ކ. މާލެ
|
23 މާރޗް 2021 | އަންގާރަ 15:18
ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އީވާ އަބްދުﷲ
ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އީވާ އަބްދުﷲ
ރައްޔިތުންގެ މަޖިލިސް
ލޯކަލް ކައުންސިލް އިންތިޚާބު
ޔާމީން ސަރުކާރުގެ ވަޒީރަކު އިންސާފުގެ ވާހަކަދެއްކެވުމަކީ މުސްތަގުބަލަށް ހެޔޮފާލެއް: އީވާ
 
ކެމްޕޭނު ކުރުމުގެ ހަމަހަމަ ފުރުސަތު ލިބިގެން ނުދާ ކަމަށް އިދިކޮޅުން ބުނޭ
 
އެމްޑީޕީން ދަސްކުރަނީ ހާލަތަށް ފިޓުވާން، ޕީޕީއެމުން ވެސް އެގޮތް ދަސްކުރުމަށް އީވާ ގޮވާލެއްވި
 
އެމްޑީޕީން ކުރިން ވެސް ކެމްޕޭނުކުރީ ޝަކުވާގެ ބަދަލުގައި ރައްޔިތުންނަށް އުންމީދުތަކެއް ދައްކައިގެން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވަޒީރުކަން ކުރެއްވި ބޭފުޅަކު ޑިމޮކްރަސީއާއި، ހަމަހަމަކަމާއި، އިންސާފުގެ ވާހަކަ ދެއްކެވުމަކީ ދިވެހިރާއްޖޭގެ މުސްތަގުބަލަށް އޮތް ހެޔޮފާލެއް ކަމުގައި، ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ މިހެން ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބުގައި ބައިވެރިވާ ފަރާތްތަކަށް، ކެމްޕޭނު ކުރުމުގެ ހަމަހަމަ ފުރުސަތު ލިބިގެން ނުދާ ކަމަށްބުނެ، ކުރީ ސަރުކާރުގެ އިކޮނިމިކް މިނިސްޓަރު، އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު، އަންގާރަދުވަހު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަކާއި ގުޅިގެންނެވެ.

އީވާ ވިދާޅުވީ، ވެރިކަމާއި ބާރު އޮތް ވަގުތުގައި ހަމަހަމަކަމާއި އިންސާފު ގާއިމުކުރެއްވުމަށް މަސައްކަތްޕުޅު ނުކުރެއްވި ނަމަވެސް، މިހާރުގެ ހާލަތާއި ގުޅިގެން އެކަން ދަސްވިކަމީ، ދިވެހިރާއްޖެއަށް އޮތް ހެޔޮފާލެއް ކަމަށެވެ.

ޔާމީން ސަރުކާރުގައި ވަޒީރުކަން ކުރެއްވި ބޭފުޅަކު ޑިމޮކްރަސީއާއި، ހަމަހަމަކަމާއި، އިންސާފުގެ ވާހަކަ ދެއްކެވީމަ، އިއްޒަތްތެރި ރައީސް، އަޅުގަނޑު މިބަލަނީ އެއީ ދިވެހިރާއްޖޭގެ މުސްތަގުބަލަށް އޮތް ހެޔޮފާލެއް ކަމަށް. އާރާ ބާރާ ވެރިކަމާ އޮތް ވަގުތުގައި އެކަންކަމާއި އަދި ނޫޅުއްވިއެއް ކަމަކު މިހާރު ހާލަތާ ހުރެ އެވަރު ދަސްވީމަ އަޅުގަނޑު މި ބަލަނީ ދެން އެއީ ދިވެހިރާއްޖެއަށް އޮތް ހެޔޮ ފާލެއް ކަމަށް
ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ

ކެމްޕޭނުކުރުމާއި ގުޅޭ ގޮތުން އީވާ ވިދާޅުވީ، ދުނިޔޭގެ މިއަދުގެ ހާލަތު އެންމެންނަށްވެސް އެނގޭ ކަމަށާއި، ދުނިޔެ މިއޮތީ ބޮޑު ޕެންޑަމިކެއްގެ މެދުގައި ކަމަށެވެ. އަދި ސިޔާސީ ހަރަކާތްތައްވެސް ކޮންމެވެސް ވަރަކަށް ބަދަލުވާންޖެހިފައި ވާކަމަށާއި، އެމްޑީޕީ އަށްވުރެ، ރަށްރަށަށް ގޮސް ކެމްޕޭނު ނުކުރެވުމުން ދެރަވާނެ، ވަކި އެހެން ޕާޓީއެއް ނޯންނާނެ ކަމަށެވެ. އަދި އެކަން ނުކުރެއްވުމުން، މިއީ އިންތިޚާބެކޭ ވިދާޅުވާން ވެސް ދަތިކަމަށް އިވާ ވިދާޅުވިއެވެ.

އެހެން ނަމަވެސް ވޭތިވެ ދިޔަ މަސްދުވަހު ތެރޭ، އެމްޑީޕީން ޒޫމް މެދުވެރިކޮށް 800 އެއްހާ ކެންޑިޑޭޓުންނާއި ބައްދަލުކޮށްފައިވާކަމަށް އީވާ ވިދާޅުވިއެެވެ. އަދި އެމްޑީޕީން ދަސްކުރަނީ ހާލަތަށް ފިޓުވާން ކަމަށާއި، އެގޮތް ޕީޕީއެމުން ވެސް ދަސްކުރުމަށް އީވާ ގޮވާލެއްވިއެވެ.

މީގެއިތުރުން، ރައިސް ޔާމީންގެ ވެރިކަމުގައި، ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ހޯދި ކާމިޔާބީއަށް އަލިއަޅުއްވާލައްވައި އީވާ ވިދާޅުވީ، ފިއްތުންތަކާއި އެކުގައި ވެސް އެމްޑީޕީން އޭރު ކެމްޕޭނުކުރީ ޝަކުވާގެ ބަދަލުގައި ރައްޔިތުންނަށް އުންމީދުތަކެއް ދައްކައިގެން ކަމަށެވެ. ހަމަ އެގޮތަށް ޕީޕީއެމުންވެސް ޝަކުވާގެ ބަދަލުގައި، ކޮންމެ ވެސް އޮއްޓަރު ހުރި ވާހަކައެއް ދެއްކުމަށް އީވާ އެދިވަޑައިގެންނެވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
18%
45%
9%
18%
9%
0%
ކޮމެންޓް