ކ. މާލެ
|
21 މާރޗް 2021 | އާދީއްތަ 08:55
އެމްޑީޕީ ރަށްވެހިފަތިސް ކެމްޕެއިން، ހއ. އަތޮޅު
އެމްޑީޕީ ރަށްވެހިފަތިސް ކެމްޕެއިން، ހއ. އަތޮޅު
ނަޖާހް އަހްމަދު
ރަށްވެހިފަތިސް
ދ އަތޮޅުގެ ތަރައްޤީއަށް ސަރުކާރުގެ ބޮޑެތި ޕްލޭންތަކެއް
 
ދ އަތޮޅުގެ ތަރައްޤީއަށް 69 މިލިއަން ވަނީ ޚަރަދުކޮށްފައިވޭ

ދ. އަތޮޅުގެ ތަރައްގީއަށް މި އަހަރާއި ކުރިއަށް އޮތް ތަނުގައި ކުރަން ގިނަ ކަންތައްތަކެއް ރާވާފައިވާ ކަމަށާއި، ނިމިދިޔަ ދެ އަހަރު އަތޮޅުގެ ތަރައްގީ އަށް 69 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ދ މީދޫ

ދ. މީދޫގެ ތަރައްގީގެ މަޝްރޫތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ގޯތި ދޫކުރުން ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލަށް ލިބޭނެކަމަށެވެ. އަދި އިތުރު ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެއާއެކު ފެށޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެރަށުގައި އޭޓީއެމް އެޅުމަށް ވެސް ލިސްޓުކޮށްފައިވާ ކަމަށާއި، އޭޓީއެމްގެ މަސައްކަތް ފަށާނެކަމަށް ވިދާޅުވިއެވެ. 34 މިލިއަން ރުފިޔާގެ ފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ދެ މަސްތެރޭގައި ފެށޭނެކަމަށް ވެސް ރައީސް ވިދާޅުވެފައިވެއެވެ.

މީގެ އިތުރަށް 36.8 މިލިއަންގެ ބަނދަރުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ. އާންމުން މޫދަށް އެރޭ ބީޗްއެއް ބަނދަރާއެކު ތަރައްޤީކުރުމަށް ޚިޔާލުކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

ދ. ބަނޑިދޫ

ދ. ބަނޑިދޫއާ ގުޅިގެން ރައީސް ވިދާޅުވީ އެ ރަށަކީ މަސްވެރި ރަށަކަށް ވާއިރު އެ ރަށުގައި އައިސް ލިބުމުގައި ހުރި ދަތިތައް ހައްލުކުރުމަށް މަސައްކަތްތަކެއް ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރަށުގެ ފެނާއި ނަރުދަމާގެ ނިޒާމު 17 މާރޗްގައި 51.8 މިލިއަން ރުފިޔާއަށް ހަވާލުކޮށްފައިވާއިރު، ދެ އަހަރުތެރޭ އެ ޕްރޮޖެކްޓުގެ މަސައްކަތް ނިމެނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށު އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތް  މިއަހަރުގެ ދެވަނަ ކުއާޓަރގައި ކުރަން ތާވަލްކޮށްފައިވާ ކަމަށެވެ. އަދި އިޖުތިމާޢީ މަރުކަޒު ވެސް ދެވަނަ ކުއާޓާގައި ބަދަލުކުރާނެކަމަށް ވިދާޅުވުވެފައިވެއެވެ.

އެމަނިކުފާނު ވިދާޅުވީ މިދިޔަ ދެ އަހަރުގެ ތެރޭގައި 350 ކިލޯވޮޓްގެ ޖެނެރޭޓަރު ސެޓެއް ބަހައްޓާ، 150 ޓަނުގެ ވާރޭ ފެން ރައްކާކުރެވޭނެ ކެޕޭސިޓީ ތަރައްޤީކޮށްފައިވާ ކަމަށެވެ.  

ދ. ރިނބިދޫ

ދ ރިނބުދޫގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ވެސް ރައީސް ވަނީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުން ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލަށް ލިބުމުން އެ މަސައްކަތްކުރުމަށް އެދިވަޑައިގަތެވެ.

އެރަށުގެ ކައުންސިލްގެ މުއައްޒަފުންގެ ދަތިކަން ޖޫންގެ ފަހުން ހައްލުކުރައްވާނެކަމަށް ވިދާޅުވިއެވެ. ސިއްޙީ މަރުކަޒަށް ބޭނުންވާ އެމްބިއުލަންސް މިއަހަރު މެދުތެރޭގައި ލިބޭނެކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން އެރަށު ސްކޫލްއަށް ދިމާވެފައިވާ މައްސަލަތަކަށް އަލިއަޅުއްވާލައްވާ ރައީސް ވިދާޅުވީ ދ. ރިނބިދޫ ސްކޫލް ޕްރިންސިޕަލްއަށް  ސިޔާސީ ހަރަކާތް ހިންގިޔަ ނުދޭނެކަމަށް ވިދާޅުވިއެވެ.

ބަނދަރު އެމްޓީސީސީއާ ހަވާލުކޮށްގެން ކުރައްވަން ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.  އަދި ފަތުރުވެރިކަމުގެ ވިޔަފާރިއަށް ބިން ދޫކުރުމަށް ކައުންސިލަށް ބާރު ލިބޭނެކަމަށް ވިދާޅުވެ އެކަން ވެސް ކައުންސިލްތަކުގެ ބެލުމުގެ ދަށުންކުރުމަށް އެންގެވިއެވެ.

ދ. މާއެނބޫދޫ

ދ. މާއެނބޫދޫއާ ގުޅިގެން ރައީސް ވިދާޅުވީ ރަށުގައި ބިން ނެތުމުގެ މައްސަލަ ދިމާވެފައިވާ ކަމަށާއި އެހެންވެ ބޯހިޔާވަހިކަމަށް ބޭނުންވާ ބިން ހިއްކުމަށް ބޭނުންވާ އީއައޭގެ މަސައްކަތް ކުރަމުންދާކަމަށެވެ. އަދި ފުޓްސެލް ދަނޑު ދެވަނަ ކުއާޓާގައި ފަށާނެކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޕްރައިމަރީ ސިއްހީ ނިޒާމު ތަރައްގީކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން މި އަހަރު އެރަށަށް ވެސް މޯބައިލް ލެބޯޓްރީގެ ޚިދުމަތް ފަށާނެކަމަށެވެ. މީގެ އިތުރަށް އޭޓީއެމް އެޅުމަށް ވެސް ލިސްޓުކޮށްފައިވާ ކަމަށާއި، އެ މަސައްކަތް ވެސް ފަށާނެ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މިދިޔަ ދެ އަހަރު އެކި މަޝްރޫތަކަށް 3.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

ދ. ހުޅުދެލީ

ދ. ހުޅުދެއްޔާ ގުޅޭގޮތުން ރައީސް ވިދާޅުވީ އެރަށު ބަނދަރުގައި ބޮޑު ހިލައިގެ ބަދަލުގައި އިތުރުގޮތްތަކެއް އޮތްތޯ ބައްލަވާނެކަމަށެވެ. 48.5 މިލިއަން ޚަރަދުކޮށްގެން މި ބަނދަރު މިއަހަރު އޮކްޓޯބަރުމަހު ނިންމާނެކަމަށް ވިދާޅުވިއެވެ. އަދި އެމްބިއުލަންސްގެ މައްސަލަ ހައްލުކުރައްވާނެކަމަށާއި މިއަހަރު ތެރޭގައި އެކަން ވެސް ނިމޭނެ ކަމަށް ވިދާޅުވިއެވެ.

މުޅި އަތޮޅަކީ މަސްވެރިކަމުގެ އަތޮޅަކަށްވާއިރު އަތޮޅަށް ދިމާވެފައިވާ އައިސް ލިބުމުގެ ދައްޗާ ގުޅިގެން ރައީސް ވިދާޅުވީ 500 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރެޖް މުލަކުގައި ޤާއިމުކުރުމުން މަސްވެރިންނަށް ހައްލުތަކެއް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ފާއިތުވި ދެ އަހަރު ތެރޭގައި މުޅި އަތޮޅުގެ ތަރައްގީއަށް ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް 69 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނަހްދާ އާދަމް
8%
8%
0%
77%
8%
0%
ކޮމެންޓް
23 މާރޗް 2021 | އަންގާރަ 23:36
މުދިންބެ
ރިނބުދޫގެ ސްކޫލްގެ ޕްރިންސިޕަލް ސިޔާސީ ޙަރަކާތް ހިންގަނީކީ ނޫން. މުދިންބެ ސްކޫލް ސެކިއުރިޓީ އެސްޓިމޭޓަށް ނަގައިގެން އުޅުނީ. އެއްފަހަރު ރަނގަޅުކުރަން ބުނީމަ ނުވި. ދެވަނަ ފަހަރަށް ބުނީމަވެސް ނުވި. ތިންވަނަ ފަހަރަށް އެންގީމަ ސްކޫލަށް ވަދެ ޕްރިންސިޕަލްގެ ދަތްދޮޅި ދަށަށް އަތްގަޅާފަ ކަލެއަށް މިރަށު ހުރެވޭނީ މިއަހަރު ނިމެންދެނޭ ބުނެ އިންޒާރު ދިނީ ދީންވެރި މުދިންބެ. މުދިންބެއަކީ ތިމާވަރުގެ މީހެއް ނެތިގެން މޭފުއްޕާފަ އަބަދުވެސް ހޭބަލިވެފަ ހުންނަ ސޮރެއް. ހިތުން އެހެން އިންސާނުންނަށް ނުދެއްވާފަދަ އާރާ ބާރު ލިބިފަ ހުރި ސޮރެކޯ. މޭނުފުއްޕާ ދުވަހެއް އޮތްކަން ހަނދާންކޮށް ހެޔޮ ޢަމަލު ކުރިއްޔާ ކީއްތަ.
21 މާރޗް 2021 | އާދީއްތަ 13:20
ކޮބާ
ކުޑަހުވަދޫ
21 މާރޗް 2021 | އާދީއްތަ 11:06
ކުޑަހުވަދޫ މީހާ
ރައީސް އަށްދަންނަވާލަން އޮތީ އޭޓީމް އަޅަންނިންމަނީ ސަރުކާރުންނޫންކަން. ބޭންކުން ނިންމާރަށްރަށުގައި އެކަންކުރާނީ. މަޢުލޫމާތަށްޓަކާ ދަންނަވާލިން. ދެން ކުރަން ހުރިކަންކަން ސަރުކާރުން ކުތިއަށްގެންދަވާ
21 މާރޗް 2021 | އާދީއްތަ 09:40
މީހާ
ބޭކާރު ޚަރަދުތައް ނުކޮށް އެއްފަސްކޮށްބަލަ. ކުދި އާބަދީތައް އެއްފަސްކޮށްގެން ނޫނީ ތަރައްޤީއެއް ނުގެނެވޭނެ. ދައުލަތުގެ ރިކަރަންޓް ޚަރަދުކުޑަވާނީ އެއްފަސްކޮށްގެން ކަމަށް ސާފުކޮށް އިނގޭއިރު ސަރުކާރުތަކުން އެކަން ނުކުރަނީ ވޯޓްގެ ބޭނުމުގައި ރައްޔިތުމީހާ ގުނބޯހައްދަން