ކ. މާލެ
|
18 މާރޗް 2021 | ބުރާސްފަތި 15:42
ވީއޭއެމުގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާ އިލްޔާސް ވަހީދު (އިއްލަ)
ވީއޭއެމުގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާ އިލްޔާސް ވަހީދު (އިއްލަ)
ސޯޝަލް މީޑިއާ
ވީއޭއެމުގެ އިންތިޚާބު
ރައީސް ކަމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު: އިއްލަ
 
މުޅި ރާއްޖެއަށް ވޮލީ ފުޅާކުރައްވާނެ ކަމަށް އިއްލަ ވިދާޅުވި
 
ފަހަތުގައި އޮތީ ވޮލީބޯޅަ އާއިލާ ތަމްސީލުކުރާނެ ޓީމެއް

ވޮލީބޯޅަ އެެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ރައީސްގެ މަގާމަށް ކުރިމަތިލަނީ ވަރުގަދަ ޓީމަކާއެކު ކަމަށް އިލްޔާސް ވަހީދު (އިއްލަ) ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމުޢިއްޔާ އެފްއައިވީބީ އާއި އޭޝިއަން ވޮލީބޯލް ކޮންފެޑެރޭޝަން (އޭވީސީ) އިސްވެ އޮވެ، އުފައްދާފައިވާ "އެޑްހޮކް ކޮމިޝަން" އިން ވަނީ ވީއޭއެމުގެ މައްސަލަ ނިންމުމާއެކު، ވީއޭއެމުގެ ނޯމަލައިޒިން ކޮމިޓީން އަންނަނީ ވީއޭއެމުގެ އިންތިޚާބު އަންނަ އޭޕްރީލް މަހުގެ އެއްވަނަ ދުވަހު ބޭއްވުމަށް މަސައްކަތްކުރަމުންނެވެ.

މީގެ ކުރިން 2008 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރަށް ވީއޭއެމުގެ ނައިބު ރައީސްގެ މަގާމު އަދާކުރެއްވި އިއްލަ، ރައީސް ކަމަށް ކުރިމަތިލާނެކަން އިޢުލާން ކުރައްމުން ވިދާޅުވީ އޭނާގެ ފަހަތުގައި އޮތީ ވަރުގަދަ ވޮލީބޯޅައިގެ ޓީމެއް ކަމަށާއި، އެ ޓީމު ވަރަށް އަވަހަށް އިޢުލާން ކުރައްވާނެ ކަމަށެވެ.

ވަރަށް ވަރުގަދަ ޓީމަކާއެކު ސީދާ ވޮލީގެ މީހުންނާއެކު އަޅުގަނޑު މި ނުކުންނަނީ. ބޭނުންވަނީ ވޮލީއަށް ބޮޑު ބަދަލެއް ގެނެސް، ވޮލީ އާއިލާއަށް އެކަން ދައްކައިދިނުން.
އިލްޔާސް ވަހީދު (އިއްލަ)

މީގެ ކުރިން ނިއު ރޭޑިއަންޓާއި ވިޗެންޒާއަށްވެސް ކުޅެފައިވާ އިއްލަ އޭރު ހިމެނިފައިވަނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ލިބަރޯ ކުޅުންތެރިންގެ ތެރޭގައެވެ. ސްކޫލުތަކުގެ މެދުގައި ވޮލީބޯޅައިގެ ފޯރި ގަދަވެގެންދިޔައިރު، އީޕީއެސް ސްކޫލުން ވޮލީބޯޅައިގެ ތަށި މިލްކުރިކުރި ޓީމުގެ ލިބަރޯއަކީވެސް އިއްލައެވެ.

އިއްލަ ވިދާޅުވީ ވޮލީބޯޅަ އަކީ އިންޑޯ ކުޅިވަރަކަށްވާއިރު، ވޮލީބޯޅަ މުބާރާތްތަކާއި ވޮލީގެ ގިނަކަންކަން ކުރަމުން ދަނީ މާލޭގައި ކަމަށާއި، އެކަން ބަދަލުކޮށް މުޅި ރާއްޖެއަށް ވޮލީބޯޅަ ފަތުރާލައި، ވޮލީބޯޅައިގެ ޙަޤީޤީ ފެންވަރު މުޅި ރާއްޖެ ހިމެނޭނެ ގޮތަށް އޭނާގެ ޓީމުން ނެރެދޭނެ ކަމަށެވެ.

ވޮލީބޯޅައަކީ މުޅި ރާއްޖޭގެ ކުޅިވަރެއް. މާލޭގައި ކުޅޭ ވޮލިބޯލަ މުޅި ރާއްޖެއަށް ފުޅާކޮށް، މުޅި ރާއްޖޭގެ ކުޅިވަރަށް ވޮލީ ހެދުމަކީ އަޅުގަނޑާއި އަޅުގަނޑު ޓީމު މިކަމަށް ކުރިމަތިލި ސަބަބު. ވޮލީބޯޅައިގެ އަސްލަށް ވާސިލުވެވޭނީ އަތޮޅުތެރެއަށް ވީހާވެސް ބޮޑަށް ވޮލީބޯޅަ ފުޅާކޮށްގެން.
އިލްޔާސް ވަހީދު (އިއްލަ)

އެންއެސްއޭ ވޮލީބޯޅަ ޕޫލުން ފެށިގެން ވޮލީބޯޅައިގެ ތެރޭގައި ހަރަކާތްތެރިވާ އިއްލައަކީ ވޮލީބޯޅައިގެ ރެފުރީއެއްގެ އިތުރުން ވޮލީބޯޅަ ކޯޗެކެވެ.

ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި އަހަރަކަށް ވުރެން ގިނަ ދުވަސްވެފައިވާ ވީއޭއެމުގެ މައްސަލަ އެފްއައިވީބީން ހައްލުކޮށް، ވީއޭއެމުގެ އިންތިޚާބު އަންނަ މަހު ބޭއްވުމަށް ނިންމާފައިވާއިރު، ރަސްމީކޮށް އަދި އިތުރު ކެންޑިޑޭޓެއް ރައީސް ކަމަށް ކުރިމަތިލާނެކަން އިޢުލާން ކޮށްފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
40%
0%
60%
0%
0%
ކޮމެންޓް
18 މާރޗް 2021 | ބުރާސްފަތި 23:20
ފިނިފެންމާގެ ސަޢީދު
މޮޅުވާހަކަދައްކާނެ ކޮންމެމީހަކު މަގާމުލިބުނީމަ މިހާރު ދައްކާއެއްވެސް ވާހަކައެއް ހަދާނެއްނުހުންނާނެ، އިއްލަގެ ނައިބުރައީސްކަމުގައި 5 އަހަރުވޭތުކުރިކަން މިލިޔުމުންއެގެން އެބައޮތް އެ 5 އަހަރު ކުރީކޮންކަމެއްބާ؟ އޭރުވެސް ބޮޑުޓީމެއްއޮތް އެޓީމުން ކުރިކަމަކީ ޤައުމީޓީމުން ހިތްކިޔާކުދިންނަށް ފުރުސަތުދީ އެކުދިންގޮވައިގެން ރިސޯޓުތަކަށްގޮސް މަޖާނެގުން ރިސޯޓުވޮލީގައި ތިޔަބައިގަޑު ބޭނުންވާކަންކަން ކޮށްދޭރިސޯޓުތަކުންބުނާގޮތަކަށް ކުޅުންތެރިންގެ ކަންކަންވެސް ކޮށްފަހުރީ އޭރުވެސްހިންގީ ޖަރީމާ ދެންވެސްކުރާނީ ހަމައެކަން ބޭނުންވަނީ މަޤާމު ވޮލީބޯޅަކުރިއަރުވުމެއްނޫން. ވަރަށްވެދުމާއި ސަލާމް