ކ. މާލެ
|
13 މާރޗް 2021 | ހޮނިހިރު 20:15
އިދިކޮޅު ކޯލިޝަނުން ހުކުރު ދުވަހު ކުރިޔަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ބަޔަކު ހައްޔަރުކޮށްގެން ގެންދަނީ
އިދިކޮޅު ކޯލިޝަނުން ހުކުރު ދުވަހު ކުރިޔަށް ގެންދިޔަ މުޒާހަރާގެ ތެރެއިން ބަޔަކު ހައްޔަރުކޮށްގެން ގެންދަނީ
ޕީޕީއެމް
އިދިކޮޅު މުޒާހަރާ
އިދިކޮޅު މުޒާހަރާއިން ހައްޔަރުކުރި މީހުން ޖޫރިމަނާކުރުމަށްފަހު ދޫކޮށްލައިފި
 
25 މީހަކު މުޒާހަރާގެ ތެރެއިން ވަނީ ހައްޔަރުކޮށްފައި
 
އެ މީހުން ޖޫރިމަނާކޮށްފައިވަނީ އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފުވެގެން

ހުކުރު ދުވަހު އިދިކޮޅު ޕީޕީއެމް/ޕީއެންސީން ބޭއްވި މުޒާހަރާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހުން ޖޫރިމަނާކުރުމަށްފަހު ދޫކޮށްލައިފިއެވެ.

އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހިމެނިވަޑައިގަންނަވާ ގޮތަށް 25 މީހަކު މުޒާހަރާގެ ތެރެއިން ހައްޔަރުކޮށްފައިވެއެވެ. ފުލުހުން ބުނީ ހުކުރު ދުވަހު މުޒާހަރާގެ ތެރެއިން ހައްޔަރުކުރި 25 މީހުންވެސް ދޫކޮށްލާފައިވާ ކަމަށެވެ. އަދި މި އެންމެންވެސް ދޫކޮށްލާފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގައިޑްލައިނާ ޚިލާފުވެފައިވާތީ ޖޫރިމަނާ ކުރުމަށްފަހުގައި ކަމަށެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން އަންނަނީ ސިލްސިލާކޮށް މާލެ ސިޓީގެ އިތުރުން އަތޮޅު ތެރޭގެ ބައެއް ރަށްތަކުގައިވެސް މުޒާހަރާ ކުރަމުންނެވެ. ނިމިގެންދިޔަ ހުކުރު ދުވަހު ކުރިޔަށްގެންދިޔަ މުޒާހަރާގެ ތެރެއިން 39 މީހަކު ހައްޔަރުކުރިއެވެ. އަދި މިދިޔަ ހަފުތާގައި ހައްޔަރުކުރި މީހުން ކޮވިޑަށް ޓެސްޓުކުރުމަށް އެދުމުން އެކަމަށް އިންކާރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި ޓެސްޓުކުރުމަށް އިންކާރުކުރުމުން އެމީހުންގެ ސާމްޕަލް ނަގާފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މުޒާހަރާތަކުން ހައްޔަރުކުރާ މީހުން ފުލުހުން އަންނަނީ އެޗްޕީއޭގެ ގައިޑްލައިނާ ޚިލާފުވުމުން 1،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށްފަހު ދޫކޮށްލަމުންނެވެ.

އިދިކޮޅުގެ މުޒާހަރާތަކާއި ގުޅިގެން ފުލުހުން ބުނަމުން އަންނަނީ އެޗްޕީއޭގެ އެންގުންތަކާ ޚިލާފުވެ، އާންމު ރައްޔިތުންގެ ސިއްހަތު ނުރައްކަލުގެ ތެރެއަށް ހުށަހެޅޭގޮތަށް އަމަލުތައް ބަހައްޓާ ފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އަޅާނެކަމަށެވެ. މީގެ އިތުރުން އިދިކޮޅުން ކުރިއަށްގެންދާ މުޒާހަރާތަކަކީ އެޗްޕީއޭގެ ގައިޑްލައިނާ އަދި ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ ޤާނޫނާވެސް ޚިލާފަށް ބާއްވަމުން އަންނަ އެއްވުންތަކެއް ކަމަށް ފުލުހުން ބުނެއެވެ.

މާލެ ސިޓީގައި ކޮވިޑުގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި އެޗްޕީއޭއިން ވަނީ މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައްވެސް ވަރުގަދަކޮށްފައެވެ. އެގޮތުން އެއްފަހަރާ 5 މީހުންނަށްވުރެ ގިނަ މީހުން އެއްނުވުމާއި، ކޮވިޑުން ރައްކާތެރިވުމަށް ހާއްސަ ފިޔަވަޅުތަކެއްވެސް ވަނީ އަޅާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އިސްމާޢީލް ޝާހް
0%
0%
33%
0%
33%
33%
ކޮމެންޓް
ގުޅުންހުރި
ކަނޑުމަތީގައި ހިންގާ ޓެރަރިޒަމްގެ އަމަލުތަކުގައި ފުލުހުން އަމަލުކުރާނެ ގޮތުގެ ތަމްރީނު ޕްރޮގްރާމެއް ހިންގައިފި
ހުޅުމާލޭގައި ވެހިކަލެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ މަރުގައި ތުހުމަތު ކުރެވޭ ފަދަ އެއްވެސް ކަމެއް ނެތް
މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހުންގެ ބަންދަށް 15 ދުވަސް ޖަހަައިފި
ބަނޑޭރިކޮށީގައި މަރުވެފައި އޮތް މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ދަނީ ކުރަމުން: ފުލުހުން
މިސަރުކާރުގައި ޑިމޮކްރަސީ އާއި ރައްޔިތުންގެ ފައިދާއަށް މަސައްކަތް ކުރާ ތަނެއް ނުފެނޭ: ޝަރީފް
ބުޅަލަކަށް އަނިޔާކޮށް، އުސްފާރެއްގެ މަތިން ހޫރާލި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފި
ހުޅުމާލޭގައި ޕާކުކޮށްފައި އޮތް ވޭންއެއްގައި މަރުވެފައި އޮތް މީހަކު ފެނިއްޖެ
އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތުގައި ބާރު ހިންގި މީހަކު ހޯދަން އިޢުލާންކޮށްފި