ކ. މާލެ
|
4 މެއި 2017 | ބުރާސްފަތި 11:57
އުތުރު ކޮރެއާގެ އަސްކަރީ ބާރު ދައްކާލުމަށް ބޭއްވި ހަރަކާތެއްގެތެރެއިން: އެމެރިކާ އާއި ދެކޮޅަށް އުތުރު ކޮރެއާ އިން ދަނީ ބަހުގެ ވަރުގަދަ ހަމަލާތަކެއް ދެމުން
އުތުރު ކޮރެއާގެ އަސްކަރީ ބާރު ދައްކާލުމަށް ބޭއްވި ހަރަކާތެއްގެތެރެއިން: އެމެރިކާ އާއި ދެކޮޅަށް އުތުރު ކޮރެއާ އިން ދަނީ ބަހުގެ ވަރުގަދަ ހަމަލާތަކެއް ދެމުން
ރޮއިޓަރސް
އުތުރު ކޮރެއާ-އެމެރިކާ
އުތުރު ކޮރެއާ އިން އެމެރިކާގެ ޕްރޮފެސަރަކު ހައްޔަަރުކޮށްފައިވާކަން ކަށަވަރުކޮށްދީފި
ޓޯނީ ކިމް އުތުރު ކޮރެއާއިން ހައްޔަރު ކުރިކަމަށް ފުރަތަމަ ރިޕޯޓް ކޮށްފައިވަނީ މިދިޔަ އޭޕްރީލްމަހުގެ 22 ވަނަ ދުވަހު

އެމެރިކާގެ ޕްރޮފެސަރަކު އުތުރު ކޮރެއާގައި ހައްޔަރުކޮށްފައިވާ ކަމަށް އުތުރު ކޮރެއާއިން ކަށަވަރުކޮށްދީފިއެވެ.

އެމެރިކާގެ ރައްޔިތެއް ކަމަށްވާ ކިމް ސަންގް-ޑުކް ނުވަތަ ޓޯނީ ކިމް އުތުރު ކޮރެއާއިން ހައްޔަރު ކުރި ކަމަށް ފުރަތަމަ ރިޕޯޓް ކޮށްފައިވަނީ މިދިޔަ އޭޕްރީލްމަހުގެ 22 ވަނަ ދުަވަހު ވެރިރަށް ޕިޔޮންޔަންގްގެ އެއާރޕޯޓުންނެވެ. އޭނާ ހައްޔަރު ކުރީ ޕިޔޮންޔަންގެ "ޕިޔޮންޔަންގް ޔުނިވާސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީ (ޕީޔޫއެސްޓީ)" ގައި ގިނަ ހަފްތާތަކެއް ވަންދެން ކިޔަވައި ދިނުމަށް ފަހު ގައުމު ދޫކޮށް ދާން އުޅުމުގެ ތެރޭގައެވެ. ޕީޔޫއެސްޓީ ގައި ޓޯނީ ކިމް ކިޔަވައި ދިނީ އެކައުންޓިންއެވެ.

އުތުރު ކޮރެއާގެ ރަސްމީ ނޫސް އޭޖެންސީ، ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީން ބުދަދުވަހު ބުނެފައިވަނީ، ޓޯނީ ކިމް ހައްޔަރު ކޮށްފައިވަނީ ޖިނާއީ ކުށްތަކެއް ކޮށްގެން ކަމަށެވެ. އޭނާ މަސައްކަތްކުރީ އުތުރު ކޮރެއާ ސަރުކާރާ މެދު ނަފްރަތު އުފައްދާ ސަރުކާރު ވައްޓާލަން ކަމަށް ވެސް އުތުރު ކޮރެއާގެ ރަސްމީ ނޫސް އޭޖެންސީން ބުނެފައި ވެއެވެ.

ޓޯނީ ކިމްގެ އިތުރަށް، އުތުރު ކޮރެއާ އިން ދަނީ އެމެރިކާގެ އިތުރު ދެ ރައްޔިތަކު ވެސް ހައްޔަރުކޮށްގެން ގެންގުޅެމުންނެވެ.

ދެކޮރެއާ މައްސަލާގައި އެމެރިކާ އާއި އުތުރު ކޮރެއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ދެކޮރެއާ ސަރަހައްދު ހަލަބޮލިވެފައިވާއިރު، އުތުރު ކޮރެއާ އިން ހަވަނަ ނިއުކްލިއާ ޓެސްޓެއް ކޮށްފާނެ ކަމަށް ވަނީ ބެލެވިފައެވެ.

- ކޮމެންޓް