ކ. މާލެ
|
30 މާރޗް 2021 | އަންގާރަ 19:04
ގާދިއްފުށީ، އާރްއޯ ޕްލާންޓާއި އޮފީސް އިމާރާތް ހުންނަ ސައިޓު ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން
ގާދިއްފުށީ، އާރްއޯ ޕްލާންޓާއި އޮފީސް އިމާރާތް ހުންނަ ސައިޓު ސާފުކުރުމުގެ މަސައްކަތުގެ ތެރެއިން
އެމްޓީސީސީ
ފެނާއި ނަރުދަމާ މަޝްރޫއު
ގާދިއްފުށީގައި ގާއިމްކުރާ ފެނާއި ނަރުދަމާ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފި
 
މިމަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ޑިޒައިން އެންޑް ބިލްޑް އުސޫލުން 12 ސެޕްޓެންބަރު 2019 ގައި
 
ފެނާއި ނަރުދަމާގެ ވިޔުގަ އެޅުމާއި، އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބަހައްޓާނެ
 
ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދޭނެ

ތ.ގާދިއްފުށީގައި ގާއިމްކުރާ ފެނާއި ނަރުދަމާ މަޝްރޫއުގެ އަމަލީ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ފަށައިފިއެވެ.

އެމްޓީސީސީން ބުނީ އެ މަޝްރޫއުގެ ދަށުން އާރްއޯ ޕްލާންޓާއި އޮފީސް އިމާރާތް ހުންނަ ސައިޓު ސާފުކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށެވެ.

މި މަޝްރޫއުގެ ދަށުން ގާދިއްފުށީގެ ފެނާއި ނަރުދަމާ ނިޒާމް ފަރުމާ ކުރުމާއި، ފެނާއި ނަރުދަމާގެ ވިޔުގަ އެޅުމާއި، އާރް.އޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުމުގެ އިތުރުން ގޭގެއަށް ފެނާއި ނަރުދަމާގެ ކަނެކްޝަން ގުޅައިދިނުން ހިމެނެއެވެ.

ޕްލޭނިން މިނިސްޓްރީން މިމަޝްރޫއު އެމްޓީސީސީއާ ހަވާލުކުރީ ޑިޒައިން އެންޑް ބިލްޑް އުސޫލުން 12 ސެޕްޓެންބަރު 2019 ގައެވެ.

21.1 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 2 އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް