ކ. މާލެ
|
13 މާރޗް 2021 | ހޮނިހިރު 07:05
ފްރާންސްގައި މީހެއްގެ ސާމްޕަލް ނަގަނީ
ފްރާންސްގައި މީހެއްގެ ސާމްޕަލް ނަގަނީ
ރޮއިޓަރސް
ކޮވިޑް-19 ފްރާންސްގެ ހާލަތު
ފްރާންސްގެ ޕެރިސް ހިމެނޭ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ގޯސްވެ ފިޔަވަޅުތައް ވަރުގަދަކުރަނީ
 
ޕެރިސް އާއި ވަށައިގެންވާ ހިސާބުތަކުގެ ސިއްހީ އޮފިޝަލުން ބުނާގޮތުގައި އެސަރަހައްދުގެ ހޮސްޕިޓަލްތަކަށް ވަނީ ބާރުބޮޑުވެފައި
 
އައިސީޔޫގައި ފަރުވާ ދެމުންދާ މީހުންގެ އަދަދުތައް ނޮވެމްބަރ މަހުގެ 26ގެ ފަހުން ފުރަތަމަ ފަހަރަށް ވަނީ 4000ށް ވުރެ މަތިވެފައި
 
މިހާތަނަށް އައިއިރު އެގައުމު އަލުން ލޮކްޑައުންކުރާނެކަން ހާމަކޮށްފައެއްނުވޭ

ފްރާންސްގެ ވެރިރަށް ޕެރިސް ހިމެނޭ ސަރަހައްދުގައި ކޮވިޑް-19ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާކަމަށާއި ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމަށް ތައްޔާރުވެފައިވާކަމަށް އެގައުމުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެއެވެ.

އެހެންނަމަވެސް ކާފިއު އިތުރަށް ވަރުގަދަކުރުން ނުވަތަ ލޮކްޑައުން އަކަށްދާނެ ކަމަކަށް ބޮޑު ވަޒީރު ވިދާޅެއްނުވެއެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވަމުން ދިޔަނަމަވެސް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮންގެ ސަރުކާރުން އަދި މިހާތަނަށް އައިއިރު އެގައުމު އަލުން ލޮކްޑައުން ކުރާނެކަން ހާމަކޮށްފައެއްނުވެއެވެ. އެހެންނަމަވެސް ހާލަތު ގޯސް ހިސާބުތަކުގައި އަންނަނީ ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ. ނަމަވެސް ޕެރިސްގައި ފިޔަވަޅުތައް ވަރުގަދަކޮށްފައެއްނުވެއެވެ.

މިހާރު ޕެރިސްގެ ހާލަތު ގޯސްވުމާއި ގުޅިގެން އެސަރަހައްދުގައި ދިރިއުޅޭ މީހުން މާސްކު އެޅުމަށާއި ގައިދުރުކަން ގެންގުޅުމަށް ސަރުކާރުން ވަނީ ބާރުއަޅާފައެވެ.

އައިސީޔޫގައި ފަރުވާ ދެމުންދާ މީހުންގެ އަދަދުތައް ނޮވެމްބަރ މަހުގެ 26ގެ ފަހުން ފުރަތަމަ ފަހަރަށް ވަނީ 4000ށް ވުރެ މަތިވެފައެވެ. މީގެތެރެއިން 1100 މީހުންނަކީ ހަމައެކަނި ޕެރިސް ހިމެނޭ ސަރަހައްދުގެ އައިސީޔޫތަކުގައި ތިބި މީހުންނެވެ.

ޕެރިސް އާއި ވަށައިގެންވާ ހިސާބުތަކުގެ ސިއްހީ އޮފިޝަލުން ބުނާގޮތުގައި އެސަރަހައްދުގެ ހޮސްޕިޓަލްތަކަށް ވަނީ ބާރުބޮޑުވެފައެވެ.

ފްރާންސްގައި ކޮވިޑްގެ ހާލަތު ގޯސްވަމުން އަންނައިރު ވެކްސިން ދިނުމުގެ ކަންކަން މިހާރަށްވުރެ ހަލުވިކުރުމަށްވެސް އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ހުކުރު ދުވަހު ވެކްސިން ޖެހި އަދަދުކަމުގައިވާ 320،326 އަކީ ކުރިޔަށް އޮތްތަނުގައި ދުވާލެއްގެ މައްޗަށް އެންމެ މަދުވެގެން ވެކްސިން ޖަހާނެ އަދަދުކަމަށް ހެދުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ.

ހުކުރު ދުވަހާ ހަމައަށް އެގައުމުގެ 7.04 މިލިއަން މީހުންނަށް ވަނީ ވެކްސިން ދީފައެވެ. މިއީ ފްރާންސްގެ އާބާދީގެ ދިހަބައިކުޅަ އެއް ބައެވެ. އެގައުމުގެ 2.22 މިލިއަން މީހުންނަށްވަނީ ދެ ވަނަ ޑޯޒް ދީފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސައިން ފަރިޔާޒް
0%
0%
0%
0%
0%
0%
ކޮމެންޓް