ކ. މާލެ
|
29 މާރޗް 2021 | ހޯމަ 22:30
މާލެ ސަރަޙައްދުގައި ކޮވިޑް-19 އަށް ރެންޑަމް ސާމްޕަލް ނެގުމަށް ޓީމުތަކުން ޙަރަކާތްތެރިވަނީ
މާލެ ސަރަޙައްދުގައި ކޮވިޑް-19 އަށް ރެންޑަމް ސާމްޕަލް ނެގުމަށް ޓީމުތަކުން ޙަރަކާތްތެރިވަނީ
ރާއްޖެއެމްވީ
ކޮވިޑް-19 ރާއްޖޭގެ ޙާލަތު
ރާއްޖެއިން އިތުރު 147 މީހުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
 
ރިސޯޓުތަކުން 10 މީހަކާއި، ހަދަމުންދާ ރަށްރަށުން އެކަކު ޕޮޒިޓިވް ވެފައިވޭ
 
މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދަކީ 23،671
 
އޭގެ ތެރެއިން 65 މީހުންނަކީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި މީހުން

ރާއްޖެއިން އިތުރު 147 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، ރާއްޖެއިން ކޮވިޑަށް ޓެސްޓު ކުރުމަށް ނެގި 3472 ސާމްޕަލްގެ ތެރެއިން އިތުރު 147 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށާއި، އޭގެ ތެރެއިން 65 މީހުންނަކީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި މީހުން ކަމަށެވެ. އަދި އަތޮޅު ތެރެއިން 69 މީހަކު ޕޮޒިޓިވް ވެފައިވާއިރު، ރިސޯޓުތަކުން 10 މީހަކާއި، ހަދަމުންދާ ރަށްރަށުން އެކަކު އަދި ސިނާއީ މަސައްކަތް ކުރާ ރަށްރަށުން ޕޮޒިޓިވްވި 2 މީހަކުވެސް އޭގެ ތެރޭގައި ހިމެނޭކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ. އެއާއެކު، ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ އަދަދަކީ 23،671 އެވެ.

އެޗްޕީއޭގެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން މިވަގުތުވެސް 93 މީހަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދެއެވެ. އަދި މިހާތަނަށް 20،839 މީހަކު ބަލިން ރަނގަޅުވެފައިވާއިރު، މިވަގުތުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 2759 އެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޓެސްޓު ކުރުމަށް 643،952 ސާމްޕަލް ނަގާފައިވެއެވެ. މިހާތަނަށް ރާއްޖެއިން ކޮވިޑް ޖެހިގެން ނިޔާވެފައިވަނީ 66 މީހެކެވެ.

ރާއްޖެއިން ފެންނަމުންދާ ކޮވިޑް ކޭސްތައް 100ން މަތިން ރިޕޯޓު ކުރެވެމުންދިޔައަސް، މިހާރު އަޅާފައިވާ ބައެއް ފިޔަވަޅުތަކަަށް ވަނީ ލުއި ދީފައެވެ. ވެކްސިނޭޝަން ޕްރޮގްރާމްވެސް ބާރު ސްޕީޑުގައި ކުރިއަށްދާއިރު، ބަލި ފެތުރުން ކޮންޓްރޯލް ނުވެ އަތޮޅު ތެރެއިން ފެންނަމުންދާ ކޭސްތަކުގެ އަދަދުވެސް މިފަހުން ވަނީ އިތުރުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
0%
0%
0%
0%
0%
0%
ކޮމެންޓް