ކ. މާލެ
|
20 މާރޗް 2021 | ހޮނިހިރު 23:10
ގައްދޫ -  އެރަށުގެ މަގު ހެދުމުގެ މަސައްކަތް ދަނީ ކުރަމުން
ގައްދޫ - އެރަށުގެ މަގު ހެދުމުގެ މަސައްކަތް ދަނީ ކުރަމުން
ގދ. ގައްދޫ/ ފޭސްބުކް ޕޭޖް، އަބްދުﷲ އާސިފް ފޮޓޮގްރަފީ
ގައްދޫ މަގުހެދުން
ގައްދޫ މަގުތަކުގައި ގައު އެތުރުމުގެ މަސައްކަތް ފަށައިފި
ގައްދޫ މަގުހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ 2019 ޑިސެމްބަރ 31 ވަނަ ދުވަހު
މި މަޝްރޫޢުގެ އަގަކީ 138،738،153.42 ރުފިޔާ
މި މަޝްރޫޢަކީ 510 ދުވަސްތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢެއް

ގދ.ގައްދޫ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ގައު އެތުރުމުގެ މަސައްކަތްކަމަށް މި މަސައްކަތް ކުރަމުންދާ ރޯޑް ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފިއެވެ.

އާރްޑީސީއިން ވަނީ ގައްދޫ ވަތަބަނޑޭރި މަގުގައި ޕޭވިން ބްލޮކްސް އެޅުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކޮށްފައެވެ. ގައްދޫ މަގުހެދުމުގެ މަޝްރޫއުގެ ދަށުން މަގުތަކަށް ބޭނުންވާ ޖަންކްޝަން އަދި ކާރބްސުޓޯން އެޅުމުގެ މަސައްކަތް ވެސް ކުރުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން މަގުތަކުގެ ސައިޑްވޯކް ކޮނެ ކޭބަލް ޖަންކްޝަން ވަޅުލުންވެސް މި މަސައްކަތުގެ ތެރޭގައި ހިމެނެއެވެ. ގައްދޫ މަގު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ތެރޭގައި، ހޮޅި އެޅުމުގެ މަސައްކަތް ވެސް ހިމެނޭ ކަމަށް އާރްޑީސީ އިން ބުނެއެވެ.

މި މަޝްރޫޢުގެ ދަށުން 5.527 ކިލޯމީޓަރުގެ މަގު ހެދިގެން ދާނެއެވެ. އަދި މަގުތަކުގެ ސައިޑްވޯކްސް ހެދުމާއި ތާރު އެޅުމުގެ އިތުރުން ފެންް ހިންދުމުގެ ނިޒާމު ގާއިމު ކުރުން ހިމެނެއެވެ. މި މަޝްރޫޢުގެ އަގަކީ 138،738،153.42 ރުފިޔާއެވެ. އަދި މި މަޝްރޫޢަކީ 510 ދުވަސްތެރޭ ނިންމުމަށް ހަމަޖެހިފައިވާ މަޝްރޫޢެކެވެ. ގައްދޫ މަގު ހެދުމުގެ މަޝްރޫޢު، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް، ހައުސިންގް އެންޑް އިންފްރާންސްޓްރަކްޗަރ އިން ރޯޑް ޑިވިލޮޕްމަންޓް ކޯޕަރޭޝަން އާ ހަވާލު ކޮށްފައި ވަނީ 2019 ޑިސެމްބަރ 31 ވަނަ ދުވަހުއެވެ.

- ކޮމެންޓް