ސްރީލަންކާގައި މޫނު ބުރުގާއެޅުން މަނާކޮށް، އިސްލާމީ ތައުލީމު ދޭ 1،000 ސްކޫލު ބަންދުކުރުމަށް އެގައުމުގެ ކެބިނެޓަށް ހުށަހަޅާފައިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފިއެވެ.
އެ ގައުމުގެ ބްލިކް ސެކިއުރިޓީ މިނިސްޓަރ ސަރާތް ވީރަސެކެރާއާ ހަވާލާދީ އެ ގައުމުގެ ނޫސްވަތަކުން ރިޕޯޓުކޮށްފައިވާގޮތުގައި، ފަނަރަރަހާހަށްވުރެ ގިނަ ދިވެހިން ދިރިއުޅުމުން އަންނަ ލަންކާގައި އެ ފިޔަވަޅު އެޅުމަށް ކެބިނެޓް ޕޭޕަރުގައި ސޮއިކޮށް ވަނީ ހުށަހަޅާފައެވެ. އޭނާ ވިދާޅުވީ، މީގެ ކުރީގައި މުސްލިމް އަންހެނުން އެއްގޮތަކަށްވެސް ބުރުގާ ނާޅާ ކަމަށާއި، މިހާރު ބުރުގާ އަޅައިގެން އުޅުން އެއީ ހައްދުފަހަނަ އަޅައި ދިއުމުގެ ނިޝާނެއް ކަމަށެވެ. އަދި މޫނު އެޅުން މަނާކުރީ އެކަން ފެތުރުނަ ނުދޭނެ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މޫނު ބުރާގާ މަނާކުރުމުގެ އިތުރުން ރަޖިސްޓްރީނުކޮށް ހިންގަމުން އަންނަ 1،000 އިސްލާމިކް ސްކޫލްތައްވެސް ބަންދުކުރާނެ ކަމަށެވެ.
2019 ވަނަ އަހަރު ލަންކާގައި ހޮޓަާތަކާއި ޗާޗުތައް ގޮއްވާލުމުގެ ޓެރަރިސްޓް ހަމަލާއަށް ފަހު އެގައުމުގައި މޫނު ބުރުގާ އެޅުން ވަގުތީ ގޮތުން މަނާކުރިއެވެ. ކްރިސްޓިއަނުންގެ ފައްޅިތަކަށް އަމާޒުކޮށްގެން ދިން އެ ހަމަލާގައި 250 މީހުން ވަނީ މަރާލާފައެވެ.