ކ. މާލެ
|
18 މާރޗް 2021 | ބުރާސްފަތި 11:57
މި އަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
މި އަހަރުގެ ޤައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ކޯޕަރޭޓް މޯލްޑިވްސް
ގައުމީ އިނާމަށް ނަން ހުށަހެޅުން
ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
ގައުމީ އިނާމަށް ހޭލުންތެރިކުރުވުމަށް ޚާއްސަ ޕްރޮގްރާމްތަކެއް
ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނާއި އޮފީހުގެ ވެބްސައިޓުން ލިބެންހުންނާނެ
ނަންހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މައިގަނޑު 33 ދާއިރާއަކުން

 މިއަހަރުގެ ގައުމީ އިނާމަށް ނަންހުށަހެޅުމުގެ ފުރުސަތު ގައުމީ އިނާމާބެހޭ ކޮމިޓީން ހުޅުވާލައިފިއެވެ.

ގައުމީ އިނާމާބެހޭ ކޮމެޓީން ބުދަދުވަހު ވަނީ، ގައުމީ އިނާމާބެހޭ ލިޔުން ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފައެވެ. އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަަރުވެސް ނަންހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ މައިގަނޑު 33 ދާއިރާއަކުންނެވެ.

މީގެއިތުރުން، ގައުމީ އިނާމަށް އެދޭ އަމިއްލަ ފަރާތްތަކުންނާއި، ގައުމީ އިނާމަށް އެހެން ފަރާތެއްގެ ނަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުންނާއި، ކުންފުނި، ޖަމުއިއްޔާ ޖަމާއަތް ފަދަ ތަންތަނުން ސަރުކާރުގެ އިދާރާއެއް މެދުވެރިނުކޮށް، އެކަމަށް ކަނޑައެޅިފައިވާ ފޯމުން، ނަން ހުށަހެޅުމުގެ ފުރުސަތު މިއަހަރު ވެސް ވަނީ ހުޅުވާލާފައެވެ. އަދި ސަރުކާރުގެ އިދާރާތަކުންނާއި، މިނިވަން މުއައްސަސާތަކުން ވެސް ގައުމީ އިނާމަށް ނަން ހުށަހެޅޭ ގޮތަށްވަނީ ހަމަޖައްސާފައެވެ.

މިކަމާގުޅޭ ފޯމު ރަސްމީ ގަޑީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ލިބެންހުންނާނެ ކަމަށާއި، އަދި އެއޮފީހުގެ ވެބްސައިޓުން ވެސް ޑައުންލޯޑުކުރެވެން ހުންނާނެކަމަށް، ރައީސް އޮފީހުން މައުލޫމާތުދެއެވެ.

ގައުމީ އިނާމާބެހޭ މައުލޫމާތުދީ ހޭލުންތެރިކުރުވުމަށް ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކޮށް ޚާއްސަ ޕްރޮގްރާމްތަކެއް މިއަހަރުވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ. އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް މައުލޫމާތު ދިނުމަށްވެސް ގައުމީ އިނާމާބެހޭ ކޮމިޓީން ވަނީ ނިންމާފައެވެ.


Advertisement
- ކޮމެންޓް