ކ. މާލެ
|
30 މާރޗް 2021 | އަންގާރަ 15:49
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް
ރައީސް އޮފީސް
ރައީސްގެ މެސެޖް
ޕާކިސްތާނުގެ ރައީސަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ރައީސް މެސެޖެއް ފޮނުއްވައިފި
 
ޕާކިސްތާނުގެ ރައީސް ކޮވިޑަށް ޕޮޒިޓިވްވީ ހޯމަދުވަހު

ޕާކިސްތާނުގެ ރައީސް ޢާރިފް ޢަލްވީ، ކޮވިޑް-19އަށް ޕޮޒިޓިވް ވުމާއި ގުޅިގެން އެމަނިކުފާނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު މެސެޖެއް ފޮނުއްވައިފިއެވެ.

ޕާކިސްތާނުގެ ރައީސަށް ފޮނުއްވި މެސެޖުގައި، ދިވެހި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ރައީސަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައި ވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ޕާކިސްތާނާ ދިވެހިރާއްޖޭގެ ޒަމާންވީ އެކުވެރިކަމުގެ ގުޅުމުގެ މައްޗަށް ވެސް އަލިއަޅުވާލެއްވިއެވެ. އަދި އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައި ވަނީ ޕާކިސްތާނުގެ ރައީސަށް ފުރިހަމަ ސިއްހަތަކަށް އެދިވަޑައިގަންނަވަމުންނެވެ.

ޕާކިސްތާނުގެ ރައީސް ކޮވިޑަށް ޕޮޒިޓިވްވީ ހޯމަދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
100%
ކޮމެންޓް