ކ. މާލެ
|
18 މާރޗް 2021 | ބުރާސްފަތި 20:12
ސަލާމަތާއި ރައްކާތެރިކަމުގެ އެތައް ފިޔަވަޅުތަކަކާއި އެކު ސްކޫލުތައް އަލުން ހުޅުވިގެން ދިޔައީ މިދިޔަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު
ސަލާމަތާއި ރައްކާތެރިކަމުގެ އެތައް ފިޔަވަޅުތަކަކާއި އެކު ސްކޫލުތައް އަލުން ހުޅުވިގެން ދިޔައީ މިދިޔަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހު
ރާއްޖެއެމްވީ
ގްރޭޑް 6ން ދަށުގެ ދަރިވަރުންގެ ކިޔެވުން
ކުރިއަށް އޮތް ހަފްތާގައި ވެސް މާލޭގެ ގްރޭޑް 6ން ދަށުގެ ދަރިވަރުންގެ ކިޔެވުން އޮންލައިންކޮށް
 
ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު 100ން މަތިން އަންނަނީ ރިޕޯޓްކުރަމުން
 
ގްރޭޑް 7ން 12ގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދާނީ ސްކޫލަށް ހާޒިރުވެގެން

ކުރިއަށް އޮތް ހަފްތާގައި ވެސް މާލޭ ސަރަޙައްދުގެ ސްކޫލްތަކުގެ އެލް.ކޭ.ޖީ އިން ފެށިގެން ގްރޭޑް 6ގެ ދަރިވަރުންގ ކިޔެވުން ކުރިއަށް ގެންދާނީ އޮންލައިންކޮށް ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ބުނެފިއެވެ.

އެމިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ގްރޭޑް 6ން ދަށުގެ ދަރިވަރުންގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ނިންމި ނަމަވެސް ގްރޭޑް 7ން 12ގެ ދަރިވަރުންގެ ކިޔެވުން ކުރިއަށް ގެންދާނީ ސްކޫލަށް ހާޒިރުވެގެން ކަމަށެވެ.

ކޮވިޑް-19ގެ ސަބަބުން ދިރާސީ އަހަރަށް ބަދަލު ތަކެއް ގެނެސް ދެވަނަ ޓަރމުގެ ކިޔެވުން ފެށުމަށްޓަކައި ނިއު ނޯމަލްގައި، ސަލާމަތާއި ރައްކާތެރިކަމުގެ އެތައް ފިޔަވަޅުތަކަކާއި އެކު ސްކޫލުތައް އަލުން ހުޅުވިގެން ދިޔައީ މިދިޔަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ. ބޭބީ ނާސަރީއާއި ގްރޭޑް 12 އާ ދެމެދުގެ ހުރިހާ ގްރޭޑެއްގެ ކުދިންވެސް ސްކޫލަށް ހާޒިރުވެގެން މުޅި ރާއްޖޭގައި ކިޔަވައިދޭން ފެށިތާ މާގިނަ ދުވަސްތަކެއް ނުވެ ރާއްޖޭގައި ވަކިން ޚާއްސަކޮށް މާލެ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށިއެވެ.

އެގޮތުން ޖެނުއަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ދުވާލެއްގެ މައްޗަށް ކޮވިޑް ޖެހޭ މީހުންގެ އަދަދު 100ން މަތިން އަންނަނީ ރިޕޯޓްކުރަމުންނެވެ. އަދަދުތައް މަދުވަމުން ނުދާއިރު ވައިރަސް ފެތުރޭ މިންވަރު ކޮންޓްރޯލްކުރުމަށްޓަކައި އެޗްޕީއޭއިން އަޅަމުން އަންނަ ފިޔަވަޅުތައްވެސް އަންނަނީ ހަރުކަށި ކުރަމުންނެވެ. އެގޮތުން ފެބްރުއަރީ 12ން ފެށިގެން އިރުއޮއްސި 6ން ފެށިގެން ފަތިހު 6ށް މާލެ ސަރަހައްދުގައި ދުއްވާ އުޅަނދު ދުއްވުން ވަނީ މަނާކޮށްފައެވެ. އަދި 13 ފެބްރުއަރީން ފެށިގެން މާލެ ސަރަހައްދުގައި 10 މީހުންނަށްވުރެ ގިނައިން އެއް ނުވުމަށް އެޗްޕީއޭއިން ވަނީ އަންގާފައެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކިޔެވުން މިދިޔަ އަހަރު މެދުކަނޑާލުމަށް ފަހު ޖުލައި 1 ގައި ވަނީ މާލޭ ސިޓީގެ ސްކޫލްތައް ފިޔަވައި ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ގްރޭޑް 1 ން 12 އަށް ކިޔަވައިދީފައެވެ. އަދި މިދިޔަ އަހަރު ބޮޑުބައި މާލޭ ސްކޫލްތަކުގައި ކިޔެވުން ކުރިޔަށް ގެންގޮސްފައިވަނީ އޮންލައިންކޮށެވެ. ވަކިން ޚާއްސަކޮށް ދަށް ގްރޭޑްތަކުގެ ކުދިންނަށް ކިޔަވައިދީފައިވަނީ އޮންލައިންކޮށެވެ. ސްކޫލަށް ގެނެސްގެން ކިޔަވައިދިނީ ގްރޭޑް 9ން މަތީ ގްރޭޑްތަކުގެ ކުދިންނަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
0%
0%
0%
0%
0%
0%
ކޮމެންޓް