ކ. މާލެ
|
24 މާރޗް 2021 | ބުދަ 22:30
ކޮވިޑް-19 އާއި އެކު އިސްސަފުގައި މަސައްކަތްކުރާ ފަރާތްތައް
ކޮވިޑް-19 އާއި އެކު އިސްސަފުގައި މަސައްކަތްކުރާ ފަރާތްތައް
ހެލްތު މިނިސްޓްރީ
ރާއްޖޭގެ ކޮވިޑް-19ގެ ހާލަތު
ޕޮޒިޓިވް ކޭސްތަކުގެ އަދަދު އަނެއްކާވެސް މައްޗަށް
ރިސޯޓްތަކުން ޕޮޒިޓިވްވީ 19 މީހުން
މާލެ ސަރަހައްދުން 89 މީހުން ޕޮޒިޓިވްވިއިރު އަތޮޅުތެރޭގެ އެކި ރަށްރަށުުން ޕޮޒިޓިވްވީ 31 މީހުން
ބުދަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވީ 139 މީހުން

އަންގާރަ ދުވަހާއި އަޅާބަލާއިރު، ބުދަ ދުވަހު ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިތުރުކަމަށް ހެލްތު ޕްރޮޓެކްޝަން އެޖްނެސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތުތައް ދައްކާގޮތުން އަންގާރަ ދުވަހު 128 މީހުން ކޮވިޑަށް ޕޮޒިޓިވްވިއިރު، ބުދަ ދުވަހު ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 139ށް އަރާފައެވެ. އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 89 މީހުންނާއި އަތޮޅުތެރޭގެ އެކި ރަށްރަށުުން ޕޮޒިޓިވްވި 31 މީހުންގެ އިތުރުން ރިސޯޓްތަކުން ޕޮޒިޓިވްވި 19 މީހުންނެވެ.

އަންގާރަ ދުވަހު މާލެ ސަރަހައްދުން ޕޮޒިޓިވްވި 91 މީހުންނާއި އަޅާބަލާއިރު، ބުދަ ދުވަހު ޕޮޒިޓިވްވި މީހުންގެ އަދަދު ދަށް ނަމަވެސް ރަށްރަށުން އަންގާރަ ދުވަހު 11 މީހުން ޕޮޒިޓިވްވި އިރު، ބުދަ ދުވަހު ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ އިތުރުވެފައެވެ.

މިހާރު ރާއްޖެއިން 22،929 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، ބުދަ ދުވަހު ބަލިން ރަނގަޅުވިކަމަށް ރިޕޯޓްކުރި 133 މީހުންނާއި އެކު ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު ވަނީ 20،359ށް އަރާފައެވެ.

މިވަގުތު ރާއްޖޭގައި 2،497 މީހުން ކޮވިޑަށް ފަރުވާ ހޯދަމުންދާއިރު، ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުންދަނީ 103 މީހުން ކަމަށް އެޗްޕީއޭ އިން ބުނެއެވެ. އަދި ރާއްޖެއިން ބަލިޖެހުނު 66 މީހުން ވަނީ ނިޔާވެފައެވެ.

ރާއްޖޭގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވެ ޕޮޒިޓިވްވި މީހުންގެ އަދަދު 23،000ށް އަރަން ގާތްވެފައިވާއިރު، އަތޮޅުތެރޭގެ ރަށްރަށުން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަނީ އިތުރުވާން ފަށާފައެވެ. ރަށްރަށުގައި ގިނަ އަދަދެއްގެ ކްލަސްޓަރތައް އުފެދިފައިވއިރު، ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ހުރިހާ ރައްޔިތުންވެސް ބޯލެނބުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އާއި ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ދަނީ އިލްތިމާސްކުރަމުންނެވެ.

- ކޮމެންޓް