ކ. މާލެ
|
20 މާރޗް 2021 | ހޮނިހިރު 23:18
ވެމްކޯގެ މުއައްޒަފުން މަސައްކަތް ކުރަމުންދާ މަންޒަރު
ވެމްކޯގެ މުއައްޒަފުން މަސައްކަތް ކުރަމުންދާ މަންޒަރު
ރާއްޖެއެމްވީ
ރާއްޖޭގެ ކުނީގެ މައްސަލަ ހައްލުކުރުން
24 ގަޑިއިރުގެ ތެރޭގައި ގުޅިން 700 ޓަނުގެ ކުނި ސާފުކޮށްފި
 
އަތޮޅުތެރޭގައި އެންމެ ކުނި ގިނައިން ޖަމާކޮށްފައިވާ 20 ރަށުގެ ކުނީގެ މައްސަލައަށް ކުރިއަށް އޮތް 7 މަސް ދުވަހުގެ ތެރޭގައި ހައްލު ގެނައުމަށް ދަނީ މަސައްކަތް ކުރަމުން
 
ދެމެހެއްޓެނިވި ގޮތެއްގައި ކުނީގެ މައްސަލަ ޙައްލުކުރުމަށް ރާއްޖޭގެ ތިން ސަރަޙައްދެއްގައި ކުނި މެނޭޖްކުރެވޭނެ ވަސީލަތް ތަރައްޤީކުރުމަށް ދަނީ މަސައްކަތްކުރަމުން
 
ކާށިދޫއިން އެކަނިވެސް 1700 ޓަނުގެ ކުނި ވަނީ ސާފުކޮށްފައި

24 ގަޑިއިރުގެ ތެރޭގައި ކ. ގުޅިން 700 ޓަނުގެ ކުނި ސާފުކޮށްފައިވާކަމަށް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން، ވެމްކޯއިން ހާމަކޮށްފިއެވެ.

އަތޮޅުތެރޭގައި އެންމެ ކުނި ގިނައިން ޖަމާކޮށްފައިވާ 20 ރަށުގެ ކުނީގެ މައްސަލައަށް ކުރިއަށް އޮތް 7 މަސް ދުވަހުގެ ތެރޭގައި ހައްލު ލިބޭނެކަމަށް ސަރުކާރުން ވަނީ ހާމަކުރައްވާފައެވެ. މިމަސައްކަތް މިހާރު ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާ ވަނީ ހަވާލުކޮށްފައެވެ. ކުނީގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިއަށްދާކަން ވެމްކޯގެ ޓުވިޓަރ މެދުވެރިކޮށް ދަނީ ހާމަކުރަމުންނެވެ. އެގޮތުން މިހާތަނަށް އައިރު މާލެ އަތޮޅު ކާށިދޫއާއި ތުލުސްދޫގައި މި މަސައްކަތް ބާރު ސްޕީޑެއްގައި ދަނީ ކުރަމުންނެވެ. އެގޮތުން ކާށިދޫއިން އެކަނިވެސް 1700 ޓަނުގެ ކުނި ސާފުކޮށްފައިވާއިރި، އެއަތޮޅި ގުޅިން 700 ޓަނުގެ ކުނި ސާފުކޮށްފައިވާކަމަށް ވެމްކޯއިން ވަނީ ހާމަކޮށްފައެވެ. ވެމްކޯއިން މިހާރުދަނީ ކުނި ނެގި ސަރަހައްދުގެ ވެލިގަނޑު އެއްވަރުކުރުމާއި، ސާފުކުރި ކުނީގެ ތެރެއިން ރަށުގައި ނައްތާލެވޭ ކުނި ނައްތާލުމުގެ މަސައްކަތް ކުރަމުންނެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީސް ހުޅުވުމުގެ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވީ ކުނީގެ މައްސަލަ ޙައްލުކުރުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ. މިއީ ބުރަ ބޮޑު މައްސަލައެއް ނަމަވެސް ކުރިއަށް އޮތް 7 މަސްދުވަހުގެ ތެރޭގައި 20 ރަށަކަށް ޖަމާވެފައިވާ ކުނިތައް އެއްކޮށް ރަށުން ބޭރުކޮށް ސާފުކުރުމުގެ މަޝްރޫޢު މިހާރު ވެމްކޯއާއި ޙަވާލުކުރައްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިކަން ކުރުމުގައި އެންމެ ގިނައިން މިވަގުތު ކުނި ޖަމާކޮށްފައި ހުރި ރަށްރަށުގެ ތެރެއިން ކުނީގެ މައްސަލަ ބޮޑުވެފައިވާ ރަށްރަށަށް އިސްކަންދެއްވުމަށްވަނީ ނިންމަވާފައެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ކުނީގެ މައްސަލަ ޙައްލުކުރުމަށް ރާއްޖޭގެ ތިން ސަރަޙައްދެއްގައި ކުނި މެނޭޖްކުރާނެ ވަޞީލަތްތައް ޤާއިމުކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވިއެވެ. ރާއްޖޭގެ ގިނަ ރަށްރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ ޙައްލުކުރުމަށްޓަކާ ދެމެހެއްޓެނިވި އަދި ތިމާވެއްޓާ ރައްޓެހި ގޮތެއް ހޯދަން ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެއީ ޚަރަދުބޮޑު ކަމެއް ނަމަވެސް މަސައްކަތްކުރަމުން އަންނަނީ އެއަމާޒަށްކަމަށް ސަރުކާރުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
100%
0%
0%
0%
ކޮމެންޓް