ކ. މާލެ
|
29 މާރޗް 2021 | ހޯމަ 22:48
ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް އިސްލާމީ މަރުކަޒު ބޭރުގައި މީގެ ކުރިން ހެދި ކިއޫއެއްގެ މަންޒަރެއް
ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް އިސްލާމީ މަރުކަޒު ބޭރުގައި މީގެ ކުރިން ހެދި ކިއޫއެއްގެ މަންޒަރެއް
ރާއްޖެއެމްވީ
ކޮވިޑް-19 ވެކްސިން ޖެހުން
ހޯމަ ދުވަހު 1700 މީހުން ވެކްސިން ޖަހައިފި
 
ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ޖުމުލަ އަދަދު ވަނީ 233،875ށް އަރާފައި
 
އަތޮޅު ތެރެއިންވެސް 1049 މީހުން ވެކްސިން ޖަހާފައިވޭ
 
އޭގެ ތެރެއިން 651 މީހުންނަކީ މާލޭ ސަރަޙައްދުން ވެކްސިން ޖެހި މީހުން

ރާއްޖެއިން އިތުރު 1700 މީހުން ކޮވިޑް-19 ވެކްސިން ޖަހައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއިން އިތުރު 1700 މީހުން ކޮވިޑް-19 ވެކްސިން ޖަހާފައިވާއިރު، އޭގެ ތެރެއިން 651 މީހުންނަކީ މާލޭ ސަރަޙައްދުން ވެކްސިން ޖެހި މީހުންނެވެ. އަދި އަތޮޅު ތެރެއިންވެސް 1049 މީހުން ވެކްސިން ޖަހާފައިވާކަމަށް އެޗްޕީއޭގެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައެވެ.

އެއާއެކު، މިހާނަތަށް ރާއްޖެއިން ވެކްސިން ޖެހި މީހުންގެ ޖުމުލަ އަދަދު ވަނީ 233،875ށް އަރާފައެވެ. އެއީ މާލެ ސަރަޙައްދުން ވެކްސިން ޖަހާފައިވާ 129،720 މީހުންނާއި، އަތޮޅު ތެރެއިން ވެކްސިން ޖަހާފައިވާ 104،155 މީހެކެވެ.

ކޮވިޑް-19ށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ރާއްޖޭގައި ފަށާފައިވަނީ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުއެވެ. އެންމެ ފުރަތަމަ ރާއްޖޭގައި ދީފައިވަނީ އިންޑިޔާގެ ސެރަމް އިންސްޓިޓިއުޓުން އުފެއްދި ކޮވިޝީލްޑް ވެކްސިނެވެ. އެވެކްސިން މާރޗް މަހުގެ 15 ވަނަ ދުވަހާ ހަމައަށް މާލޭގައި ދެމުން އައިސްފައިވެއެވެ. އޭގެފަހުން މިހާރު ދެމުން އަންނަނީ ޗައިނާގެ ސިނޯފަރމް އިން އުފައްދާފައިވާ ވެކްސިނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް