ކ. މާލެ
|
17 މާރޗް 2021 | ބުދަ 14:49
މެންބަރު ހުސެއިން މުހައްމަދު ލަތީފް
މެންބަރު ހުސެއިން މުހައްމަދު ލަތީފް
ރައްޔިތުންގެ މަޖިލިސް
މާލިއްޔަތު ކޮމިޓީއަށް ބަދަލު ގެނައުން
މާލިއްޔަތު ކޮމިޓީއަށް މެންބަރު އަހުމަދު ސަލީމުގެ ބަދަލުގައި މެންބަރު ހުސެއިން މުހައްމަދު ލަތީފު ހަމަޖައްސައިފި
 
މި ކޮމިޓީގެ މުގައްރިރަކީ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒް
 
މާލިއްޔަތު ކޮމިޓީގައި ތިއްބަވަނީ 14 މެންބަރުން

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ޕީޕީއެމަށް ނިސްބަތްވާ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމުގެ ބަދަލުގައި ހަމަ އެ ޕާޓީއަށް ނިސްބަތްވާ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފު ހަމަޖައްސައިފިއެވެ.

މިކަން އިއުލާނު ކުރައްވަމުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 131 ވަނަ މާއްދާގެ (ށ)ގައިވާ ގޮތުގެ މަތިން މާލިއްޔަތު ކޮމިޓީއަށް ބަދަލެއް އައިސްފައިވާ ކަމަށެވެ.

މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ތިއްބަވަނީ 14 މެންބަރުންނެވެ. އެއީ އެމްޑީޕީއަށް ނިސްބަތްވާ 9 މެންބަރުންނާއި ޖުމްހޫރީ ޕާޓީ، ޕީއެންސީ. އެމްޑީއޭ އަދި ޕީޕީއެމް، މިއިން ކޮންމެ ޕާޓީއަކުން މެންބަރަކާއި އަމިއްލަ އެއް މެންބަރެކެވެ. މި ކޮމިޓީގެ މުގައްރިރަކީ ކިނބިދޫ ދާއިރާގެ މެންބަރު މުހައްމަދު ނާޝިޒެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ކޮމިޓީތަކުގައި ކޮންމެ ޕާޓީއަކަށް ވެސް ނިސްބަތްވާ މެންބަރުން ވަކި އަދަދަކަށް ތިބެންޖެހޭއިރު އެ މެންބަރުން ނިންމާނީ އެ ޕާޓީއަކުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިމާދު ލަތީފް
100%
0%
0%
0%
0%
0%
ކޮމެންޓް