ކޮވިޑް-19ށް ޕޮޒިޓިވްވާ މީހުން 100ށް ވުރެ ދަށްވި ނަމަވެސް ބަލީގެ ނުރައްކާ ކުޑަ ނުވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނެފިއެވެ.
އާދިއްތަ ދުވަހުގެ ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބަދައްލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ އާދިއްތަ ދުވަހުގެ ރޭ އަދި ހޮނިހިރު ދުވަހުގެ ރޭ 100ށްވުރެ ދަށުން ކޮވިޑް-19ގެ ކޭސްތައް ރިޕޯޓުކުރެވުނު ކަމުގައިވީ ނަމަވެސް ބަލީ ނުރައްކާ ކުޑަ ނުވާ ކަމަށާއި، އަދި ނުރައްކަލުން އަރައިނުގަނެވޭ ކަމަށެވެ.
ޑރ. ނަޒްލާ މިހެން ވިދާޅުވެފައި މިވަނީ 100ށްވުރެ ދަށުން ފާއިތުވި ދެ ދުވަހު ކޭސްތައް ރިޕޯޓު ކުރުމާ ގުޅިގެންނެވެ. އެގޮތުން އާދިއްތަ ދުވަހުގެ ރޭ 96 އަދި ހޮނިހިރު ދުވަހުގެ ރޭ 94 މީހަކު ބައްޔަށް ޕޮޒިޓިވްވެގެން ވަނީ ރިޕޯޓުކޮށްފައެވެ.
އަޅުގަނޑުމެން ދެރެއަކު މިކޭސްތައް 90ށް ވުރެ ހިފެހެއްޓިފައި 100ށްވުރެ ދަށުގައި. މީގެ މާނައަކީ އަޅުގަނޑުމެން އެއްކޮށް މި ނުރައްކަލުން އަރައިގެނެވުނީއެއް ނޫން. އަދިވެސް އަޅުގަނޑުމެން އަޅާފައިވާ ފިޔަވަޅުތަކަށް އަމިއްލައަށް ރައްކާތެރިވުމަށް ކުރަންޖެހޭ ކަންތައްތައް ހަމަކުރިއަށް ގެންދަން ޖެހޭއެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު
ބަލިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ފަރުވާ ކުޑަނުކުރުމަށް އިލްތިމާސްކޮށް ޑރ. ނަޒްލާ ވިދާޅުވީ މާސްކް އެޅުމަށާއި، އިޖްތިމާޢީ ގައިދުރު ކަމަށް ޚާއްސަ ސަމާލުކަން ދިނުމަށް އެދޭ ކަމަށެވެ. ގިނަ ބަޔަކު އެއްވެ ނޫޅުމަށާއި، އާއްމު ޚިދުމަތްދޭ ތަންތަން ކަމުގައިވާ ފިހާރަ، ސެލޫން އަދި ރެސްޓޯރެންޓް ފަދަ ތަންތަނުން ޚިދުމަތް ހޯދުމުގައި ވެސް ސަމާލުވާން ޖެހޭ ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ. އަދި އެތަނަކަށް ކަނޑައަޅާފައިވާ އަދަދަށްވުރެ ގިނަ މީހުން ނުވަނުމަށް ވެސް ޑރ. ނަޒްލާ އިލްތިމާސްކުރެއްވިއެވެ.
ކޮވިޑް-19ގެ ތިންވަނަ ރާޅާއެކު ކޭސްތައް އިތުރުވުމާއެކު ބަލި ކޮންޓްރޯލް ކުރުމަށް ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން އިރުއޮއްސި 6:00ން ހެނދުނު 6:00ށް ވެހިކަލް ދުއްވުން މަނާކޮށްފައިވާއިރު، ރޭގަނޑު 11:00ން 4:30ށް ދަނީ ކާފިއު ހިންގަމުންނެވެ. އަދި ރޭގަނޑު 8:00 ގައި ރެސްޓޯރެންޓް/ކެފޭތަކުން ޑައިންގެ ޚިދުމަތް ދިނުން ވަނީ މަނާކޮށްފައެވެ.