ކ. މާލެ
|
31 މާރޗް 2021 | ބުދަ 22:57
ކ ހުރާގެ ކޮވިޑް ކޭސްތައް ގިނަވެ ޚާއްސަ ފިޔަވަޅުތަކެއް އަޅައިފި
ކ ހުރާގެ ކޮވިޑް ކޭސްތައް ގިނަވެ ޚާއްސަ ފިޔަވަޅުތަކެއް އަޅައިފި
އެމްޓީސީސީ
ކ.ހުރާގައި ޚާއްސަ ފިޔަވަޅުތަކެއް
ކޮވިޑް ކޭސްތައް ގިނަވެ ހުރާގައި ޚާއްސަ ފިޔަވަޅުތަކެއް އަޅައިފި
 
ކުރިއަށް އޮތް 7 ދުވަހަށް ޚާއްޞަ ފިޔަވަޅުތަކެއް އެޗްޕީއޭއިން މިވަނީ އަޅާފައި
 
ކެފޭތަކުން ޚިދުމަތްދިނުން ހުއްޓާލި ނަމަވެސް ޑެލިވަރީގެ ޚިދުމަތް ދެވޭނެ
 
ހުރާގައި މިހާތަނަށް 90 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވޭ

ކޮވިޑް ކޭސްތައް ގިނަވެ ކ. ހުރާގައި ޚާއްސަ ފިޔަވަޅުތަކެއް އަޅައިފިއެވެ.

ކ.ހުރާގައި ކޯވިޑުގެ ކޭސްތައް ގިނަވަމުން އަންނާތީވެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރިއަށް އޮތް 7 ދުވަހަށް ޚާއްޞަ ފިޔަވަޅުތަކެއް އެޗްޕީއޭއިން މިވަނީ އަޅާފައެވެ.

އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:

1. ޒަރޫރީ ބޭނުންތަކާއި ޞިއްޙީ ފަރުވާ ހޯދުމަށްދާ ދިޔުން ފިޔަވައި އެހެނިހެން ބޭނުންތަކަށް މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުން ހުއްޓައިލުން

2 .އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތާނގައި އެއްވެ އުޅުން ހުއްޓައިލުން

3 .އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުން

4 .ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން

5 .ހޮޓާތަކާއި، ކެފޭތަކާއި، ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ޚިދުމަތްތައް ހުއްޓައިލުން. މީގެ ތެރޭގައި ޑެލިވަރީގެ ޚިދުމަތް ދިނުމެއް ނުހިމެނެއެވެ.

6 .ސެލޫންތަކާއި، ޖިމްތާކާއި، ބޯކޮށާ ތަންތަން ބަންދުކުރުން.

7 .ކުޅިވަރު ގެ ހުރިހާ ހަރަކާތްތަކާއި، ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން.

8 .ފިރާތަކާއި ބޭންކުތައްފަދަ، އާންމު ޚިދުމަތްދޭ ތަންތަނުގައި ޚިދުމަތްދޭއިރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ގައިދުރުމިން ބެހެއްޓުމާއި، ތަނަށް ވަދެވޭ އަދަދު ކަނޑައެޅުމާއި، ރައްކާތެރިކަމުގެ އެހެނިހެން ފިޔަވަޅުތައް އަޅައިގެން ޚިދުމަތް ދިނުން.

9 .ސްކޫލަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުން ހިމެނެއެވެ.

އެޗްޕީއޭއިން ބުނީ މިފިޔަވަޅުތައް ތަންފީޒު ކުރުމުގައި، ވަގުތާއި ހާލަތަށް ރިއާޔަތްކޮށް، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާނީ، މޯލްޑިވްސް ޕޮލިސް ސަރވިސްއާއި ކަމާބެހޭ އެހެނިހެން މުއައްސަސާތަކުން ކަމަށެވެ.

ހުރާގައި މިހާތަނަށް 90 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
100%
ކޮމެންޓް