ކ. މާލެ
|
29 މާރޗް 2021 | ހޯމަ 13:53
މާލެއަށް ކުރަމުންދާ ވިއްސާރަ
މާލެއަށް ކުރަމުންދާ ވިއްސާރަ
ރާއްޖެއެމްވީ
ރާއްޖޭގެ މޫސުން
30 މާޗުން ފެށިގެން ވާރޭވެހުން މަދުވެ ވައިޖެހޭ ބާރުމިން ދަށްވާނެ - މެޓް އޮފީސް
 
މިރޭ ދެކުނާއި މެދުރާއްޖެތެރޭގެ ބޮޑުބަޔަކަށާއި އުތުރުގެ އެކިހިސާބަށް ވިއްސާރަވެ ގުގުރާނެ
 
ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ދަނީ ވައިގަދަވެ، ވިއްސާރަ ކުރަމުން
 
ރާއްޖެ ސަރަހައްދުގައި ވަނީ ކޮޅިގަނޑެއް އުފެދިފައި

މާޗް 30 ވަނަ ދުވަހުން ފެށިގެން ރާއްޖެއަށް ވާރޭވެހުން މަދުވެ، ވައިޖެހޭ ބާރުމިން ދަށްވާން ފަށާނެކަމަށް ލަފާކުރެވޭ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާ (މެޓް އޮފީހުން) ބުނެފިއެވެ.

މެޓް އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑާ ގުޅިގެން ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ދަނީ ވައިގަދަވެ، ވިއްސާރަ ކުރަމުން ކަމަށެވެ. މި ވިއްސާރައިގައި ވޭތުވެދިޔަ 24 ގަޑިއިރު އެންމެގިނަ އަދަދަކަށް ވާރޭވެހިފައިވާކަމަށް ރެކޯޑް ކުރެވިފައިވަނީ ސ. ގަމަށެވެ. އެގޮތުން މެޓްއޮފީހުގެ ރެކޯޑުތަކުން ދައްކާގޮތުން ގަމަށް 611 މިލިމިޓަރުގެ ވާރޭ ވެހިފައިވާ ކަމަށާއި ވައި އެންމެގަދަވެފައި ވާކަމަށް ރެކޯޑް ކުރެވިފައިވަނީ ގަޑިއަކު 55 މޭލު ބާރުމިނަށް ސ. ގަމުގެ މެޓް އޮފީހުގައި ކަމަށް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން ބުނީ މިކޮޅިގަނޑު ރާއްޖެއާ ދުރަށް ހުޅަނގު އުތުރަށް ޖެހެމުންދާއިރު މާދަމާ މާޗް 30 ވަނަ ދުވަހުން ފެށިގެން ރާއްޖެ ސަރަހައްދަށް ވާރޭވެހުން މަދުވެ، ވައިޖެހޭ ބާރުމިން ދަށްވާން ފަށާނެކަމަށް ލަފާކުރެވޭ ކަމަށެވެ. މިއަދާ މިރޭ ދެކުނާއި މެދުރާއްޖެތެރޭގެ ބޮޑުބަޔަކަށާއި އުތުރުގެ އެކިހިސާބަށް ވިއްސާރަވެ ގުގުރާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވެއެވެ.

މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 17 މޭލާ 27 މޭލާ ދެމެދުގެ ބާރުމިނުގައި، އުތުރުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. ވިލާގަނޑުގައި ގަޑިއަކު 54 މޭލާއި 44 މޭލާ ދެމެދުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވޭ ކަމަށާއި މިއަދާއި މިރޭ ދެކުނާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން ބުނީ އުތުރުގެ އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެން ވާކަމެކެވެ.

އެހެންކަމުން މެޓް އޮފީހުން ވަނީ އާންމުކޮށް ހުރިހާ ފަރާތްތަކުން، ޚާއްސަކޮށް ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން ކުރިއަށް އޮތް 24 ގަޑިއިރުތެރޭ މޫސުމަށް ސަމާލު ވުމަށް އެދިފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
0%
0%
0%
0%
ކޮމެންޓް