނިޒާމަށް ފާޑުކިޔާފައިވާ ކެނޑިޑޭޓުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
100%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތް ނަމަ ފުދޭވަރެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެވުނީސް: މެންބަރު އާޒިމް
މަޖިލިސް ތެރެއިންނާއި ބޭރުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެމްޑީޕީ ދެމިއޮންނާނެ: ޑީޑީ
ސާފު އަޣްލަބިއްޔަތު އެމްޑީޕީއަށް ލިބޭތަން ފެނޭ: ރައީސް ޞާލިހު
އަޑުއިވެމުންދަނީ އެންޓި ޑިފެކްޝަން ބިލު ތަސްދީގު ނުކުރަނީ އިންތިހާބަށްފަހު ސަރުކާރުން މެންބަރުން ގަންނަން ބޭނުންވާތީ ކަމަށް - ޞާލިހު