ރާއްޖޭގެ 55 ރަށެއްގައި މިވަގުތު ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ ދީފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފިއެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިވަގުތު ގެސްޓްހައުސް ހުޅުވުމުގެ ހުއްދަ ނުދީ ވަނީ 26 ރަށެއްގައެވެ.
ގެސްޓް ހައުސް ހުޅުވުމަށް ހުއްދަ ނުދީވާ ރަށްތައް:
- ހއ. ދިއްދޫ
- ހއ. ހޯރަފުށި
- ހދ. ކުޅުދުއްފުށި
- ހދ. މަކުނުދޫ
- ހދ. ނޮޅިވަރަންފަރު
- ށ. ބިލެއްފަހި
- ށ. ކޮމަންޑޫ
- ނ. ވެލިދޫ
- ރ. މާކުރަތު
- ރ. ހުޅުދުއްފާރު
- ރ. ރަސްގެތީމު
- ބ. ކެންދޫ
- ޅ. ކުރެންދޫ
- ޅ. ނައިފަރު
- ޅ. އޮޅުވެލިފުށި
- ވ. ރަކީދޫ
- މ. މުލި
- މ. މަޑުއްވަރީ
- ފ. މަގޫދޫ
- ދ. ރިނބުދޫ
- ތ. ވޭމަންޑޫ
- ތ. ގާދިއްފުށި
- ގއ. މާމެންދޫ
- ގއ. ދާންދޫ
- ގއ. ނިލަންދޫ
- ގދ. ވާދޫ
ރާއްޖޭގައި މުޅި ޖުމްލަ 585 ގެސްޓްހައުސްއެއް އަންނަނީ ހިންގަމުންނެވެ. މީގެތެރެއިން މިހާތަނަށް 375 ގެސްޓްހައުސް ހުޅުވާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ބުންޏެވެ.
ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަން ހުއްޓުމަކަށް އައިސްފައި އޮތުމަށްފަހު އަލުން ހިނގައިގަތްއިރު އެންމެ ފުރަތަމަ އޮޕަރޭޓްކުރަން ފެށީ ރިސޯޓުތަކާއި ސަފާރީތަކެވެ. އަތޮޅުތެރޭގެ ރަށްތަކުގެ ގެސްޓްހައުސްތައް ހުޅުވުމުގެ ފުރުސަތު އޮކްޓޫބަރު މަހުގެ 15 ވަނަ ދުވަހު ދީފައިވާއިރު، މާލެ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވާފައިވަނީ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ.