ކ. މާލެ
|
18 މާރޗް 2021 | ބުރާސްފަތި 18:55
އެމްއެންޑީއެފްގެ ހިދުމަތުން ޝަރަފުވެރިކަމާއިއެކު ރިޓަޔަރ ކުރައްވާފައިވާ ސީނިއަރ އޮފިޝަރުންނާއިއެކު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން
އެމްއެންޑީއެފްގެ ހިދުމަތުން ޝަރަފުވެރިކަމާއިއެކު ރިޓަޔަރ ކުރައްވާފައިވާ ސީނިއަރ އޮފިޝަރުންނާއިއެކު ބޭއްވުނު ބައްދަލުވުމުގެ ތެރެއިން
އެމްއެންޑީއެފް
ގައުމީ ދިފާއީ ބާރު
ދިފާއީ ބާރަށް އަމާޒުކޮށް، ހަގީގަތާ ޚިލާފް ޕްރޮޕެގެންޑާ ފެތުރުމުގެ ފުރުސަތެއް ނުދޭނަން - މިނިސްޓްރީ އޮފް ޑިފެންސް
ދިފާއީ ބާރުގެ އޮފިސަރުންގެ ބޮލުގައޮ ރިޝްވަތުގެ އިލްޒާމް އެޅުވުމުގެ ފުރުސަތެއް ނުދޭނަން
ދިވެހި އަސްކަރިއްޔާގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަކީ ގިނަ ދުވަހު ގައުމަށް ހިދުމަތްކުރައްވާފައިވާ ބޭފުޅުން
ވެހި ސަރުކާރުގެ ފުރިހަމަ އިތުބާރާއި އިޙްތިރާމް އަސްކަރިއްޔާގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަށް ލިބިގެންވޭ

ރާއްޖޭގެދިފާއީ ބާރަށް އަމާޒުކޮށް، ހަގީގަތާ ޚިލާފް ޕްރޮޕެގެންޑާ ފެތުރުމުގެ ފުރުސަތެއް ނުދޭނެކަމަށް ޑިފެންސް މިނިސްޓްރީން ބުނެފިއެވެ.

ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ނަގަހައްޓާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ޒިންމާ ކޮނޑުގައި އަޅައިގެން ތިބ ރާއްޖޭގެ ގައުމީ ދިފާޢީ ބާރުގެ އިސް އޮފިސަރުންގެ އަގު ވައްޓާލާ، އެ އޮފިސަރުންނަކީ ކޮށްގެން ތިބި ހުވަޔާއި ޚިލާފުވާނެ ބައެއްގެ ގޮތުގައި ދައްކައި، ޒިންމާދާރު މީޑިއާއަކުން ނުކުރާނެފަދަ ދަށުދަރަޖައިގެ ހަޑިހުތުރު އަމަލުތައް ބައެއް މަދު މީޑިއާތަކުންނާއި ބައެއް ސިޔާސީ ފަރާތްތަކުން ކުރަމުންގެންދާ ގެންދިއުން އެންމެ ހަރުކަށި ޢިބާރާތުން އެމިނިސްޓްރީން ކުއްވެރިކުރާ ކަމަށެވެ.

ރާއްޖޭގެ ގައުމީ ދިފާއީ ބާރަށް އަމާޒުކޮށް، ހަގީގަތާ ޚިލާފް ޕްރޮޕެގެންޑާ ފަތުރާ، ރިޝްވަތުގެ އިލްޒާމް އަޅުވާ، ޒަމާނުއްސުރެ ދިވެހި އަސްކަރިއްޔާއަށް ދިވެހި ރައްޔިތުންގެ ހިތްތަކުގައި އޮންނަ އިތުބާރާއި އިޙްތިރާމާއި ޤަދަރު ނަގާލުމަށް ކުރަމުންގެންދާ މަސައްކަތަށް ފުރުޞަތު ނުދޭނެ ކަމަށް މިނިސްޓްރީންގެ ބަޔާނުގައިވެއެވެ. އަދި ދިވެހި އަސްކަރިއްޔާގެ އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނަކީ ގައުމީ ޚިދުމަތުގައި އިޚްލާސްތެރިކަމާއި ތެދުވެރިކަމާއެކު އެތައް އަހަރުތަގެއްގެ އަގުހުރި ޚިދުމަތްތަކެއް މި ޤައުމަށާއި ރައްޔިތުންނަށް ކޮށްދެއްވަމުން ގެންދަވާ، ދިވެހި ސަރުކާރުގެ ފުރިހަމަ އިތުބާރާއި އިޙްތިރާމް ލިބިގެންވާ ބޭފުޅުން ކަމަށް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

ދިވެހި އަސްކަރިއްޔާ އާއި ގުޅުވައި މިފަހަކަށް އައިސް ހަގީގަތާ ހިލާފު ވާހަކަތައް ބައެއް މީޑިއާތަކުން ދެއްކުން އާންމުވެފައިވާ އިރު، ގައުމީ ސަލާމަތާއި، ހާރިޖީ ގުޅުންތަކާ ބެހޭ ތޯތޯ އަދި ދޮގު ވާހަކަތައް މީޑިއާތަކުގައި ގެނައުން ބަލައި ނުގަނެވޭނެ ކަމަށް ބުނެ މޯލްޑިވްސް މީޑިއާ ކައުންސިލުން ވަނީ ބަޔާނެއް ނެރެފައެވެ.


Advertisement
- ކޮމެންޓް