ކ. މާލެ
|
21 މާރޗް 2021 | އާދީއްތަ 09:59
ހެލްތް މިނިސްޓަރ އަހުމަދު ނަސީމް
ހެލްތް މިނިސްޓަރ އަހުމަދު ނަސީމް
ހެލްތު މިނިސްޓްރީ
ރަށްވެހި ފަތިސް
ދ. އަތޮޅު ހޮސްޕިޓަލަށް އިންވެސްޓަރެއް މިހާރު ވަނީ ލިބިފައި- މިނިސްޓަރ ނަސީމް
 
އިކޮނޮމިކް ކައުންސިލަށް ހުށަހަޅައިގެން ހުއްދަ ލިބުމުން މަސައްކަތް ފެށޭނެ

ދ. އަތޮޅު ހޮސްޕިޓަލަށް އިންވެސްޓަރެއް މިހާރު ލިބިފައިވާކަމަށް ހެލްތް މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ. ރަށްވެހި ފަތިސް ކެމްޕެއިން ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ދ. އަތޮޅު ހޮސްޕިޓަލަށް އިންވެސްޓް ކުރާނެ ފަރާތެއް މިހާރު ލިބިފައިވާ ކަމަށާއި، ދެން އޮތީ އިކޮނޮމިކް ކައުންސިލަށް ހުށަހަޅައިގެން ހުއްދަ ހޯދުން ކަމުގައެވެ. ހުއްދަ ލިބުމުން މަސައްކަތް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.

ދ. އަތޮޅުގެ ރަށްރަށަށް ބޭނުންވާ އެމްބިއުލާންސްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި، މިހާރު މަރާމާތުކޮށްފައިވާ އެމްބިއުލާންސްތައް ވެސް ވީ އެންމެ އަވަހަކަސް ފޮނުވުމަށް ހެލްތް ސެންޓަރުތަކާއި ވާހަކަ ދައްކަވާނެ ކަމުގައި ވިދާޅުވިއެވެ.

ހެލްތް ސެންޓަރުތަކުގައި ޚިދުމަތްދޭ ވަގުތު އިތުރުކުރުމާ ބެހޭގޮތުން މިނިސްޓަރ ވިދާޅުވީ، އެކަން ކުރެވޭނީ މުވައްޒަފުން ވެސް އިތުރު ކޮށްގެން ކަމުގައެވެ. ދ. އަދި ފ. އަތޮޅުގެ ރަށްރަށުގައި ވެސް ޕްރައިމަރީ ހެލްތް ކެއަރ ޕްރޮގްރާމް ކުރިއަށްދާ ކަމަށާއި އެކަމުގެ ރަނގަޅު ނަތީޖާ ފެންނަމުން އަންނަ ކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
0%
60%
0%
40%
0%
0%
ކޮމެންޓް
22 މާރޗް 2021 | ހޯމަ 09:55
ގއ.އަތޮޅު ރައްޔިތެއް
ކޮބާތޯ ގއ.އަތޮޅުގައި ހުރި ހޮސްޕިޓަލް ކޮވިޑް ހޮސްޕިޓަލަކަށް ހަދާފަ ގއ.އަތޮޅުގެ ރައްޔިތުންނަށް ޚިދުމަތް ދޭން ޢާހޮސްޕިޓަލެއް އަޅާދޭނެއޭ ލަޑެޔާ ބުނި ހޮސްޕިޓަލް މިހާރު އަތޮޅު ހޮސްޕިޓަލުން ޚިދުމަތް ދެނީ މާރުކޭޓްގެ ގޮޅިތައް ކަހަލަ ގޮޅިގޮޅިން ރިސެޕްޝަން އެކޭ މީހެއްގެ ގޭގެ ސިޑިގޮޅިއެކޭ އެއްވަރު ފިތިގެން 2 މުވައްޒަފަކަށް ތިބެވެނީ މީތޯ ގއ. ޢަތޮޅަށް ހައްގުވާ މިންވަރަކީ