ކ. މާލެ
|
23 މާރޗް 2021 | އަންގާރަ 19:50
މުހައްމަދު ނަޝީދު
މުހައްމަދު ނަޝީދު
ރާއްޖެ އެމްވީ
އެމްޑީޕީ ކެމްޕޭން ޖަގަހަ ހުޅުވުން
ސިޓީ ކައުންސިލްގެ ހިންގުން ވަރުގަދަކުރެވޭނީ އެކަން އެމްޑީޕީއާ ހަވާލުކޮށްގެން: ރައީސް ނަޝީދު
 
އެމްޑީޕީން މަސައްކަތް ކުރަނީ ސިޓީ ކައުންސިލްތައް ހަރުދަނާކޮށް ވަރުގަދަކުރުމަށް
 
އެމްޑީޕީއާ ދެކޮޅަށް ވާދަކުރައްވާ ޓީމަކީ ލާމަރުކަޒީ ނިޒާމާ މުޅިން ދެކޮޅު ބައެއް

މާލެ އަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރެވޭނީ މާލެ ސިޓީ ކައުންސިލްގެ ހިންގުން ރަނގަޅުކޮށް އެތަން ހަރުދަނާކޮށްގެން ކަމަށާއި އެކަން ކުރެވޭނީ އެމްޑީޕީއަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ރަށްވެހިފަތިސް ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން މާފަންނު މެދު ދާއިރާގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މާލެ އަކީ މުޅި ދުނިޔޭގައިވެސް އެންމެ ގިނަ މީހުން އެއް އަކަމީޓަރުގައި ދިރިއުޅޭ ސަރަހައްދު ކަމަށެވެ. މާލޭގައި ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި 17،000 އާއިލާ އެބަތިބި ކަމަށެވެ. އެ އާއިލާތައް ބެހިފައި ވަނީ ތިން ގިންތިއަށް ކަމަށާއި، އެއީ އިޖްތިމާއީ ގެދޮރުވެރިކަން މެދު އާމްދަނީގެ ގެދޮރުވެރިކަން އަދި އަތްފޯރާފަށުގައި ގެދޮރުވެރިކަން ބޭނުންވާ މީހުން ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ އިޖްތިމާއި ގެދޮރުވެރިކަން ބޭނުންވާ 3،000 އާއިލާ މާލެ ސަރަހައްދުގައި އެބަދިރިއުޅޭ ކަމަށާއި، އެ އާއިލާތަކުގެ ޖުމްލަ އާމްދަނީން 17،000 ރުފިޔާ ހަމަ ނުވާ ކަމަށެވެ. އެ އާއިލާތަކަށް އިޖްތިމާއީ ގެދޮރުވެރިކަން މަހުން މަހަށް ކުޑަ އަގެއްގައި ދައްކައިގެން ހާލާސްވާ ގޮތަށް ބޭނުންވެފައިވާކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރަށް ވެސް ހުރި ބައެއް މައްސަލަތައް ފާހަގަކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ހައުސިން މިނިސްޓްރީ މިހާރު އެމްޑީޕީގެ ވަޒީރެއްގެ ދަށަށް ބަަދަލުކުރެވިފައިވާ ކަމަށާއި، ދެން ބޭނުންވަނީ ސިޓީ ކައުންސިލް ކަމަށެވެ. އެމްޑީޕީއާ ދެކޮޅަށް ވާދަކުރައްވާ ޓީމަކީ ލާމަރުކަޒީ ނިޒާމާ މުޅިން ދެކޮޅު ބައެއްކަން ފާހަގަކުރައްވައި ވިދާޅުވީ އެކަން ވާން އޮތީ ލާމަރުކަޒުކޮށް ސިޓީ ކައުންސިލްގެ ދަރުރު ބޮޑުކޮށްގެން ކަމަށެވެ.

އަޅުގަނޑުމެން މި އުޅެނީ މާލެ ސިޓީ ކައުންސިލްއެއް ބިނާކުރެވޭތޯ. އެމްޑީޕީން ދުށީ އެމީހުންގެ އޮފީސް ހުންނަން ޖެހޭނީ މާލެ މެދުގައި ބިއްލޫރިޖެހިގޭގައި ކަމަށް. މުއިއްޒު ދެކެވަޑައިގަތި އެތަން ތަޅާލަންވީ ކަމަށް. އެތަނުގައި ހުރި ހުރިހާ އެއްޗެއް ގޮސް ގުދަނަކަށް އުކާލަންވީ ކަމަށް. މުއިއްޒު ދެކެވަޑައިގަތި ގޮނޑި މޭޒު ނަގަންވީ ކަމަށް. މުވައްޒަފުން ފޮނުވާލަންވީ ކަމަށް. ކައުންސިލަރުން ގެންގޮސް ހިފާ ހައްޔަރުކުރަންވީ ކަމަށް. އެހެންނަމަވެސް އަޅުގަނޑުމެން ދެންނެވިން އަޅުގަނޑުމެން އެނބުރި އަންނާނަމޭ. ރާއްޖޭގެ ރައްޔިތުންނަށް ހެޔޮ ވެރިކަމެއް ކޮށްދޭނަމޭ.
ރައީސް ނަޝީދު

އޭޕްރިލް 10 ވަނަ ދުވަހު އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ތައްޔާރުވަމުން އަންނައިރު އެޕާޓީގެ މައިގަނޑު ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދަނީ އޮންލައިންކޮށެވެ. އެގޮތުން ކޮންމެ ރެއަކުހެން އަތޮޅުތެރޭގެ ކެންޑިޑޭޓުންނާއެކު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، ރައީސް ނަޝީދު އޮންލައިން ބައްދަލުވުންތައް ބާއްވަމުން އަންނައިރު މާލެ ސަރަހައްދުގައި މިހާތަނަށް ވަނީ ދެ ޖަގަހަ ހުޅުވާފައެވެ. އެގޮތުން ހުޅުމާލެ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓް ރިޒްނާ ޒަރީރުގެ ކެމްޕޭން ޖަގަހަވެސް މީގެ ހަފްތާއެއްހާ ދުވަސްކުރިން ހުޅުވާފައިވާއިރު، އަންގާރަ ދުވަހު މި ވަނީ މާފަންނު މެދު ދާއިރާގެ ކެމްޕޭން ޖަގަހަވެސް ހުޅުވާފައެވެ.

އެ ރަސްމިއްޔާތުގައި ރައީސް ނަޝީދުގެ އިތުރަށް މާލެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރުގެ އިތުރަށް މާފަންނު މެދު ދާއިރާގެ ކެންޑިޑޭޓް އަހުމަދު ރިޝްވާންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ޒަމްޢަތު އަޙްމަދު ވަހީދު
0%
0%
0%
100%
0%
0%
ކޮމެންޓް
24 މާރޗް 2021 | ބުދަ 09:01
ހަސަންބެ
މިހާރު މާލެސިޓީ ކައުންސިލް ހިންގަނީ ކޮން ޕާޓީ އަކުންތަ؟
ގުޅުންހުރި
ސަރުކާރުން ދަނީ ގަސްތުގައި މައުލޫމާތު ހިފަހައްޓައި، ސިއްރުކޮށް، މިނިވަން ނޫސްވެރިކަމަށް ހުރަސް އަޅަމުން: އެމްޑީޕީ
އިންތިޚާބުތަކުން އެމްޑީޕީ ބަލިވި ސަބަބުތައް ދެނެގަތުމަށް ދިރާސާއެއް ކުރުމަށްފަހު މަގުޗާޓެއް އެކުލަވާލަނީ
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް ސިޔާސީ ފިކުރަށް ބަލައި މުވައްޒަފުން ވަޒީފާއިން ވަކިނުކުރުމަށް އެމްޑީޕީން ގޮވާލައިފި
އެމްޑީޕީން އަބަދުވެސް މަސައްކަތްތެރިންގެ ހައްގުގައި މަސައްކަތްކުރާނެ: ރައީސް ސާލިހު
ޑިމޮކްރެޓްސް އާއި އެމްޑީޕީއިން ގުޅިގެން މަޖިލިސް އިންތިޚާބަށް ނުކުތް ނަމަ ފުދޭވަރެއްގެ ގިނަ ގޮނޑިތައް ކާމިޔާބުކުރެވުނީސް: މެންބަރު އާޒިމް
މަޖިލިސް ތެރެއިންނާއި ބޭރުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގައި އެމްޑީޕީ ދެމިއޮންނާނެ: ޑީޑީ
ސާފު އަޣްލަބިއްޔަތު އެމްޑީޕީއަށް ލިބޭތަން ފެނޭ: ރައީސް ޞާލިހު
އަޑުއިވެމުންދަނީ އެންޓި ޑިފެކްޝަން ބިލު ތަސްދީގު ނުކުރަނީ އިންތިހާބަށްފަހު ސަރުކާރުން މެންބަރުން ގަންނަން ބޭނުންވާތީ ކަމަށް - ޞާލިހު