އީކޯ އޯގަނައިޒޭޝަން އާއި އުރީދޫ މޯލްޑިވްސް ގުޅިގެން މިއުނިކްގެ ޓެކްނިކަލް ޔުނިވަރސިޓީ އިން އުފަންވެފައިވާ ސްޓާޓަޕެއް ކަމުގައިވާ ރޮބޯއީ އާއެކު ޕާރޓްނަރޝިޕެއް ގާއިމްކޮށް، ރޮބޯޓިކް ޓެލެޕްރެސެންސް އިވެންޓެއް ބާއްވައިފިއެވެ.
މި އިވެންޓް ގައި އުރީދޫ 5ޖީ އެއަރފައިބަރ މެދުވެރިކޮށް ދަރިވަރުންތަކަކަށް ޖަރުމަަނުގައިވާ ރޮބޮޓެއް ކޮންޓްރޯލް ކުރުމުގެ ތަޖުރިބާ ކުރެވޭ ފުރުސަތު ވަނީ ފަހިކޮށްދީފައެވެ. އުރީދޫ އިން ބުނީ ވީއާރް ކެފޭގައި ބޭއްވި މި އިވެންޓްގައި ގިޔާސުއްދީން އިންޓަނޭޝަނަލް އަދި ބިލަބޮންގް ހައިސްކޫލްގެ ރޮބޯޓިކްސް ދަރިވަރުންތަކެއްވަނީ އުރީދޫ 5ޖީ އެއަރފައިބަރ ގެ އެހީގައި ރޮބޯއީ މެދުވެރިކޮށް ޓެލެޕޯރޓް ވުމުގެ ތަޖުރިބާކޮށްފައެވެ. ރޮބޯއީއަކީ އިންސާނީ ސިފަތަކަށް ބިނާކޮށް ތައްޔާރުކުރެވިފައިވާ ރޮބޮޓެކެވެ. ކުރިއަރާފައިވާ އާޓިފިޝަލް އިންޓެލިޖެންސްގެ އެހީގައި ރޮބޯއީ ވަނީ އިންސާނެއްގެ ގުނަވަންތައް ހަރަކާތްކުރާގޮތްވެސް ދަސްކޮށްފައެވެ.
ރޮބޯއީ 3.0 ގެ ޓެލެޕޯރޓްވުމުގެ ޚިދުމަތް މެދުވެރިކޮށް، ވަގުތުން އެހެން ތަނަކު ހުރުމުގެ ތަޖުރިބާ އާއި ފައިދާތަކުގެ އިތުރުން އެއް މުޖުތަމައާއި އަނެއްބމުޖުތަމައުގެ ގުޅުން ވަރުގަދަކޮށްދެއެވެ. އަދި ކުރިއަށް އޮތްތަނުގައި މި ޚިދުމަތަށް އަންނަ ކުރިއެރުމާއެކު ދެމެހެއްޓެނިވި ގުޅިފައިވާ މުޖުތަމައުތަކެއް ބިނާކުރުމުގެ އުންމީދުވެސް އާލާވެގެންދެއެވެ. މި އިވެންޓްގައި ބައިވެރިވުމުގެ ފުރުސަތު ލިބުނު ދަރިވަރުންނަށް ވަރުގަދަ ނެޓްވަރކާއެކު ރޮބޯޓިކްސް، އާރޓިފިޝަލް އިންޓެލިޖެންސް އަދި އިންޓަނެޓް އޮފް ތިންގްސް ގެ ހައިބަތާއި މި ޚިދުމަތްތަކުގެ ސަބަބުން ހުޅުވިގެންދާނެ ފުރުސަތުތަކަށްވެސް ވަނީ ލޯ ހުޅުވާލަދީފައެވެ.
ރޮބޯޓިކްސް އިންޑަސްޓްރީގެ ސަބަބުން ސިއްހީ އިދާރާ، ލޮޖިސްޓިކްސް، އެޑިއުކޭޝަން، އެގްރިކަލްޗަރ އަދި މިނޫންވެސް އެތަކެއް ދާއިރާތަކުން އިންގިލާބީ ބަދަލުތަކެއް ކުރިއަށް އޮތްތަނުގައި ފެނިގެންދާނެއެވެ. ފުރިހަމަ ޑިޖިޓަލް ދިވެހިރާއްޖެއެއް ގާއިމް ކުރުމަށް އުރީދޫއިން ހުއްޓުމެއްނެތި މި މަސައްކަތް ކުރަނީ ކުރިއަރަމުން އަންނަ މިފަދަ އީޖާދީ ޚިދުމަތްތައް ރާއްޖޭގެ މުޖުތަމައުތަކައް ފޯރުކޮށްދީ އައު ފުރުސަތުތަކާއި މި ޚިދުމަތްތަކުގެ ފުރިހަމަ ފައިދާއާއި ގުޅުވާލަދިނުމަށެވެ. އެހެންކަމުން ރޮބޯއީ، އީކޯ އޯގަނައިޒޭޝަން އަދި ވީއާރް ކެފޭއާއެކު މިއަދު ރާއްޖޭގައި މި ބޭއްވުނު ތާރީޚީ ހަފްލާގައި އުރީދޫ މޯލްޑިވްސްގެ 5ޖީ ގެ ވަރުގަދަ ނެޓްވޯރކްގެ ބާރު ސްޕީޑްތަކާއި އެކު ފަހިވެގެންދާނެ ފުރުސަތުތައް ދައްކާލުމުގެ ފުރުސަތު ލިބުމަކީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް. ކުރިއަށް އޮތްތަނުގައިވެސް ޑިޖިޓަލް ޚިދުމަތްތައް ކުރިއަރުވައި އީޖާދީ ޚިދުމަތްތަކެއް ފޯރުކޮށްދޭނެ ޖީލެއް ބިނާކުރުމުގެ އުއްމީދުގައި އަޅުގަނޑުމެންގެ ޕާރޓްނަރުންނާއެކު މިފަދަ ހަފްލާތައް ބޭއްވުމުގެ މަސައްކަތްކުރިއަށްދާނެއުރީދޫގެ މެނޭޖިންގް ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ ނަޖީބް ޚާން
ޓެލެޕްރެސެންސް ރޮބޯޓިކްސް ޚިދުމަތް މެދުވެރިކޮށް މިހާރުވެސް އިޖާދީ އުފެއްދުންތަކާއެކު އިންގިލާބީ ބަދަލުތަކެއް ގެނައުމުގެ ދަތުރު ވަނީ ފަށާފައެވެ. އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ކަސްޓަމަރުންނަށް މިފަދަ ކުރިއަރަމުން އަންނަ އިޖާދީ ޚިދުމަތްތަކާއި ޑިޖިޓަލް ދުނިޔެއާއި ގުޅުވާލަދީ އަދި މިޚިދުމަތްތަކުގެ ސަބަބުން އިތުރު ފުރުސަތުތައް ފަހި ކޮށްދިނުމުގައި ދެމިތިބޭނެ ކަމަށް އުރީދޫ އިން ބުނެއެވެ.