ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ޑީއާރްޕީން ތާއީދުކޮށް އެންޑޯސް ކުރަނީ އެމްޑީޕީގެ ކެނޑިޑޭޓުން ކަމަށް ޑީއާރްޕީގެ ލީޑަރ، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ހޮނިހިރު ދުވަހު ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، އިންތިޚާބުގެ އެންމެ ގޮނޑިއެއްވެސް ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި، އެމަނިކުފާނުގެ އާއިލާ މެމްބަރަކު ނިސްބަތްވެވަޑައިގަންނަވާ ޕާޓީއަކަށް ނުދެއްވުމަށް އެދިލައްވާ ކަމަށެވެ. ޖާބިރު ވިދާޅުވީ، ކައުންސިލް އިންތިޚާބާ ގުޅިގެން "ވަރަށް ގިނަ ހިސާބު ޖައްސަވާފައިވާ" ކަމަށާއި، ޑީއާރްޕީން އެންޑޯސް ކުރާނީ އެމްޑީޕީގެ ކެނޑިޑޭޓުން ކަމަށެވެ.
ވަރަށް ގިނަ ހިސާބު ޖައްސަވާފައި ދެއްތޯ ވާހަކަ ދައްކަވާނީ، ހުރިހާ ގޮތަކުން ބެލި އިރުވެސް ހަމަ އެންޑޯސް ކުރަނީ އެމްޑީޕީ ކެނޑިޑޭޓުންނަށް ޑީއާރްޕީން އެނގޭތޯޑީއާރްޕީގެ ލީޑަރ، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
ޖާބިރު އިތުރަށް ވިދާޅުވީ، ލާމަރުކަޒީ ނިޒާމުގެ ޙަޤީޤީ މާނައަކީ އެރަށެއްގައި ކުރަންހުރި ކަންކަން ރަށު ފެންވަރުގައި ޙާސިލުވެގެން ދިއުން ކަމަށެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ސިޔާސީ ޕާޓީތަކުން ތައްޔާރުވަމުންދާއިރު، އެމްޑީޕީންވެސް ގެންދަނީ "ރަށްވެހި ފަތިސް" ނަމުގައި އަތޮޅު ތެރޭގެ ހުރިހާ ރަށެއްގެ ކެނޑިޑޭޓުންނާއި ކެމްޕެއިން ޓީމުތަކާ ބައްދަލު ކުރަމުންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ބައިވެރިވެވަޑައިގަންނަވާ މި ބައްދަލުވުންތަކުގައި ރައީސް ގެންދަވަނީ ރަށްރަށުގެ ތަރައްޤީއާ ގުޅޭ މުހިއްމު މަޝްރޫއުތަކުގެ މައުލޫމާތުތައް ހިއްސާ ކުރައްވަމުންނެވެ.