ކ. މާލެ
|
15 މާރޗް 2021 | ހޯމަ 10:22
މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު
މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު
މަޖިލިސް
ކުއްލި މައްސަލަ
އެޗްޕީއޭގެ ގައިޑްލައިންތަކުގެ ސަބަބުން ވިޔަފާރިތަކަށް ގެއްލުންވަމުން ދާ ކަމަށް ބުނެ ހުށަހެޅި ކުއްލި މައްސަލަ ބަލައިގެންފި
 
މި މައްސަލައަށް ބަހުސް ކުރަން ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވާފައިވޭ
 
މި ކުއްލި މައްސަލަ މަޖިލީހުން ބަލައިގަތީ މި މައްސަލައަށް ބަހުސް ކުރުމަށް ފެނޭތޯ ނެގުނު ވޯޓުގައި ބައިވެރިވި 38 މެންބަރުންގެ ތެރެއިން 37 މެންބަރުންގެ ވޯޓުން

ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކުގެ ސަބަބުން ކެފޭ، ރެސްޓޯރަންޓް އަދި ވިޔަފާރިތަކަށް ލިބެމުންދާ ގެއްލުން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ހުށަހެޅުއްވި ކުއްލި މައްސަލަ ރައްޔިތުންގެ މަޖިލީހުން ބަލައިގެންފިއެވެ.

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ކުއްލި މައްސަލަ މަޖިލީހުން ބަލައިގަތީ މި މައްސަލައަށް ބަހުސް ކުރުމަށް ފެނޭތޯ ނެގުނު ވޯޓުގައި ބައިވެރިވި 38 މެންބަރުންގެ ތެރެއިން 37 މެންބަރުންގެ ވޯޓުންނެވެ. މި މައްސަލައަށް ބަހުސް ކުރަން ނުފެންނަ ކަމަށް އެއް މެންބަރަކު ވޯޓު ދެއްވާފައިވެއެވެ.

މި މައްސަލަ ހުށަހަޅުއްވަމުން މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ވިދާޅުވީ ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކުގެ ސަބަބުން ރާއްޖޭގެ އެކި ރަށްރަށާއި މާލެ ސަރަޙައްދާއި ވަކިން ޚާއްޞަކޮށް މާލޭގައި ވިޔަފާރިކުރާ އެތައް ފަރާތެއް ގޮތްހުސްވަމުން ދާ ކަމަށެވެ.

ވިޔަފާރިތައް (ކެފޭ ރެސްޓޯރަންޓާއި ކުދި ވިޔަފާރިތަކުގެ ގޮތުގައި ޙަރަކާތްތެރިވާ ފިހާރަ)ތަކުގެ އިތުރަށް، ޓެކްސީ، ޕިކަޕް އަދި އެއްގަމު ދަތުރުފަތުރުގެ ޚިދްމަތްދޭ ފަރާތްތަކާއި، ކަނޑު ދަތުރުފަތުރުތަކާއި، މުދާ އުފުލާ ފަރާތްތަކުގެ އިތުރަށް، މުދާ އެއްތަނުން އަނެއްތަނަށް ގެންދިއުމުގެ ޚިދުމަތުގައި ހިމެނޭ ލޮޖިސްޓިކްސް ޚިދުމަތާއި، މަޖޫރީންގެ ޚިދުމަތާއި، އެ ޚިދުމަތްތަކާ ގުޅިފައިވާ އެތައް ވިޔަފާރިތައް ހީނަރުވެ ނެތެމުންދާތީ މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށްޓަކައި ،ރައްޔިތުންގެ މަޖިލީހުގެ ޤަވައިދުގެ 110ވަނަ މާއްދާގެ ދަށުން މި ކުއްލި މައްސަލަ ހުށައަޅަން
މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
0%
100%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަޖިލީހަށް ކުރިމަތިލި ކެންޑިޑޭޓުން މާލީ ބަޔާން ހުށަހެޅުމުގެ ސުންގަޑި ކައިރިވެފައިވާއިރު، 60ށް ވުރެ ގިނަ ކެންޑިޑޭޓުން މާލީ ބަޔާން ހުށަހަޅައިފި
ޗައިނާގެ ވައިސް ޗެއަރމަން އޮފް ދަ ސްޓޭންޑިންގ ކޮމިޓީ އޮފް ޔުނާން ޕްރޮވިންޝިއަލް ޕީޕަލްސް ކޮންގްރެސް، މަޖިލީހުގެ ރައީސާއި ބައްދަލުކުރައްވައިފި
އުފެއްދުންތެރި މަޖިލީހެއްގެ ގޮތުގައި މަސައްކަތްކުރާނެ މަޖިލީހަކަށް 20 ވަނަ މަޖިލިސް ވެގެން ނުދާނެ - އަބްދުﷲ ވަހީދު
މިއަދު ސިޔާސީ މަޤާމުތަކަށް އައްޔަނުކުރާ މީހުންގެ މައުލޫމާތަކީ ވަންހަނާ، ސިއްރު މައުލޫމާތު: މީކާއީލް
އެމްޑީޕީން ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހިންގުން ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތައް ކުރާނެ: ނިޔާޒު
މަޖިލިސް އިންތިޚާބުން އެނގުނީ ސަރުކާރު ޖަވާބުދާރީކުރުވާނީ ސީދާ ރައްޔިތުންގެ ވޯޓުންކަމަށް ރައްޔިތުން ޤަބޫލުކުރާކަން - ނިޔާޒް
ރޭޕް އެވިޑެންސް ކިޓް ބޭނުންކުރުން ލާޒިމްކުރަން ހުށަހެޅުން - ޖިންސީ ގޯނާގެ މައްސަލަތައް ހައްލުކުރަން އެޅޭ މުހިންމު ފިޔަވަޅެއް
ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް ޒަރީރު އައްޔަންކުރަން ރުހުންދީފި