ކ. މާލެ
|
31 މާރޗް 2021 | ބުދަ 10:03
އަފްގާނިސްތާނުގައި ތިން އަންހެން ސިއްހީ ހިދުމަތްތެރިން ބަޑި ޖަހައި މަރާލުން
އަފްގާނިސްތާނުގައި ތިން އަންހެން ސިއްހީ ހިދުމަތްތެރިން ބަޑި ޖަހައި މަރާލުން
ރޮއިޓަރސް
އަންހެން ސިއްހީ ހިދުމަތްތެރިން މަރާލުން
ބަޑީގެ ހަމަލާގައި އަފްގާނިސްތާނުގެ ތިން އަންހެން ސިއްހީ ހިދުމަތްތެރިން މަރާލައިފި
 
މި ތިން ހިދުމަތްތެރިން މަރާލާފައި ވަނީ ޖަލާލްއާބާދުގެ ދެ ސަރަހައްދެއްގައި ދިން ހަމަލާތަކެއްގައި
 
ތިން މީހުން މަރާލާފައި ވަނީ ވެކްސިން ޖަހަންޖެހޭ ކުޑަކުދިން ހޯދުމަށް ދޮރުން ދޮރަށް ހިނގަމުން ދަނިކޮށް
 
މަރާލާފައި ވަނީ އެންޓި-ޕޯލިއޯ ވެކްސިނޭޝަން ހަރަކާތުގައި ވެކްސިން ދިނުމުގައި މަސައްކަތްތެރިވާ ތިން ހިދުމަތްތެރިން

އަފްގާނިސްތާނުގައި ތިން އަންހެން ސިއްހީ ހިދުމަތްތެރިން، ބަޑި ޖަހައި މަރާލައިފިއެވެ.

މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ތިން އަންހެން ސިއްހީ ހިދުމަތްތެރިން މަރާލާފައި ވަނީ އަންގާރަ ދުވަހު އަފްގާނިސްތާނުގެ ޖަލާލްއާބާދުގައި ދިން ހަމަލާތަކެއްގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބަޑީގެ ހަމަލާގައި މަރާލާފައިވާ ތިން މީހުންނަކީ އދ. އިން އަފްގާނިސްތާނުގައި ކުރިއަށް ގެންދާ އެންޓި-ޕޯލިއޯ ވެކްސިނޭޝަން ހަރަކާތުގައި ވެކްސިން ދިނުމުގައި މަސައްކަތްކުރާ ތިން ހިދުމަތްތެރިންނެވެ. އެގޮތުން ތިން މީހުން މަރާލާފައި ވަނީ ވެކްސިން ޖަހަންޖެހޭ ކުޑަކުދިން ހޯދުމަށް ދޮރުން ދޮރަށް ހިނގަމުން ދަނިކޮށް ޖަލާލްއާބާދުގެ ދެ ސަރަހައްދެއްގައި ބަޔަކު ދިން ހަމަލާތަކެއްގައެވެ.

މި ތިން ހިދުމަތްތެރިންނަށް ހަމަލާ ދީފައި ވަނީ ކޮން ބައެއް ކަމެއް އަދި ކީއްވެގެން ކަމެއް މިހާތަނަށް އެނގިފައެއް ނުވެއެވެ.

އަފްގާނިސްތާނުގައި ދިން ހަމަލާތަކެއްގައި ތިން ސިއްހީ ހިދުމަތްތެރިން މަރާލާފައި މިވަނީ އެގައުމުގައި ފުރަތަމަ ފަހަރަށް އެންޓި-ޕޯލިއޯ ވެކްސިނޭޝަން ޕްރޮގްރާމެއް ލޯންޗުކުރެވުނު ފަހުންނެވެ. މި ވެކްސިނޭޝަން ޕްރޮގްރާމް ކުރިއަށް ގެންދަނީ އަފްގާނިސްތާނުގެ ހެލްތު މިނިސްޓްރީ އާއި ޔުނައިޓެޑް ނޭޝަންސް އިންޓަނޭޝަނަލް ޗިލްޑްރެންސް އެމަރޖެންސީ ފަންޑު (ޔުނިސެފް) ގުޅިގެންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
50%
50%
0%
0%
ކޮމެންޓް