ކ. މާލެ
|
10 މާރޗް 2021 | ބުދަ 17:43
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ނޫސްވެރިންނާއިއެކު ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ނޫސްވެރިންނާއިއެކު ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން
ރައީސް އޮފީސް
ޓްރާންސްޕޯޓް މިނިސްޓްރީގައި މައްސަލަތަކެއް
18 ވެހިކަލްއެއްގެ ރަޖިސްޓްރީ ފޯރޖްކޮށްގެން ހަދާފައިވާކަމަށް ފާހަގަވެފައިވޭ - ރައީސް
ވެހިކަލްގެ ރަޖިސްޓްރީ ފޯރޖުކުރި މައްސަލަ ކަމާބެހޭ މުއައްސަސާތަކުން އަންނަނީ ބަލަމުން
މިހާރު ނިންމަވާފައިވަނީ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް
ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާއަށް އިތުބާރު އެބައޮތް

ޓްރާންސްޕޯޓް މިނިސްޓްރީ ހިންގުމުގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓްރީ ހިންގުމުގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިފައިވާ ކަމަށާއި، އޭގެ ތެރެއިން އެއްކަމަކީ ޓްރާންސްޕޯޓް މިނިސްޓްރީއާއި ޓްރާންސްޕޯޓް އޮތޯރިޓީގެ މެންޑޭޓުގެ ފުށުއެރުންތައްކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ރައީސް ވިދާޅުވީ މިހާރު ނިންމަވާފައިވަނީ ޓްރާންސްޕޯޓް އޮތޯރިޓީ އުވާލުމަށް ކަމަށެވެ. އެކަމުގައި އެތަނުގައި މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށް ދެރައެއް ނުވާނެ ގޮތްތައް ބައްލަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މިހާތަނަށް ބެލި ބެލުމުން ބައެއް އިތުރު މައްސަލަތަކެއްވެސް ފާހަގަވެފައިވާ ކަމަށެވެ. އެގޮތުން 18 ވެހިކަލްއެއްގެ ރަޖިސްޓްރީ ފޯރޖްކޮށްގެން ހަދާފައިވާކަން ފާހަގަވެގެން ކަމާބެހޭ މުއައްސަސާތަކުން އެކަން ބަލަމުންދާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި މައްސަލަތަކެއް ހުރި ނަމަވެސް ޓްރާންސްޕޯޓް މިނިސްޓަރ އާއިޝަތު ނަހުލާއަށް އިތުބާރު އެބައޮތްކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެ ކުރިން ވެހިކަލް ރަޖިސްޓްރީކޮށްދިނުމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިނގިކަން މަޖިލީހުގެ ކޮމިޓީއެއްގައި ޓްރާންސްޕޯޓް މިނިސްޓްރީންވެސް ވަނީ އެއްބަސްވެފައެވެ. އެކަން ހުއްޓުވަން ފިޔަވަޅުތަކެއް އެޅި ކަމަށް ކޮމިޓީގައި އެ މިނިސްޓްރީން ބުނެފައިވެއެވެ.


Advertisement
- ކޮމެންޓް