ކ. މާލެ
|
29 މާރޗް 2021 | ހޯމަ 22:33
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް- ޕީޖީ ވަނީ މި މައްސަލައިގައި ޖިނާއީ ދައުވާއެއްކޮށް ކުށް ސާބިތުވާ މިންވަރަށް ހެކި ނެތްކަމަށް މީގެ ކުރިން ފާހަގަ ކުރައްވާފައި
ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް- ޕީޖީ ވަނީ މި މައްސަލައިގައި ޖިނާއީ ދައުވާއެއްކޮށް ކުށް ސާބިތުވާ މިންވަރަށް ހެކި ނެތްކަމަށް މީގެ ކުރިން ފާހަގަ ކުރައްވާފައި
ރާއްޖެއެމްވީ
ވެންޓިލޭޓަރު ގެނައުމުގައި ކޮރަޕްޝަން
ވެންޓިލޭޓަރު މައްސަލައިގެ ތަހުގީގަށް އޭސީސީއަށް ފުލުހުންގެ އެހީ ހޯދަން ޕީޖީން އިރުޝާދު ދެނީ
 
ޕީޖީ އޮފީހުން ބުނީ، ދައުވާކުރާއިރު، ޚިޔާލީ ވާހަކައެއް ނުދެއްކޭނެ ކަމަށް
 
އިތުރު ހެކިތަކުގެ އަލީގައި މި މައްސަލައިގައި ޕީޖީ އޮފީހުން ނިންމާފައިވާ ނިންމުން އަލުން މުރާޖައާ ކުރާނެ
 
ޕީޖީ އޮފީހުން ވަނީ އެ މައްސަލަ އަލުން ދިރާސާ ކުރުމަށް ނިންމާފައި

ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަން އެކުލެވޭކަމަށް ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީން) ތަހުގީގު ކުރަމުންދާ މައްސަލައިގައި ފުލުހުންގެ އެހީތެރިކަން ހޯދުމަށް އިރުޝާދު ދިނުމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.

މި މައްސަލައިގައި އޭސީސީން ކުރި ތަހުގީގަށްފަހު މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ސާބިތުވާ މިންވަރަށް ހެކި ނެތްކަމަށް ބުނެ މައްސަލައިގައި ދައުވާ ނުކުރުމަށް ނިންމި ނިންމުން ޕީޖީ އޮފީހުން ދަމަހައްޓާފައިވާއިރު، އެ މައްސަލައާ ގުޅިގެން އޭސީސީން ފާހަގަކުރި ކަންކަމާއި، ރައްޔިތުންގެ ކަންބޮޑުވުންތަކަށް ބަލައި ޕީޖީ އޮފީހުން ވަނީ އެ މައްސަލަ އަލުން ދިރާސާ ކުރުމަށް ނިންމާފައެވެ. އަދި މައްސަލަ އަލުން ދިރާސާ ކުރާއިރު، މި މައްސަލައިގައި ފުލުހުންނާ ގުޅިގެން ހޯދާފައިވާ ހެކިތައް ވަކިން ގެނެސް އިތުރަށް ތަހުގީގު ކުރަންޖެހޭ ކަމެއް އޮތްނަމަ އެކަން ފުލުހުންގެ އެހީތެރިކަމާއެކު ތަހުގީގު ކުރުމަށް އޭސީސީއަށް އިރުޝާދު ދިނުމަށް ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ. އަދި އެކަމުގައި އޭސީސީއަށް އެހީތެރިކަން ދިނުމަށް ފުލުހުންނަށް އެންގުމަށްވެސް ޕީޖީ އޮފީހުން ވަނީ ނިންމާފައެވެ.

މި މައްސަލައިގައި ޖިނާއީ ދައުވާއެއްކޮށް ކުށް ސާބިތުވާ މިންވަރަށް ހެކި ހުރިތޯ ސުވާލު އުފެދިފައިވާކަން ފާހަގަކޮށް ޕީޖީ އޮފީހުން ބުނީ، ދައުވާކުރާއިރު، ޚިޔާލީ ވާހަކައެއް ނުދެއްކޭނެ ކަމަށާއި، ދައުވާގެ ކޮންމެ އިބާރާތެއް ހެއްކާއެކު ސާބިތުކޮށްދޭން ޖެހޭނެ ކަމަށެވެ. އަދި އެކަމުގައި ޕީޖީ އޮފީހުން ބަރޯސާ ވަނީ ތަހުގީގީ އިދާރާތަކުން ހޯދާ ހެކިތަކުގެ މައްޗަށްކަން ބަޔާންކޮށް ޕީޖީ އޮފީހުން ބުނީ، އެ ހެކިތަކުގެ މައްޗަށް ޝަރުއީ ކޯޓެއްގައި ކުށް ސާބިތު ކުރެވިދާނެތޯވެސް ބަލަން ޖެހޭ ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ، މި މައްސަލަ އަލުން ދިރާސާ ކުރުމަށްފަހު، ހޯދޭ އިތުރު ހެކިތަކުގެ އަލީގައި މި މައްސަލައިގައި ޕީޖީ އޮފީހުން ނިންމާފައިވާ ނިންމުން އަލުން މުރާޖައާ ކުރާނެ ކަމަށެވެ.

ވެންޓިލޭޓަރުތަކާ ބެހޭ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕީޖީ އޮފީހަށް ހުށަހެޅި އިތުރު މަޢުލޫމާތުތަކާ ގުޅިގެން، ޕީޖީ އޮފީހުން އޭރު މި މައްސަލަ އަލުން ރިވިއުކޮށް ބަލާފައިވެއެވެ. އަދި އައު މަޢުލޫމާތާއި، މައްސަލައިގައި ކުރިން ހޯދިފައިވާ ހެއްކާޢި ޤަރީނާގެ މައްޗަށް ބަލައި، ޖިނާއީ ކުށެއްގައި ސާބިތުކޮށްދޭންޖެހޭ އުންޞުރުތައް ސާބިތު ކޮށްދެވިދާނެކަމަށް ނުފެންނަކަން ބަޔާންކޮށް ޕީޖީ އޮފީހުން ވަނީ ދައުވާ ނުކުރަން ނިންމި ނިންމުން ދަމަހައްޓާފައެވެ. ނަމަވެސް އޭސީސީން ވަނީ އެ ނިންމުން ގަބޫލު ނުކުރެވޭކަމަށް ތަކުރާރުކޮށް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އިމާދު ލަތީފް
50%
0%
0%
50%
0%
0%
ކޮމެންޓް
30 މާރޗް 2021 | އަންގާރަ 11:56
މާލެ މީހާ
ޕީޖީ ހަމަތަ، ނޫސް ކޮންފަރެންސްގަ ވިދާޅުވި އަޑު އެހީމު ރައީސް އޮފީހުން އެދިގެން ފުލުހުންނާއި ގުޅިގެން ކުރިޔަށް ގެންދިޔަ ތަހްގީގެކޭ
ގުޅުންހުރި
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ތުހުމަތުގައި މީހަކު ބަންދުކޮށްފި
މޯލްޑިވް ގޭސްގެ ކުރީގެ އެމްޑީ މައުމޫންގެ މައްޗަށް ދަޢުވާކުރުމަށް ކޯޓަށް ހުށަހަޅައިފި
އެފްއޭއެމަށް ލިބުނު 12 މިލިއަން ޑޮލަރުން އާއިލީ ހަރަދު ބަލަހައްޓައި މުދާ ގަތީ ބައްސާމް: ޕީޖީ
ކޯޓުތަކުގައި ގިނަ ދުވަސްވެފައިވާ މައްސަލަތައް ދިރާސާކޮށް، އިތުރަށް ކުރިއަށް ގެންދިއުމުގެ މަސްލަޙަތު އޮތްތޯ އަލުން ބަލަނީ
ޕީޖީ އޮފީހުގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ގެނެވުނު ބަދަލުތަކާއެކު، އެ އޮފީހަށް އިރުއިރުކޮޅާ ސިޓީ ހިފައިގެންދާ މީހުން މަދުވެއްޖެ
15 އަހަރު ނުވިޔަސް ގާނޫނީ ނިޒާމުގެ ތެރެއިން ފިޔަވަޅު އެޅޭ ގޮތްތަކެއް ހުރޭ، ރިހެބިލިޓޭޓްވެސް ކުރެވޭނެ: ޝަމީމް
ހެކިބަސް ނަގާފައި ބަންދުން ދޫކޮށްލާ މީހާގެ ނުފޫޒުން ހެކިން ލައްވައި ޝަރީޢަތަށް ސިޓީ ފޮނުވުން ވަނީ ގިނަވެފައި: ހައިކޯޓު
ޙަމަލާދިން މީހުން މަސައްކަތް ކުރީ ޕީޖީ އަވަހާރަކޮށްލުމަށް ކަމުގެ ތުހުމަތު