ކ. މާލެ
|
6 އޮކްޓޯބަރ 2024 | އާދީއްތަ 20:37
އިންޑިއާގެ ނިއު ދިއްލީގައި އުޅޭ ދިވެހިންނާ އާދިއްތަ ދުވަހުގެ ރޭ ރައީސް މުއިއްޒު ބައްދަލު ކުރެއްވުން
އިންޑިއާގެ ނިއު ދިއްލީގައި އުޅޭ ދިވެހިންނާ އާދިއްތަ ދުވަހުގެ ރޭ ރައީސް މުއިއްޒު ބައްދަލު ކުރެއްވުން
ރައީސް އޮފީސް
މުއިއްޒުގެ އިންޑިއާ ދަތުރުފުޅު
މުއިއްޒު ނިއުދިއްލީގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރައްވައިފި
އިންޑިއާގައި އުޅޭ އާއިލާތަކަށް ދިމާވާދަތިތައް ހައްލުކޮށްދެއްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވިކަމަށް ރައީސް އޮފީހުން ބުނޭ

އިންޑިއާގެ ނިއު ދިއްލީގައި ދިރިއުޅޭ ދިވެހިންނާ އާދިއްތަ ދުވަހުގެ ރޭ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު، ބައްދަލުކުރައްވައިފިއެވެ.

ރައީސް އަދި ފަސްޓް ލޭޑީ ބޭއްވެވި މި ބައްދަލު ކުރެއްވުމުގައި ނިއުދިއްލީގައި އުޅޭ ދިވެހިންގެ ޙާލު އަހުވާލު އޮޅުން ފިލުއްވައި، އެ ފަރާތްތަކުގެ ކަންބޮޑުވުންތަކާއި ދަތިތައް އަޑުއެއްސެވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އަދި އެ މައްސަލަތައް ޙައްލުކުރުމަށް ސަރުކާރުން ގަދައަޅައި މަސައްކަތްކުރާނެކަން ކަމަށް ރައީސް މުއިއްޒު ވިދާޅުވިކަމަށް ވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.

ފަސް ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި ޑރ. މުއިއްޒު އިންޑިއާ އަށް ވަޑައިގަތީ އާދިއްތަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް