ކ. މާލެ
|
14 މާރޗް 2021 | އާދީއްތަ 12:50
ެެއެޗްއާރްސީއެމްގެ އައު މެމްބަރުން
ެެއެޗްއާރްސީއެމްގެ އައު މެމްބަރުން
ރައީސް އޮފީސް
އެޗްއާރްސީއެމްގެ މަސައްކަތްތައް
އެޗްއާރްސީއެމްގެ އައު ދައުރާ ހަވާލުވިއިރު ހުރި ހުރިހާ މައްސަލަތަކެެއް އެއް މަސްދުވަހުގެ ތެރޭގައި ވަނީ ބަލާފައި
 
ބިދޭސީންގެ ހައްޤުތައް ހިމާޔަތްކުރުމަށް މިއަހަރު ނެޝަނަލް އިންކުއަރީއެއް ފަށަން ވަނީ ނިންމާފައި
 
ކުޑަކުދިންނާ ގުޅޭ މައްސަލަތަކާއި، ވަޒީފާގެ މާޙައުލުގައި އިންސާނީ ހައްޤުތައް ގެއްލުމުގެ މައްސަލަ ރިޕޯޓްކުރި އަދަދު ވަނީ އިތުރުވެފައި
 
އެޗްއާރްސީއެމްގެ ފަސް ވަނަ ދައުރާ މެމްބަރުން ހަވާލުވެފައިވަނީ ސެޕްޓެމްބަރ މަހުގެ 8 ވަނަ ދުވަހު

ހިއުމަން ރައިޓް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރްސީއެމްގެ ފަސްވަނަ ދައުރާ ހަވާލުވިއިރު ހުރި ހުރިހާ މައްސަލަތަކެެއް އެއް މަސްދުވަހުގެ ތެރޭގައި ބަލައި ނިންމާފައިވާކަމަށް އެ ކޮމިޝަނު ހާމަކޮށްފިއެވެ.

އެޗްއާރްސީއެމުން ވަނީ އެ އިދާރާގެ 2020 ވަނަ އަހަރުގެ މަސައްކަތްތަކުގެ ތަފްޞީލު ހާމަކޮށް އަހަރީ އާންމު ރިޕޯޓު ނޫސްވެރިންނާ ހިއްސާކޮށްފައެވެ. މި ރިޕޯޓްގައި ހުރި ކަންކަން ފާހަގަކޮށް އެޗްއާރްސީއެމްގެ ފަސް ވަނަ ދައުރުގެ 4 މެމްބަރުން ބައިވެރިވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ވޭތުވެ ދިޔަ އަހަރުގެ ސެޕްޓެމްބަރ މަހުގެ 8 ވަނަ ދުވަހު ކޮމިޝަނާ ހަވާލުވުމަށް ފަހު ގިނަ މަސައްކަތްތަކެއް ކޮށްފައިވާކަމަށެވެ. އެގޮތުން ކޭސް މެނޭޖްމަންޓް ސިސްޓަމް ވަރުގަދަކުރުމާއި، މައްސަލަ ބެލުމުގެ ކަންކަން ހަރުދަނާކުރުމަށް މުއައްސަސާތަކާ ގުޅިގެން މަސައްކަތްކޮށްފައިވާކަން މެމްބަރުން ފާހަގަކުރިއެވެ. އެޗްއާރްސީއެމްގެ މެމްބަރުން ވަނީ ފަސްވަނަ ދައުރާއި މެމްބަރުން ހަވާލުވިއިރު ހުރި ހުރިހާ މައްސަލަތަކެެއް ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން އެޓެންޑްވެ ބަލާފައިވާކަމަށް ބުނެފައެވެ.

2020 ވަނަ އަހަރު އައު ކޮމިޝަނުން އަމިއްލައަށް އިސްނަގައިގެން 157 މައްސަލައަކާއި، ކޮމިޝަނަށް ހުށަހަޅައިގެން 510 މައްސަލައެއް ބަލާފައިވާކަމަށް ވިދާޅުވިއެވެ. މިދިޔަ އަހަރު އޭގެ ކުރީ އަހަރާއި އަޅާބަލާއިރު، ކުޑަކުދިންނާ ގުޅޭ މައްސަލަތަކާއި، ވަޒީފާގެ މާޙައުލުގައި އިންސާނީ ހައްޤުތައް ގެއްލުމުގެ މައްސަލަތަކުގެ އިތުރުން ބިދޭސީންގެ އަސާސީ ހައްޤުތައް ގެއްލިގެން ބަލާފައިވާ މައްސަލަތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަން 2020 ވަނަ އަހަރުގެ އަހަރީ ރިޕޯޓުން ވަނީ ހާމަވެފައެވެ. މީގެ ތެރެއިން ވެސް ބިދޭސީންނާ ދެކޮޅަށް ހިންގޭ ލާއިންސާނީ އަމަލުތައް އިތުރުވެފައިވާކަން ފާހަގަކޮށް އެޗްއާރްސީއެމުން ވަނީ މިކަންކަން ހުއްޓުވުމަށް ނެޝަނަލް އިންކުއަރީއެއް މިއަހަރު ފަށަން ނިންމާފައިވާކަން ހާމަކޮށްފައެވެ.

މީގެ އިތުރުން ރާއްޖޭގައި އިންސާނީ ހައްޤުތަކުގެ ކަންކަން އިތުރަށް ހަރުދަނާކޮށް، އާންމުން މި ހައްޤުތަކަށް އިތުރަށް އަހުލުވެރިކުރުވުމަށް އިންޓަގްރޭޓެޑް ހިއުމަން ރައިޓްސް ޕްރޮގްރާމެއް ފެށުމަށް އެޗްއާރްސީއެމުން ދަނީ ތައްޔާރުވަމުންނެވެ. ކޮމިއުނިޓީ އެންގޭޖްމަންޓް ސްޓްރެޓަޖީގެ ދަށުން ހިންގާ މި ޕްރޮގްރާމްގައި ހުރިހާ އުމުރުފުރާއެއްގެ އެކި ގްރޫޕްތަކަށް ނިސްބަތްވާ، މުޖުތަމަޢުގެ އެންމެން ޝާމިލުކުރުމަށް އަމާޒު ހިފާފައިވާކަމަށް އެ ކޮމިޝަނުން ހާމަކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނަހްދާ އާދަމް
0%
100%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
ސިޔާސީ މަސްރަޙު ހަލަބޮލިނުވާނޭހެން އަމަލުތައް ބެހެއްޓުމަށް އެޗްއާރުސީއެމްއިން އިލްތިމާސްކޮށްފި
އިންތިހާބުވާ ޕާޓީ ނޫން ޕާޓީއަކަށް ސޮއިކޮށްފިނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލެންވާނެ ކަމަށް 73 އިންސައްތަ މީހުން ގަބޫލުކުރޭ
މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރަންޖެހޭކަމަށް 68 އިންސައްތަ މީހުން ގަބޫލުކުރޭ - އެޗްއާރުސީއެމް
މަޖިލިސް އިންތިހާބުގައި ޔަގީންކަމާއެކު ވޯޓުލާނެކަމަށް ބުނެފައިވަނީ 68 އިންސައްތަ މީހުން - ދިރާސާ
އެޗްއާރްސީއެމްގެ މެންބަރުންތަކެއްގެ އީމެއިލް ޑީއެކްޓިވޭޓްކުރި މައްސަލައިގައި މުވައްޒަފު ސަސްޕެންޑް ކުރީ ރަނގަޅަކަށް ނޫން
ފްލެޓް ލިބޭ ކަމަށް ކަނޑައަޅާފައިވާ މީހުންގެ ލިސްޓު ބާތިލުނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިން - އެޗްއާރްސީއެމް
ހިއުމަން ރައިޓްސް ކޮމިޝަން ގާއިމު ކުރިތާ 20 އަހަރު ފާހަގަކުރުމަށް ފޮޓޯ މައުރަޒެއް
އިންސާފުވެރިކަމާއެކު، މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ގާނޫނީ އޮނިގަނޑުގައި ހިމަނަން އެޗްއާރްސީއެމްއިން ލަފާދީފި